Skip to main content

ޝާފިޔާގެ އެދުރު އަށި: ދަރިވަރުންނަށް ސިވިކް އެޑިޔުކޭޝަން ނުވަތަ ގައުމިއްޔަތު އުނގަންނައިދިނުން

ލިޔުނީ: ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް


މިހަފުތާގައި އަޅުގަނޑުމެން ފާހަގަ ކުރަމުން މިދާ ނަސްރުގެ ދުވަހާ ގުޅިގެން ލިޔެލަން ގަސްދުކޮށްފައި މިވަނީ ސިވިކް އެޑިޔުކޭޝަން ނުވަތަ ގައުމިއްޔަތުގެ އުނގަންނައިދިނުން މި މައުޟޫޢަށެވެ. އެންމެ އާދައިގެ ބަހުން ސިވިކް އެޑިޔުކޭޝަން މާނަކުރާނަމަ އެއީ އެބަޔަކު އުޅެބޮޑުވާ ގައުމެއްގެ ސަގާފަތާއި އާދަކާދަތަކާއި ސިޔާސީކަންކަމާއި، ގާނޫނާއި، ހަމަތަކާއި މިންތަކާއި އުސޫލުތަކަށް ތަބާވެގެން އެ ގައުމެއްގައި އުޅެން ދަސްކޮށްދިނުމެވެ. މި ދެންނެވުނު ކަންކަމަށް ވިސްނާލާއިރު، ސިވިކް އެޑިޔުކޭޝަންގެ މައިގަނޑު ބައިތައް ގުޅެނީ އެ ގައުމެއްގެ ސިޔާސީ، ތާރީޚީ، ސަގާފީ ކަންކަމާއެވެ (ޓޮމީޕާރޓަރ، 1999). ބައެއް ޢިލުމުވެރިން ލިޔުއްވާގޮތުގައި ސިވިކް އެޑިޔުކޭޝަންއަކީ އެ މީހެއްގެ ގައުމުގައި އުޅެން ދަސްކޮށްދިނުމެވެ (ފިޓްޒްޕެޓްރިކް، 2006). މި ޢިލުމުވެރިންގެ ނަޒަރުގައި ޢާއްމު ތަޢުލީމާ ގައުމިއްޔަތު ތަޢުލީމާ ތަފާތުވެއެވެ. ޚާއްޞަ ނަޒަރުކުން ބަލާއިރު، ސިވިކް އެޑިޔުކޭޝަންއަކީ ކޮންމެ ފަރުދަކަށް ވެސް އެ މީހަކު އެ ނިސްބަތްވާ ގައުމެއްގެ އާދާކާދަ، ސަގާފަތް، ދީން، ގާނޫނު، އަދި އެ ނޫން ވެސް އެ ގައުމަކަށް ޚާއްޞަ ހުރިހާކަމަށް އަހުލުވެރިވުމާ އެކު އެ ގައުމެއްގެ ރައްޔިތެއްގެ ގޮތުގައި އުޅެން ދަސްކޮށްދިނުމެވެ (ފިޓްޒްޕެޓްރިކް، 2006). މި ޢިލުމުވެރިން ފާހަގަ ކުރައްވާ ގޮތުގައި އެމެރިކާ ފަދަ ގައުމުތަކުގައި ސިވިކް އެޑިޔުކޭޝަން އެ ގައުމަށް އަލަށް ހިޖުރަކުރާ މީހުންނަށް ވަކިން ވެސް ކިޔަވައިދެއެވެ. ޓޮމީޕާރޓަރ (1999)ގެ ގިނަ ތަޢުލީމީ ނިޒާމުގެ ތަހުލީލުތަކެއްގެ ނަތީޖާއިން ހާމަކުރައްވާޔގޮތުގައި ތަޢުލީމީ ނިޒާމުގެ އެހެން މާއްދާތަކަށް ދެވިފައިވާ އަހަމިއްޔަތު ސިވިކް އެޑިޔުކޭޝަންއަށް ދެވިފައި ނޯންނަކަން ފާހަގަކުރެވެއެވެ (ޓޮމީޕާރޓަރ، 1999). އިސްވެދިޔަ ހުރިހާ ޢިލުމުވެރިންގެ ލިޔުންތަކުން ވެސް އިޝާރާތްކުރެވެނީ ކޮންމެ ގައުމެއްގައިޔވެސް އެ ގައުމެއްގެ ދަރިންނަށް ސިވިކް އެޑިޔުކޭޝަންގެ މުހިންމުކަމާ ބެހޭގޮތުންނެވެ.

ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ވެސް ތަޢުލީމީ މުގައްރަރުތަކުގައި ސިވިކް އެޑިޔުކޭޝަންއާ ގުޅޭ މުހިންމު ކޮމްޕީޓެންސީތައް/ގާބިލިއްޔަތުތައް ހިމަނާފައި ހުރެއެވެ. ދިވެހިރާއްޖޭގެ ގައުމީ މަންހަޖުގެ މައިގަނޑު ތަޞައްވަރުގައި ވެސް މިގޮތަށް ސިވިކް އެޑިޔުކޭޝަންގެ ބައި ސީދ ސީދާކޮށް ވަކި މާއްދާއެއްގޮތަށް ކަނޑައެޅިފައި ނެތަސް، ޤައުމިއްޔަތުގެ އުންސުރުތައްއ ހިމަނާފައިވާކަން ފާހަގަ ކުރެވެއެވެ. މިގޮތުން ގައުމީ މަންހަޖުގެ މައިގަނޑު ތަޞައްވަރަކީ 'ކުދިން ދިރިއުޅުމަށް ތައްޔާރުކުރުން' އެއީ އިސްލާމީ ޢަޤީދާ ވަރުގަދަ، ނަފުސަށް އިތުރބާރު ކުރާ، އުނގެނުމާއި ހޯދާބެލުމަށް ޝައުގުވެރިވާ، އުފެއްދުންތެރި ޒިންމާދާރު ފަރުދަކަށް ދަރިވަރުން ހެދުމެވެ (ދިވެހިރާއްޖޭގެ މަދަރުސީ ތަޢުލީމުގެ ގައުމީ މަންހަޖު، 2014،ޞ.16). މި ތަޞައްވުރުގެ ތަފުސީލުގައި 'އިސްލީމީ ޢަޤީދާ ވަރުގަދަ' އަދި 'ޒިންމާދާރު' މި ދެ ކަން ސިފަކޮށްފައިވާއިރު ވަރަށް ބޮޑަށް ދިވެހިރާއްޖޭގެ މުޖުތަމަޢުގައި އެ ކުއްޖަކު އުޅެންވާ ގޮތުގެ ތަޞައްވުރެއް ތަފުސީލުކޮށްދީފައިވެއެވެ. އަދި މީގެއިތުރުން ދިވެހިރާއްޖޭގެ ގައުމީ މަންހަޖުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި 'ދިވެހި ވަންތަކަމާއި ސަގާފަތް' ވަކިކޮށްލެވި މިދެބައަށް ވެސް ބާރު އެޅިފައިވެއެވެ (ދިވެހިރާއްޖޭގެ މަދަރުސީ ތަޢުލީމުގެ ގައުމީ މަންހަޖު، 2014). މި ކަންކަމަކީ ތަޢުލީމު ދިނުމުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ކަމުގައި އަޅުގަނޑުމެން ހުރިހާ އެންމެންނަށް ގަބޫލުކުރެވޭނެކަން ކަށަވަރެވެ. ދިވެހިރާއްޖޭގެ ގައުމީ މުގައްރައރުގައި ކިޔަވައިދެވޭ މާއްދާތަކަށް ބަލާއިރު، ސޯޝަލް ސްޓަޑީޒް (އިޖުތިމާޢީ ޢިލުމު)، އިސްލާމު، ދިވެހި، ތާރީޚް، މި މާއްދާތަކަކީ ޚާއްޞަކޮށް ސިވިކް އެޑިޔުކޭޝަންއާ ގުޅޭ ތަފާތު މަޢުލޫމާތުތައް ހިމެނޭ މާއްދާތަކެކެވެ. ފިޓްޒްޕެޓްރިކް (2006) އިޝާރާތްކުރައްވާ ގޮތުގައި ވަރަށް ގިނަ ގައުމުތަކުގައި މުގައްރަރުގައި މިގޮތަށް ސާފުކޮށް ލިޔެފައިވީ ނަމަވެސް ތަޢުލީމީ ނިޒާމުގެ ތެރޭގައި ސިވިކް އެޑިޔުކޭޝަންއަށް