Skip to main content
ފަޅުއޮޑިފަހަރުން ޕެޓްރޯލް ގެއްލެނީ


އިހަވަންދޫގެ ބައެއް ފަޅުއޮޑިފަހަރުން ޕެޓްރޯލް ވަގަށް ވަގަށް ނަގަމުންދާކަމުގެ ޚަބަރު ރަށްގޮވާއަޑަށް ލިބިއްޖެއެވެ. 

ރިޔާސީ އިންތިޙާބުގެ ވޯޓްލުމަށް ކަންނެލި މަސްވެރިކަމުގައި އުޅުމަށްފަހު ، މަސްވެރިން މަހަށް އައިސް، ވޯޓްލުމަށްފަހު އެބުރި ކަންނެލި މަސްވެރިކަމަށް ނުނިކުންނަ ދެތިން ދޯންޏެއް ރަށުގައި އެބައޮތެވެ. 

މި ދޯނިފަހަރުން ގިނަ އަދަދެއްގެ ޕެޓްރޯލް ވަގަށް ނަގާފައިވާތީވެ، އެދޯނިފަހަރުގެ ކެޔޮޅުންނާއި އޮޑިވެރިންވަނީ ވަރަށްބޮޑަށް ކަންބޮޑުވެފައެވެ. މިއީ އިހަވަންދޫގައި އަދި ހިނގާފައިވާ ކަމެއްނޫނެވެ. 
މިދުވަސްކޮޅުން ރަށުންވަނީ ޕެޓްރޯލް ހުސްވެސް ވެފައެވެ. 


ގިނަ އަދަދެއްގެ ޕެޓްރޯލް ގެއްލިފައިވާ އައްޑަނަ ދޯނީގެ ކައްޕި ބުނީ އެދޯނީން 7 ހަން ޕެޓްރޯލް ވަގަށްނަގާފައިވާކަމަށެވެ. 

" ރަށަށް އަންނަމުން އައީ ޕެޓްރޯލް ހަންތައް ފުލްކޮށްގެން ، އޭގެ ތެރެއިން 7 ހަން ޕެޓްރޯލްވަނީ ގެއްލިފަ" ދޮންބެ ބުންޏެވެ. 

އާލިޔާ ދޯނިންނާއި ތަހުތު ދޯނިންވެސް  ޕެޓްރޯލް ގެއްލިފައިވާކަމުގެ އަޑުތައް އިވެއެވެ. 

 މިފަދަ ވައްކަންތައް އިތުރުނުވަނީސް އަދި އިތުރު އޮޑިދޯނިފަހަރުން އިތުރު ޕެޓްރޯލް ނުގެއްލެނީސް އިތުރަށް ރަށުތެރެ ޕެޓްރޯލްކުރުމަށް ކަމާބެހޭފަރާތްތަކަށް ރަށްގޮވާއަޑުން އިލްތިމާސް ކުރަމެވެ. 



Comments