Skip to main content

تَقْواى ވެރިކަން (1)

تقواى ވެރިކަން (١)
އުސްތާޛު މުހައްމަދު ޖަމީލުގެ دروس اللخلاق ފޮތުން

تَقْواى ވެރިކަމަކީ ސިއްރުގައްޔާއި ފާޅުގައި ގަދަ ކީރިތިވަންތަ މާތްރަސްކަލާނގެ ކުރެއްވި އަމުރުފުޅުތަކަށް ކިޔަމަންވެ نَهِى ކުރެއްވި ކަންތަކުން ދުރުވެ ގަތުމެވެ.
ފަހެ تَقْواى ވެރިކަމަކީ دين އާއި ދުނިޔޭގައި ވާޖިބުވެގެންވާ ކަމެކެވެ. މިހެނީ ހަމަކަށަވަރުން މިދުނުޔޭގައި ވާހައި ތަކެއްޗެއް ހައްދަވައި، އެންމެހައި مَخْلُوقُންގެ ތެރެއިން އާދަމުގެ ދަރީން މާތްކުރައްވައި، ހެއުނުބައި ވަކިކޮށްގަތުމަށްޓަކައި، އެއުރެންނަށް ބުއްދިދެއްވީ އަރަހުށި އެސުވާމީންގެއެވެ.
މިފަދަ ގިނަ نعمةތައް ދެއްވާ ގަދަ ކީރިތިވަންތަ މާތްދޭވަތާއިންގެ ކުރައްވާ  أمر ފުޅުތަކަށް ކިޔަމަންގަތުން وَاجِبُ ވާނޭކަން ކަށަވަރެވެ.
މާތްކަލާނގެ وَحى ކުރައްވައިފައިވެއެވެ. يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ މި آيَة ގެ معنىއީ، އޭމީސްތަކުންނޭވެ. ތިޔަބައި މީހުން ހެއްދެވި ތިޔަބައިމީހުންގެ ސާހިބުވަންތަ ކަލާނގެ ކިބައަށް تَقْواىވެރި ވާށެވެ. މިއެވެ.
سَلَام އާއި صَلَواة ލެއްވި نبى ކަލޭގެފާނުން حديث ކުރެއްވި އެވެ. اِتَّقِ اللهَ حَيْثُمَا كُنْتَ މި حديث ގެ معنىއީ ، ކަލޭގެވީ ކޮންމެ ތަނެއްގައިމެ މާތްކަލާނގެ ކިބައަށް تَقْواىވެރި ވާށެވެ. މިއެވެ.

Comments