ދޭންވާ ފުރިހަމަ ސަމާލުކަން އޮންނަނީ ނުދެވިފައެވެ. ތަޢުލީމު ދިނުމުގައި އެ ގައުމެއްގެ އާދަކާދަތަކާއި ހަމަތަކާއި މިންތަކާއި، ސަގާފަތާއި އުސޫލުތަކާއި، ދީނާއި ގައުމިއްޔަތާއި މިހުރިހާ ކަމަކީ ވެސް ވަކިންވަކިން ސަމާލުކަން ދޭންޖެހޭ ކަންކަމެވެ. އަޅުގަނޑަށް ފާހަގަކުރެވޭގޮތުގައި ސިވިކް އެޑިޔުކޭޝަންއަކީ މަންހަޖުގައި ހިމާނާފައިވާ މާއްދާ އަކަށް ވުރެ ބޮޑަށް ކޮންމެ މަރުހަލާއެއްގައި ވެސް އެކަމަށް ދަރިވަރުން ތަރުބިއްޔަތުކޮށް ހާނުވާ ބިނާ ކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. މާނައަކީ އެންމެ ތުއްތު މަރުހާލާއިން ފެށިގެން ޔުނިވަރސިޓީ ތަޢުލީމާ ހަމައަށް ވެސް ދަރިވަރުންނަށް ކިޔަވައި ދެވެން ޖެހޭ އަދި އެކަމަށް ބާރު ވެސް އެޅެންޖެހޭ ކަމެކެވެ. ދާދި ފަހުގެ ދިރާސާއެއްގައި، ވިންޓްރޮޕް (2020) ފާހަގަކުރައްވާ ގޮތުގައި އެމެރިކާގައި އޭނާ ހައްދަވާފައިވާ ސާވޭއަކުން ހާމަވާގޮތުގައި ޢާއްމު މީހުންނަށް ވެސް އަދި ދަރިވަރުންނަށް ވެސް އެމެރިކާގެ އޮންނަ ސަރުކާރުގެ މަޢުލޫމާތުތަކެއް ނޭނގެއެވެ. ގާނޫނާއި ބެހޭގޮތުން ނޭނގެއެވެ. ސިޔާސަތުތައް ގެންދެވޭ ގޮތާ ބެހޭގޮތުން އެނގޭ މިންވަރު ވަރަށް ކުޑައެވެ. އޭނާ ފާހަގަކުރައްވާގޮތުގައި މުހިންމު ކަމަކީ މި މަޢުލޫމާތު އެނގުން އެކަންޏެއް ވެސް ނޫނެވެ. ގައުމު ހިންގުމުގެ މަސްއޫލިއްޔަތާއި ރޫހު ވެސް އޮތުމެވެ. ޚާއްޞަކޮށް ފާހަގަކޮށްފައިވާ މުހިންމު ކަންކަމުގެތެރޭގައި ގައުމާ މެދު އޮންނަ ޒިންމާ، މަސްއޫލިއްޔަތު، ލޯބި، ގަދަރު، އިތުބާރު މިއިން ކޮންމެ ކަމަކީ ވެސް ސިވިކް އެޑިޔުކޭޝަނުގެ ތެރެއިން ދަރިވަރުން ހާނުވާ ތުއްތު އިރުއްސުރެ ދަސްކޮށްދޭން ޖެހޭ ކަންކަން ކަމުގައި އޭނާ ލިޔުއްވާފައިވެއެވެ. ޚާއްޞަކޮށް ކިޔަވައިދެވޭ ކޮންމެ މާއްދާއެއްގެ ތެރެއިން ސިވިކް އެޑިޔުކޭޝަންއާ ގުޅުވުމަކީ މުހިންމު ކަމެއްކަމަށް އޭނާ އިރުޝާދު ދެއްވައެވެ. އެ މާއްދާއެއްގައި އެ ދަސްކުރެވޭ މަޢުލޫމާތު، ހުނަރު، ސިފަ ގައުމުގެ ކަންކަން ކުރިއެރުވުމުގައި، ގައުމު ބިނާކުރުމުގައި ރަނގަޅަށް ހޭދަކުރެވޭނެ ގޮތްތައް ދަސްކޮށްދޭން ޖެހޭކަމުގައި އޭނާ ވިދާޅުވެއެވެ.

