ޚިޔާނާތުން ފޮރުވި މަންޒަރު ސާފުވެއްޖެ، އަދަދު 267 ގައި!
ފަޒީނާ އަހުމަދު .މިހާރު ނޫސް
މުޅި ދައުލަތުގެ ތެރޭގައި އޮތީ ޚިޔާނާތުގެ މޫ ލައިފަ އެވެ! ރައްޔިތުންގެ 3.3 ބިލިއަން ރުފިޔާ ވަގަށް ނަގައި މަންފާ ލިބިގަތީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. އިންސާފު ގާއިމްކޮށްދެއްވަން ތިއްބެވި ފަނޑިޔާރުންނެވެ. ފުލުހުންނާއި ސިފައިންނެވެ. މިނިވަން މުއައްސަސާތަކުގެ ވެރިންނެވެ. ކުންފުނިތަކުގެ ވެރިންނާއި އިސް މުވައްޒަފުންނެވެ. ފައިސާ ހޭދަކުރި ލިސްޓުގައި ބައެއް މީޑިއާތައް ވެސް ހިމެނެ އެވެ.
މި ޚިޔާނާތާ ގުޅިގެން ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި މި ޖަރީމާ ފަޅާއެރި ހިސާބުން މިއަދާ ހަމައަށް ރަސްމީ އިދާރާތަކުން ފޮރުވަމުން އައި ބައެއް މަންޒަރުތައް މިއަދު ވަނީ ސާފުކޮށްދީފަ އެވެ. ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ޚިޔާނާތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާތަކުން ބުނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މީހުންގެ އަދަދު 267 އަށް އަރާ ކަމަށެވެ.ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައި މި ޖަރީމާ ހިންގި
ގޮތާއި ފައިސާ ބައި އެޅި ގޮތާއި މަންފާ ލިބުނު މީހުންގެ އާ މައުލޫމާތާއި
ހެކިތައް ވެސް ތަހުގީގަށް ލިބިފައިވާ ކަމަށް ކަމާ ބެހޭ އިދާރާތަކުން
ބުންޏެވެ.
ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ލިސްޓު
- ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުން
- ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރުން
- މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުން
- ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން.
- މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުން
- ފަސް ފަނޑިޔާރުން (އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ)
- ސަލާމަތީ ޚިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ޚިޔާނާތުގެ ތަހުގީގަށް މިހާތަނަށް 100 އަށް ވުރެން ގިނަ މީހުންނާ ސުވާލުކޮށްފައިވާ ކަމަށެވެ. މިހާތަނަށް ހޯދުނު ހޯދުންތަކުން، ސުވާލުކޮށް ބަޔާން ނަގަން ޖެހޭ އަދަދު ދެ ގުނަ ބޮޑުވެފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ތަހުގީގު މިހާރަށް ވުރެން ވެސް ފުޅާކުރާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ އެކި ބޭފުޅުން ކުރިއަށް އޮތް ތަނުގައި ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރާނެ އެވެ. އެންމެ އަވަހަށް ސުވާލުކުރަން ފަށާނީ ތުހުމަތުކުރެވޭ މި ސަރުކާރުގެ އެކި ބޭފުޅުންނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޚިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ކަމަށް ތުހުމަތުވާ ބޭފުޅުންތަކެއް ތިބި ނަމަވެސް އެއީ، ސީދާ ޚިޔާނާތުގެ ބައިވެރިން ކަމަށް ބުނަން އަދި އަވަސް ކަމަށް ފުލުހުން ބުންޏެވެ.
