ލިޔުނީ: އިމާދު ލަތީފް އަރަބި ދުނިޔޭގައި ޖުމްހޫރީ ވެރިކަން ހިނގަމުން އަންނަ ގައުމުތަކުގެ ތެރެއިން ބައްޕަގެ ފަރާތުން ދަރިފުޅަށް ވެރިކަން ނަގްލު ކުރުމުގެ ހާދިސާއެއް މިހާތަނަށް ފެނިފައިވަނީ އެންމެ ގައުމަކުންނެވެ. އެ ގައުމަކީ ސީރިޔާ އެވެ . ސީރިޔާގައި ތިރީސް އަހަރުވަންދެން ރައީސްކަން ކުރެއްވި ހާފިޒު އަސަދު ދެހާސް ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކުއްލި ގޮތަކަށް އަވަހާރަވުމުން ދެން އެމަގާމަށް އިސް ކުރެވުނީ އޭނާގެ ދަރިކަލުން ބައްޝާރުލް އަސަދެވެ . މިކަން ހިނގާދިޔައީ ވަރަށް ވެސް ހެއްވާކަން ބޮޑު އަދި ދުރުތިބީން ފިލާވަޅު ލިބިގަތުން އެކަށީގެންވާ ގޮތަކަށެވެ .
ރަށުތެރޭގައި ގިނަބައެއްގެ ތުންތުން މަތިން ދައްކާ ވާހަކަ