ވިންޓްރޮޕް (2020) ލިޔުއްވާފައިވާ ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއްކަމަކީ 21 ވަނަ ގަރުނުގެ ދަރިވަރުންނަށް ކިޔަވައިދޭއިރު މިކަންކަމަށް އިތުރަށް ސަމާލުވާން ދެވިފައިވާ އިރުޝާދެވެ. ޚާއްޞަކޮށް 21 ވަނަ ގަރުނުގެ ހިނގާ ކަންކަމަށް އަލިއަޅުއްވާލައްވައި ނަންގަވާފައިވާ މިސާލުތަކުގެ ތެރޭގައި ދުނިޔެއަކީ ހުޅުވާލެވިފައި އެއް ފަސްވަމުންދާ ތަންތަނަށްވެ، ތަފާތު އާ ބާވަތްތަކުގެ ޓެރަރިސްޓް ހަރަކާތްތަކާއި، ދީނާއި ސަގާފަތްތަކާއި އިދިކޮޅު ޚިޔާލުތައް ފާޅުކޮށް ހިންގާ މީހުންގެ ކަންކަން ޢާއްމުވަމުންދާ ޒަމާނެކެވެ. މިހެން ކަމުން އެ ގައުމެއްގެ ތަރިކައާއި، ސަގާފަތްތަކާއި ދީނާއި ގާނޫނުތަކުގެ ކަންކަން ދަރިވަރުންނަށް ކޮންމެހެންވެސް އެނގިގެންނޫނީ އެގައުމެއްގެ ރައްކައުތެރިކަން ހޯދުމަކީ ދަތިކަމަކަށް ވެދާނެކަން އޭނާ ހާމަކުރައްވާފައިވެއެވެ (ވިންޓްރޮޕް 2020). މިފަދަ ޚިޔާލުތަކަށް ނަޒަރު ހިނގާލާއިރު ހާމަވަނީ ހަޤީޤަތުގައި ވެސް މަދަރުސީ ތަޢުލީމުގެ ތެރޭގައި ސިވިކް އެޑިޔުކޭޝަނަށް ދޭންޖެހޭ އަހަމިއްޔަތުކަން އިތުރު ކުރަންޖެހިފައިވާ މިންވަރެވެ. ވިންޓްރޮޕް (2020)ގެ ޚިޔާލުތަކަކީ އެމެރިކާ ފަދަ ބޮޑެތި ގައުމުތަކާ ގުޅުވައިގެން ލިޔުއްވާފައިވާ ޚިޔާލުތަކެވެ. އެހެންކަމަށްވާނަމަ، ދުނިޔޭގެ ބޮޑެތި ބިއްތަކުގައި އޮތް މާސިންގާ ގައުމުތަކާއި އަޅާބަލާއިރު އަޅުގަނޑުމެން ފަދަ ކުދިކުދި ޖަޒީރާތައް މާބޮޑަށް ވެސް މިފަދަ ކަންކަންކަމާ މެދު ސަމާލުވުން މުހިންމެވެ. ދިވެހިދަރިން ދިވެހިވަންތަ ބަޔަކަށް ހެދުމަކީ އަޅުގަނޑުމެންގެ ގައުމުގެ ދިރުމާއި، ދެމެހެއްޓެނިވި ތަރައްގީއަށް ޓަކައި ވެސް ކޮންމެހެން ލާޒިމު ކަމެކެވެ.