މި ފައިސާ ވަނީ އެކިއެކި ކެމްޕޭން ހަރަކާތްތަކާއި ސަރުކާރުން ބޭއްވި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ވެސް ހޭދަކޮށްފަ އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވި ބައެއް މެމްބަރުން ޕާޓީ ބަދަލުކުރަން ވެސް ފައިސާ ހޭދަކޮށްފައިވާ ކަން ތަހުގީގުން ފެންނަން އެބަ އޮތެވެ. އޭގެ ފަހުން އެ މެމްބަރުންގެ މަޖިލީހުގެ ދައުރުގައި ހިނގައިދިޔަ ބޮޑެތި ކަންކަމަށް ނުވަތަ މަޖިލީހުގައި ނެގި ވޯޓުތަކަށް ފައިސާ ހޭދަކޮށްފައިވެ އެވެ. އޭގެތެރޭގައި އޭރުގެ ސަރުކާރުން ބޭނުންވި ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަށާއި ބައެއް ގާނޫނުތައް ފާސްކުރުމާއި ސަރުކާރުގެ އިސް ބޭފުޅުން ހިތްހަމަނުޖެހިވަޑައިގަންނަވާ ދައުލަތުގެ މުއައްސަސާތަކުގެ ވެރިން މަގާމުތަކުން ބޭރުކުރަން ވެސް އެ ފައިސާ ހޭދަކޮށްފައިވެ އެވެ.
ރިޔާޒް ވިދާޅުވީ އެކި މީހުންނަށް އެހީގެ ގޮތުގައި ރައްޔިތުންގެ ފައިސާ ބަހާފައިވާ އިރު ދައުލަތުގެ އެކި މަގާމްތަކުގައި ތިއްބެވި ބައެއް ބޭފުޅުން ހިންގަވާ ވިޔަފާރީގެ ޑިއުޓީ ދައްކަން ވެސް އެމްއެމްޕީއާރުސީގެ ފައިސާ ދީފައިވެ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގީ ދެ ސްކީމަކަށެވެ. ޚިޔާނާތް ފެށިގެން އައީ ޑޮލަރު ގަތުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކަކުން ފައިސާ ނެގުމާ ހަމައިންނެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކެއް ކުއްޔަށް ދޫކުރަން ނިންމީ އެ ފައިސާ ދައްކާށެވެ.
އައްސަދު ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުން ނެގި ފައިސާ އަނބުރާ ދެއްކި ކަމަށް ބުނާ އިރު އެ ފައިސާ ދެއްކީ ކިހިނެއްތޯ ބަލާއިރު ގޮސް ގުޅެނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ކަމަށެވެ.
"އެގޮތަށް ބަލާއިރު އެމްއެމްޕީއާރުސީ އަށް ލިބެން ޖެހި ނުލިބި ދިޔަ އަދަދު ވެސް އެބަ އަރާ 77 މިލިއަން ޑޮލަރަށް،" އައްސަދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ލިބެން ޖެހޭ އެއްޗެއް ނުލިބި ހިނގައްޖެ، އެ ބަޔަކީ ދޫކޮށްލަން ޖެހޭ އެއްޗެއް ނޫން. އެބައި އެބަ ޖެހޭ ހޯދަން."
އޭނާ ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީގެ ތެރެއިން ރަށްތައް ދޫކުރީ "އޭރަކު އައި މީހަކަށް އޭރަކު ދޭ" އުސޫލުންނެެވެ. ހަމަހަމަ އުސޫލެއް ނެތެވެ.
"ކޮންޓްރެކްޓާ ހަމައަށް ގޮސްފައިވޭ 49 ރަށް. ދެން އޭގެތެރޭގައި އެބަހުރި އޮފަ ލެޓަ ދެވި ކޮންޓްރެކްޓާ ހަމައަށް ނުދެވި ހުރި ރަށްތައް ވެސް. މި އަދަދު ބާއްވާފައި 49 ރަށުގެ ވާހަކަ ދައްކަންޏާ ވެސް ދިވެހި ރައްޔިތުންނަށް މަދުވެގެން 290 މިލިއަން ޑޮލަރު ލިބެން ޖެހޭ،" އައްސަދު ވިދާޅުވި އެވެ.
ފުލުހުން ބުނިގޮތުގައި އެމްއެމްޕީއާރުސީގެ ތަހުގީގުގައި ކުރިން ލިބިފައި ނެތް ހެކިތަކެއް ލިބުމާ ގުޅިގެން ބެލީ މުޅި ޚިޔާނާތް ހިނގާފައި އޮތް ގޮތް ދެނެގަތުމަށެވެ. ތަހުގީގަށް ހޯދުނު ކަންކަމާއި ލިބިފައިވާ މައުލޫމާތުތައް އަދި ހެކިތަކުން މުޅި މަންޒަރު ސާފު ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
ފައިސާ އަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މީހުން ހާމަނުކުރުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. އެކަމަކު އެ މީހުންގެ ނަންތައް އާއްމުކުރުމުގެ ވިސްނުމެއް ފުލުހުން އަދި ނުގެންގުޅެ އެވެ.
ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ މިހާރު ލިބިފައި ހުރި މައުލޫމާތުތަކުން ވެސް ތަހުގީގު އަދި އިތުރަށް ފުޅާކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން މިވަގުތު ނަންތައް އާއްމުކުރަން ގަސްތުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ހިޔާނާތުގައި ފޮރުވިގެން ތިބި މީހުންގެ އަދަދާއި އެ މީހުންނަށް މަންފާވި ގޮތް ފުލުހުންނަށް މިއޮތީ އެނގިފަ އެވެ. ދެން އޮތީ، ފިޔަވަޅު އެޅުމެވެ.
އޭނާ ވިދާޅުވި ގޮތުގައި ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ އެކި ބޭފުޅުން ކުރިއަށް އޮތް ތަނުގައި ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރާނެ އެވެ. އެންމެ އަވަހަށް ސުވާލުކުރަން ފަށާނީ ތުހުމަތުކުރެވޭ މި ސަރުކާރުގެ އެކި ބޭފުޅުންނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޚިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ކަމަށް ތުހުމަތުވާ ބޭފުޅުންތަކެއް ތިބި ނަމަވެސް އެއީ، ސީދާ ޚިޔާނާތުގެ ބައިވެރިން ކަމަށް ބުނަން އަދި އަވަސް ކަމަށް ފުލުހުން ބުންޏެވެ.
ޚިޔާނާތް ކިޔައިދެއްވައި، އަދީބުގެ ފޯނުތަކުން ހެކި
ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ޖަމާކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުނި އެސްއޯއެފަށެވެ. އޭރު އޭނާ އަކީ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ބޭފުޅާ އެވެ. ދައުލަތުގެ ހުރިހާ މުއައްސަސާއެއް ކޮންޓްރޯލް ކުރެއްވީ ޚިޔާނާތުގެ ފައިސާ އިންނެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި ޚިޔާނާތާ ގުޅޭ ތަހުގީގެއް ހިންގައި، ބޮޑު ރިޕޯޓެއް ވެސް އާއްމުކުރި އެވެ. އެކަމަކު އޭގައި ހިމެނުނީ، އެސްއޯއެފުން ޑޮލަރު ޖަމާކުރި 155 މީހެއްގެ ނަމެވެ.
ޑޮލަރު މާރުކޮށްގެން ލިބުނު ނަގުދު ފައިސާ އަށް ވީ ގޮތާއި ދައުރުވި ގޮތް ސާފެއް ނޫނެވެ. މިހާރުގެ ސަރުކާރުން އެމްއެމްޕީއާރުސީގެ ތަހުގީގު އަލުން ފެށީ، އޭސީސީގެ ތަހުގީގުގައި އަތްނުލައި އޮތް ހިސާބުންނެވެ. ކޮރަޕްޝަނާއި ފަސާދަ އާއި މަނީލޯންޑަރިން ފަދަ ގިނަ ކުށްތަކެއް ހިމެނޭ އެ މައްސަލަ ކުރިއަށް ގެންދިޔައީ ކަމާ ގުޅޭ ހުރިހާ މުއައްސަސާތަކުގެ ބައިވެރިވުމާ އެކު ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގަ އެވެ.