ސިވިކް އެޑިޔުކޭޝަން ކިޔަވައިދިނުމަށް ބޭނުންކުރެވިދާނެ ގޮތްތައް

ސިވިކް އެޑިޔުކޭޝަންގެ މުހިންމުކަމާއި އެބައިތައް ކިޔަވައދިނުމުގެ ނިޒާމުގައި ތަރުތީބުކޮށް ރާވާނެ ގޮތްތަކާ ބެހޭގޮތުން ތަފާތު ޢިލްމީ މާހިރުން ނުހަނު ގިނަ ލިޔުންތައް ޝާއިޢުކުރައްވާފފައިވެއެވެ. އޭގެތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކަކީ ކިޔަވައިދިނުމުގެ ތެރޭގައި ސިވިކް އެޑިޔުކޭޝަން ހިމެނިދާނެގޮތްތަކާ ބެހޭގޮތުން ގުއިލްފޮއިލް، ޑެލޭންޑަރ، އަދި ކްރެކް (2016) ގެ ލިޔުމަކުން ޚުލާޞާކޮށްލެވި ދޭހަ ކުރެވިފައިވާ ބައިތަކެކެވެ. މިލިޔުމަކީ މިޢިލުމުވެރިންގެ ދިރާސާގައި ސިވިކް އެޑިޔުކޭޝަން އުނގަންނާދިނުމުގެ ނިޒާމުގައި ތަންފީޒު ކުރުމަށް އެހީތެރިވެދޭ މޮޑެލްތަކުގެ ތެރޭގައި ދިރާސާއިން ކާމިޔާބުކަމަށް ފާހަގަކޮށްފައިވާ 6 މޮޑެލެކެވެ.

ގޮތްތަފުސީލު
ސިވިކް އުނގެނުން ވަކިން ކިޔަވައިދިނުންގައުމުގެ ސަރުކާރު  ހިނގާގޮތާއި، ތާރީޚާއި، ސިޔާސަތު އަދި ޙައްޤުތަކާއި، ހުދޫދުތަކާއި މިންތަކާއި އިންތައް ދިނާއި ސަގާފަތާ ގުޅޭ ގޮތުން ކިޔަވައިދިނުން. ބައެއް ގައުމުތަކުގައި މިގޮތަށް ކިޔަވައިދިނުމުގެ ތެރެއަށް ސިވިކް އެޑިޔުކޭޝަން ހިމަނައެވެ.
ކިޔަވައިދިނުމުގެ ތެރޭގައި ހިމަނައިގެން ގެންދިޔުންގުއިލްފޮއިލް، ޑެލޭންޑަރ، އަދި ކްރެކް (2016) ހާމަކުރައްވާ ގޮތުގައި މިފަދަ މައުޟޫޢުތަކާ ގުޅޭ މަޢޫލޫމާތުތައް ދިނުމަށްވުރެ ދަރިވަރުންނަށް އެފަދަ މައުޟޫޢުތަކާ ގުޅޭގޮތުން ވާހަކަ ދައްކާ ބައިވެރިވެވޭ ތަފާތު ޙަރަކާތްތައް ރޭވުމުން އެއިން ކުރާ ފައިދާ މާބޮޑުވާނެއެވެ. މިގޮތުން ތަފާތު މާއްދާތަކުގައި - ލިޔަން ހަވާލު ކުރެވޭ ލިޔުންތަކާއި، ވާހަކަ ދައްކަން ހަވާލުކުރެވޭ ބަހުސްތަކާއި، ކުލާހުގައި ރޭވޭ މަޝްވަރާ ފޯރަމްތަކާއި މިފަދަ ކަންކަން ޚާއްޞަކޮށް ފާހަގަކޮށްލެވެއެވެ.
ޚިދުމަތް ކުރުމާއި ހަވާލު ކުރެވޭ ޕްރޮޖެކްޓްތަކުގެ ތެރެއިންތަޢުލީމީ ނިޒާމުގައި ދަރިވަރުން ކިޔަވާ މާއްދާތަކުގައި އެކުލެވޭ ތަފާތު މަޢުލޫމާތުތަކާއި ހުނަރުތައް ބޭނުންކޮށްގެން ގައުމަށް ކޮށްދެވޭނެ ކަންތައްތައް ކުރުމަށް ފުރުސަތު ދިނުން މިއީ ސިވިކް އުނގެނުމުގެ ތެރޭގައި ހިމެނޭކަމެކެވެ. ހަމައެހެންމެ މާއްދާތަކުގައި ހަވާލު ކުރެވޭ ތަފާތު ޕްރޮޖެކްޓްތަކާއި އަދި އެކި ހަރަކާތްތަކުގެ ތެރެއިން މުޖުތަމަޢުގެ ތަފާތު ކަންކަމުގެ ޚިދުމަތްތަކުގެ ތެރެއަށް ދަރިވަރުން ވެއްދުން މިއީ ވެސް ސިވިކް އެޑިޔުކޭޝަނުގެ ތެރޭގައި ހިމުނުމަށް އިރުޝާދު ދެވޭ ގޮތެކެވެ. މިގޮތުން އެކި ދުވަސްތައް ފާހަގަކުރަމުން ދާއިރު މުޖުތަމަޢުގެ ތަފާތު ކަންކަމާއި ދަރިވަރުންގެ އުނގެނުމުގެ ހަރަކާތްތައް ގުޅުވާލެވިދާނެއެވެ.
އިތުރު ހަރަކާތްތައްކިޔަވައިދޭ މާއްދާތަކުގެ އިތުރުން ދަރިވަރުންނަށް ބައިވެރިވެވޭ އިތުރު ހަރަކާތްތަކުގެ ވައްތަރުތައް ވަރަށް ގިނަ ސްކޫލުތަކުގައި ޢާއްމުކޮށް އޮވެއެވެ. މިފަދަ ހަރަކާތްތަކަކީ ފާހަގަކޮށްލެވޭ ގޮތުގައި އެހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންގެ ގާބިލިއްޔަތުތައް އިތުރުކޮށް، މަސްއޫލިއްޔަތުތައް އަދާކުރުމުގެ ކަންކަމުގައި ހުނަރުވެރިކަން އިތުރުވުމުގެ އިތުރުން ގައުމުގެ ކަންކަމުގައި އިސްރޯލުތައް އަދާކުރުމަށް ތައްޔާރުކޮށް ބިނާކުރުމަށް ވަރަށް އެދެވޭ ގޮތެކެވެ. ވަރަށް ގިނަ ފަހަރު މިފަދަ ހަރަކާތްތަކުގައި އުޅޭ ދަރިވަރުންނަކީ އެކުދިންގެ މުސްތަގުބަލުގައި ގައުމުގެ އިސްސަފުގައި ހަރަކާތްތެރިވާ މީހުންނެވެ.
ސްކޫލުގެ އިސްސަފުގައި ހަރަކާތްތެރިވާން ފުރުސަތު ފަހިކޮށްދިނުންދަރިވަރުންގެ ޖަމުޢިއްޔާތަކާއި، ތަފާތު ކުލަބުތަކާއި، އެކި އިސްސަފުގެ ރޯލްތަކުގައި ދަރިވަރުން ބައިވެރި ކުރުމަކީ ވެސް ގައުމުގެ ހަރުދަނާ ރައްޔިތެއް އުފަންވުމަށް އެހީތެރިވެދޭ ގޮތްތަކެވެ. ސްކޫލުގެ އެކި ރޯލުތަކުގައި އުޅޭ ދަރިވަރުންނަކީ މުސްތަގުބަލުގައި ގައުމުގެ ކުރީ ސަފުގައި ތަފާތު ދައުރުތައް އަދާ ކުދިންނަށް ވެއެވެ.