މި ތަހުގީގަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ 2014 ގައި ފެށި ޚިޔާނާތް ރާވައި، ކަން ހިނގި ގޮތް އެކަމުގެ މޭސްތިރިން ކިޔައިދެއްވުމެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ކުރީގެ ނައިބު ރައީސް އަދީބާއި އެމްއެމްޕީއާރުސީގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ އިސް މީހުން ވަނީ ޚިޔާނާތް ހިންގި ގޮތް ފުލުހުންގެ ތަހުގީގަށް ކިޔައިދީ ބައެއް ހެކިތައް ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ފޯނުން ކުރި މުއާމަލާތްތައް ހިމެނޭ އިރު ބައެއް ކަންކަން ވަރަށް ސާފުކޮށް ފެންނަން ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަދީބު ވަނީ ތަހުގީގުގައި ޚިޔާނާތް ހިންގި ކަމަށް އިއުތިރާފްވެވަޑައިގެންފަ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވާ އިރު، އިއުތިރާފްގެ ބަޔާން ވެސް ދައުވާއާ އެކު ހުށަހަޅާފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ފައިސާ ބޭނުންކުރީ ސިޔާސީ ބާރުވެރިކަން ހޯދަން
ތަހުގީގީ އިދާރާތަކުން އާއްމުކުރި ގޮތުގައި އެމްއެމްޕީއާރުސީގެ ފައިސާ އަށް ޚިޔާނާތް ވާން ފެށީ 2014 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އިއުލާންކޮށް އެއަށް ވަމުން ދިޔަ ތައްޔާރީތަކާ ހަމައިންނެވެ. މި ހިސާބުން ފަށައި، ދައުލަތުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންނަށް ނުފޫޒު ފޯރުވައިގެން ކަންކަން ކުރަން މި ފައިސާ ހޭދަކޮށްފައިވާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ވިދާޅުވި އެވެ.މި ފައިސާ ވަނީ އެކިއެކި ކެމްޕޭން ހަރަކާތްތަކާއި ސަރުކާރުން ބޭއްވި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ވެސް ހޭދަކޮށްފަ އެވެ.
18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ބޭއްވި ޕާޓީތަކުގެ ޕްރައިމަރީ އަށް މި ފައިސާ ޚަރަދުކޮށްފައިވޭ. އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅުންގެ ކެމްޕޭނަށް މި ފައިސާ ޚަރަދުކުރެވިފައިވޭ. އިންތިޚާބު ވި މެމްބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވުމަށްޓަކައި މި ފައިސާ ބޭނުންކޮށްފައިވޭ. --ރިޔާޒް
ރިޔާޒް ވިދާޅުވި ގޮތުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވި ބައެއް މެމްބަރުން ޕާޓީ ބަދަލުކުރަން ވެސް ފައިސާ ހޭދަކޮށްފައިވާ ކަން ތަހުގީގުން ފެންނަން އެބަ އޮތެވެ. އޭގެ ފަހުން އެ މެމްބަރުންގެ މަޖިލީހުގެ ދައުރުގައި ހިނގައިދިޔަ ބޮޑެތި ކަންކަމަށް ނުވަތަ މަޖިލީހުގައި ނެގި ވޯޓުތަކަށް ފައިސާ ހޭދަކޮށްފައިވެ އެވެ. އޭގެތެރޭގައި އޭރުގެ ސަރުކާރުން ބޭނުންވި ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަށާއި ބައެއް ގާނޫނުތައް ފާސްކުރުމާއި ސަރުކާރުގެ އިސް ބޭފުޅުން ހިތްހަމަނުޖެހިވަޑައިގަންނަވާ ދައުލަތުގެ މުއައްސަސާތަކުގެ ވެރިން މަގާމުތަކުން ބޭރުކުރަން ވެސް އެ ފައިސާ ހޭދަކޮށްފައިވެ އެވެ.
ރިޔާޒް ވިދާޅުވީ އެކި މީހުންނަށް އެހީގެ ގޮތުގައި ރައްޔިތުންގެ ފައިސާ ބަހާފައިވާ އިރު ދައުލަތުގެ އެކި މަގާމްތަކުގައި ތިއްބެވި ބައެއް ބޭފުޅުން ހިންގަވާ ވިޔަފާރީގެ ޑިއުޓީ ދައްކަން ވެސް އެމްއެމްޕީއާރުސީގެ ފައިސާ ދީފައިވެ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގީ ދެ ސްކީމަކަށެވެ. ޚިޔާނާތް ފެށިގެން އައީ ޑޮލަރު ގަތުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކަކުން ފައިސާ ނެގުމާ ހަމައިންނެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކެއް ކުއްޔަށް ދޫކުރަން ނިންމީ އެ ފައިސާ ދައްކާށެވެ.