ދަރިވަރުންގެ ޑިމޮކްރެޓިކް ޕްރޮސެސްގެ ޙަރަކާތްތައް ތަމުސީލު ކުރަން ސްކޫލުތެރޭގައި ފުރުސަތު ދިނުންމާނައަކީ ދަރިވަރުންގެ މެދުގައި ރޭވޭ ހަރަކާތަތަކުގައި ސަރުކާރުގެ ކަންކަންހިނގާގޮތަށް، މިސާލަކަށް މަޖުލިސްގެ ކަންކަން ރާވާ ގޮތަށް ބައެއް ކަންކަން ރާވައި އޭގައި ތަފާތު ދާއިރާތަކުގެ މެމްބަރުން ގޮތަށް ރޯލް އަދާކުރުން ފަދަ ހަރަކާތްތައް ރޭވުން. މީގެ ސަބަބުން އެގޮތަށް ވިސްނަން ފުރުޞަތު ލިބި ގާނޫނީ އަދި ގައުމު ހިނގުމުގެ ކަންކަންތައް ދެނެގަތުމުގެ ޝައުގުވެރިކަން އިތުރެވެއެވެ. ބައެއް ގައުމުތަކުގައި މިފަދަ ހަރަކާތްތައް ރާވައި ތަފާތު ސްކޫލުތަކުގެ އެފަދަ ފޯރަމްތައް ޢާއްމު ޓީވީން ވެސް ދައްކާ ހަދައެވެ. މިނޫނަސް ކޯޓްގެ ކަންކަން ހިނގާގޮތަށް ކަންކަމުގެ އެކި ރޯލްތައް ދީ އަދި އެހެނިހެން ދާއިރާތަކުގެ ވެސް ތަފާތު ރޯލްތައް ތަމުސީލުކުރުން ފަދަ ހަރަކާތްތައް ރާވައި ހިންގުމަކީ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި މެދު ދަރިވަރުންނަށް ވިސްނުމަށް ލިބިދޭ ވަރަށް ބޮޑު އެހީތެރިކަމެކވެ.
އިސްވެ ބަޔާންވެދިޔަ ކަންކަމަކީ ހަގީގަތުގައި ތަޢުލީމީ ނިޒާމުގައި ރާވައި ހިންގަން އުދަގޫ ކަންތައްތަކެއް ނޫނެވެ. ގައުމަށް ބޭނުންވާ ރައްޔިތުން އުފެއްދުމަކީ ސިވިކް އެޑިޔުކޭޝަންގެ އެންމެ މުހިންމު އެއް އަސާސެވެ. އެހެންކަމުން އެއަސާސް ފުރިހަމަ ކުރުމަށް ތަޢުލީމީ ނިޒާމުގައި ދަރިވަރުން އެންމެ ތުއްތު އިރުއްސުރެ ތައްޔާރުކޮށް، ތަމުރީނު ލިބިދޭން ޖެހެއެވެ. 21 ވަނަ ގަރުނުގެ ބަދަލުވަމުންމިދާ ދުނިޔޭގެ އެއްފަސް މަސްރަހުގައި އެއް ގައުމުން އަނެއް ގައުމަށް ހިޖުރަކުރުމާ އެއް ގައުމުން އަނެއްގައުމުގެ ރައްޔިތުންނަށް ނެޝަނަލިޓީތައް ދީ ގައުމުތައް ވެސް މިދަނީ މަސްހުނިވަމުންނެވެ. ދުނިޔޭގައި ކުރިއަރާފައިވާ ގިނަ ގައުމުތަކުގެ ތަރައްގީ ގެނައި ހަގީގީ މީހުންނަކީ އެހެން ގައުމުތަކުން އެ ގައުމުތަކަށް ހިޖުރަ ކުރި މީހުންނެވެ. އެ މީހުންގެ އަމިއްލަ ގައުމުތަކުގައި ތިބިނަމަ އެގައުމަތަކުގެ އިސްސަފުގައި މަސައްކަތް ކޮށް އަމިއްލަ ގައުމު ވެސް ކުރިއެރުވޭނެ ގާބިލުކަން ލިބިފައިވާ ބަޔަކަށް އެމީހުން ވީހެވެ. އަޅުގަނޑުމެން ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި ތަޢުލީމީ ނިޒާމުން ނުކުންނަން ހަރުދަނާ ދަރިންކޮޅު އެހެން ގައުމަކަށް ގޮސް އެތަނުގައި ވަޒަންވެރިވެ، ދިރިއުޅެ، އެ ގައުމުތަކަށް ޚިދުމަތްކޮށްދޭން ފަށަނީ އަޅުގަނޑުމެންނަށް އެ ކުދިންގެ ހިތްތަކުގައި އަމިއްލަ ވަޒަނުގެ އަގު ބިންވަޅު ނެގުމުގެ ފުރުސަތު ރަނގަޅަށް ނެދެވުމުންނެވެ. ސިވިކް އެޑިޔުކޭޝަންއަކީ ގައުމެއް ހިންގާނެ ބަޔަކު އުފެއްދުމަށް ބޭނުންކުރެވޭ އެންމެ މުހިންމު ވަސީލަތެވެ. އޭގެތެރޭގައި ގައުމަށް ލޯބި ޖެއްސުމާއި، ގައުމުގެ ޒިންމާ އަދާކުރަން އަހުލުވެރިކުރުމާއި، ގައުމުގެ މަސްއޫލިއްޔަތު އުފުލާ ތަރިކަ ހިމާޔަތްކުރުމުގެ ރޫހު އުފެއްދުން ވެސް ހިމެނެއެވެ. ކުރުކޮށް ދަންނަވާނަމަ ސިވިކް އެޑިޔުކޭޝަންއަކީ ގައުމިއްޔަތު ދަސްކޮށްދިނުން ކަމުގައި ބެލެވިދާނެއެވެ.

މިއަދު މިހުށަހަޅައި ލެވުނު ވާހަކަކޮޅަކީ ގައުމުގެ މުޅި މުސްތަގުބަލާ ގުޅިފައިވާ ކަމެކެވެ. އަޅުގަނޑުމެންގެ ދަރިވަރުންނަށް ތަޢުލީމު ދިނުމުގައި ޅަ ޢުމުރުއްސުރެ މިކަމަށް ސަމާލު ނުވެވިއްޖެނަމަ ގައުމުގެ ދަރިން އެހެން ގައުމުތަކަށް ހިޖުރަކޮށް ގައުމު ހިންގާނެ ހަރުދަނާ މީހުން މަދުވުމަކީ ދުރުކަމެއް ނޫނެވެ. ނަސްރުގެ ދުވަސްތައް ފަދަ ތާރީޚީ ކާމިޔާބީތައް ފާހަގަކުރާއިރު، ގައުމަށް އިޚްލާޞްތެރި، ގައުމުގެ މަސްއޫލިއްޔަތު އުފުލަން ދަންނަ، ތަމުރީނު ލިބިފައިވާ ރައްޔިތެއް އުފެއްދޭނެ ގޮތްތަކާ މެދު އަޅުގަނޑުމެން ތަޢުލީމީ ދާއިރާގެ މީހުން އިތުރަށް ސަމާލުވާން ޖެހެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި ގައުމީ މަންހަޖުގެ އަސާސްތަކުގެ ތެރޭގައިގައިވާ 'ދިވެހި ވަންތަކަމާއި ސާގާފަތް' ރައްކައުތެރިކުރާނެ ބައެއް އަޅުގަނޑުމެން ތަޢުލީމީ ނިޒާމުގެ ތެރެއިން އުފަންކުރުން އެއީ ތަޢުލީމީ ނިޒާމުގައި މަސައްކަތްކުރައްވާ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ. ޚާއްޞަކޮށް ކުރިން އިޝާރާތް ކުރެވުނު ފަދައިން 21 ވަނަ ގަރުނުގައި މިކަމަށް ދޭންވާ ސަމާލުކަން ވަކިން އިތުރެވެ

Comments

Popular posts from this blog

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.

Biography of Mahatma Gandhi

The word Mahatma means great soul. This name was not given Gandhi at birth by his parents, but many years later by the Indian people when they discovered they had a Mahatma in their midst. Gandhi was born on October 2, 1869, in Porbandar, a small state in western India. He was named Mohandas Karamchand Gandhi. The word Gandhi means grocer, and generations earlier that had been the family occupation. But Gandhi's grandfather, father, and uncle had served as prime ministers to the princes of Porbandar and other tiny Indian states, and though lower caste, the Gandhis were middle-class, cultured, and deeply religious Hindus. Gandhi remembered his father as truthful, brave, incorruptible, and short-tempered, but he remembered his mother as a saint. She often fasted for long periods, and once, during the four months of the rainy season, ate only on the rare days that the sun shone.