އައްސަދު ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުން ނެގި ފައިސާ އަނބުރާ ދެއްކި ކަމަށް ބުނާ އިރު އެ ފައިސާ ދެއްކީ ކިހިނެއްތޯ ބަލާއިރު ގޮސް ގުޅެނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ކަމަށެވެ.
"އެގޮތަށް ބަލާއިރު އެމްއެމްޕީއާރުސީ އަށް ލިބެން ޖެހި ނުލިބި ދިޔަ އަދަދު ވެސް އެބަ އަރާ 77 މިލިއަން ޑޮލަރަށް،" އައްސަދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ލިބެން ޖެހޭ އެއްޗެއް ނުލިބި ހިނގައްޖެ، އެ ބަޔަކީ ދޫކޮށްލަން ޖެހޭ އެއްޗެއް ނޫން. އެބައި އެބަ ޖެހޭ ހޯދަން."
އޭނާ ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީގެ ތެރެއިން ރަށްތައް ދޫކުރީ "އޭރަކު އައި މީހަކަށް އޭރަކު ދޭ" އުސޫލުންނެެވެ. ހަމަހަމަ އުސޫލެއް ނެތެވެ.
"ކޮންޓްރެކްޓާ ހަމައަށް ގޮސްފައިވޭ 49 ރަށް. ދެން އޭގެތެރޭގައި އެބަހުރި އޮފަ ލެޓަ ދެވި ކޮންޓްރެކްޓާ ހަމައަށް ނުދެވި ހުރި ރަށްތައް ވެސް. މި އަދަދު ބާއްވާފައި 49 ރަށުގެ ވާހަކަ ދައްކަންޏާ ވެސް ދިވެހި ރައްޔިތުންނަށް މަދުވެގެން 290 މިލިއަން ޑޮލަރު ލިބެން ޖެހޭ،" އައްސަދު ވިދާޅުވި އެވެ.
ފުލުހުން ބުނިގޮތުގައި އެމްއެމްޕީއާރުސީގެ ތަހުގީގުގައި ކުރިން ލިބިފައި ނެތް ހެކިތަކެއް ލިބުމާ ގުޅިގެން ބެލީ މުޅި ޚިޔާނާތް ހިނގާފައި އޮތް ގޮތް ދެނެގަތުމަށެވެ. ތަހުގީގަށް ހޯދުނު ކަންކަމާއި ލިބިފައިވާ މައުލޫމާތުތައް އަދި ހެކިތަކުން މުޅި މަންޒަރު ސާފު ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
ފައިސާ އަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މީހުން ހާމަނުކުރުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. އެކަމަކު އެ މީހުންގެ ނަންތައް އާއްމުކުރުމުގެ ވިސްނުމެއް ފުލުހުން އަދި ނުގެންގުޅެ އެވެ.
ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ މިހާރު ލިބިފައި ހުރި މައުލޫމާތުތަކުން ވެސް ތަހުގީގު އަދި އިތުރަށް ފުޅާކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން މިވަގުތު ނަންތައް އާއްމުކުރަން ގަސްތުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ތަހުގީގުގައި، ގާނޫނީ އިޖުރާއަތު ފުރިހަމަކޮށްފައި ނޫނީ އަޅުގަނޑުމެން ގަސްތެއް ނުކުރަން އެއްވެސް މީހެއްގެ ނަން ހާމަކުރާކަށް. އެއީ، މިވަގުތު މަގާމްތަކުގައި ތިއްބެވި ބޭފުޅުން، އަދި ކުރީގެ މަގާމެއް ފުރުއްވި ބޭފުޅަކަށް ވިޔަސް. --ހަމީދު
ހިޔާނާތުގައި ފޮރުވިގެން ތިބި މީހުންގެ އަދަދާއި އެ މީހުންނަށް މަންފާވި ގޮތް ފުލުހުންނަށް މިއޮތީ އެނގިފަ އެވެ. ދެން އޮތީ، ފިޔަވަޅު އެޅުމެވެ.
Comments