Skip to main content

ކޮންމެ އަންހެނެއްގެ ޕާހުގައި އޮންނަންޖެހޭ 10 އެތި


ލިޔުނީ: ތުއްތުމަނިކު

Things Every Woman Should Have in Her Purse

އަންހެންކުދިންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ޕާހަކީ ވަރަށް ބޭނުންތެރި އަސާސީ އެއްޗެކެވެ. އެއްތަނުން އަނެއްތަނަށް ދިއުމުގައި އެކުވެރި ބައިވެރިއެކެވެ. ފައިސާއާއި ގޭގޭ ތަޅުދަނޑިތަކާއި އެހެނިހެން މުހިއްމު ތަކެތި އެއްތަނުން އަނެއްތަނަށް ގެންގޮސްދޭ ވެހިކަލްއެކެވެ. ގޭގެ ހިފާގެންގުޅޭތަކެތީގެ ދެބައިކުޅައެއްބައި އެއްތަނުން އަނެއްތަނަށް ގެންދިޔައަސް ލުއިކޮށް ފަސޭހަކޮށް ގެންގުޅޭ ވަޞީލަތެކެވެ. އަންހެނުންގެ ޕާހުގައި ހުރިހާ ވަގުތެއްގައިވެސް ގެންގުޅެން ޖެހޭ މުހިއްމު 10 އެއްޗެއް ވެއެވެ.
އެތަކެތީގެ މައްޗަށް އަވަސް ކަޅިއެއް ހިންގާލަމެވެ.


1- ލިޕްސްޓިކް
Lipstick
ލިޕްސްޓިކަކީ ޖިންސުއްލަޠީފުން އެކަނބަލުންގެ ރީތި ތުންފަތް ހައިލައިޓްކޮށްލުމަށްޓައި ޒީނަތްތެރިވުމަށް ގެންގުޅޭ އެއްޗެކެވެ. ހެނދުގެ ބިޒީވަގުތު ރަގަޅު މޭކަޕެއް ކޮށްލާނެ ވަގުތު ނެތްނަމަ ، ދުވަހުގެ ޒީނަތްތެރިކަން ދެމެހެއްޓުމަށް ބޭނުންވެއްޖެ ހިނދެއްގައި ރީތިވެލުމަށް ދަބަހުގައި ނުވަތަ ޕާސްގައި ލިޕްސްޓިކެއް އޮތުމަކީ މުހިއްމު ކަމެކެވެ.

2- ފައިސާ
Mad money
ދިރިއުޅުމުގައި ފައިސާއަކީ މުހިއްމު އެއްޗެކެވެ. ކޮންމެ ވަގުތަކުވެސް ބޭނުން ހިފަންޖެހޭ އެއްޗެކެވެ. ޕާހުގައި ޑެބިޓް ނުވަތަ ކުރެޑިޓް ކާރޑް ގެންގުޅުއްވިނަމަވެސް 20 ރުފިޔާ ވަރު މަދުވެގެން ޕާޙުގައި އޮތުމަކީ މުހިއްމު ބޭނުންތެރިކަމެވެ.

3- ޓެންޕާން ނުވަތަ ޕެޑް
 
Tampons or pads 
ފެޑް ބޭނުންކުރަން ޞިއްޙަތު ރަގަޅު ކޮންމެ އަންހެނަކަށްވެސް ޖެހެއެވެ. އެހެންކަމުން، މިބޭނުންކުރަން ކޮންމެ ވަގުތަކުވެސް ޖެހިދާނެކަމަށް ދެކި، ޕާހުގައި ދެތިން ޓެންޕާން ( tampons) އޮތުމަކީ ރައްކާތެރިކަމެކެވެ. 

4- Baby Wipes(ތެއް ޓިޝޫ )
Baby wipes

 ކުޑަކުއްޖެއް ނެތްނަމަވެސް ، ތުއްތުކުދިން ރީތިކުރުމަށްޓަކައި ގެންގުޅޭ، ތެއްޓީޝޫއެއް އަތް ދަބަހުގައި ނުވަތަ ޕާސްގައި އޮތުމަކީ ކޮންމެ އަންހެނަކަށް ވެސް މުހިއްމު ކަމެކެވެ. ކޮންމެ ހާލަތެއްގައި މި ޓިޝޫގެ ބޭނުން ޖެހިދާނެއެވެ. 

5- ޕެންޑޯލް ގުޅަ
Aspirin or Tylenol

ގެއިން ބޭރަށް ކިހާއަވަހަކަށް ދާންޖެހޭތޯ އެވެ. ގެއިން ބޭރުގައި އުޅެނިކޮށް ބޮލުގައި ކިތައްފަހަރު ރިއްސާގަތްތޯ އެވެ. މިފަދަ ދަނޑިވަޅުތަކުގައި ރިއްސުން ފިލައިދިއުމަށް އެދެވެއެވެ. ބޭހެއް އަވަހަށް ބޭނުން ވެއެެވެ. އެހެންކަމަށް ވާނަމަ، ޕާސްގައި ޕެނަޑޯލް ދެތިން ގުޅަ އޮތުން މުހިއްމު ނޫން ތޯ އެވެ.

6- ގަލަމެއް
A pen



ގަލަމަކީވެސް ޕާސް ނުވަތަ އަތްދަބަހުގައި އޮންނަންޖެހޭ ވަރަށް މުހިއްމު އެއްޗެކެވެ. ނަމަވެސް ގިނަ އަންހެނުންގެ ޕާސްގައި ނުވަތަ އަތްދަބަހުގައި އޮންނަނީ އައިލައިން ނުވަތަ އަދުން އަޅާ ފަންސުރެކެވެ. 

7- މުހިއްމު ފޯން ނަންބަރުތައް ނުވަތަ އިމެޖެންސީ ނަންބަރުތައް
 Emergency contact info

މަގުމަތީ ނުވަތަ ބޭރުގައި އުޅެނިކޮށް ދިމާ ހާދިސާއެއްގައި ތިމާއަށް ވާހަކަ  ނުދެކެވޭ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، ތިމާއާ ގުޅުން ހުރި މުހިއްމު މީހުން ފޯން ނަންބަރުތައް ލިޔެފައިވާ އިމަޖެންސީ ހާލަތެއްގައި ގުޅަންވީ ނަންބަރުތައް އޮތް ކުޑަ ފޮތެއް އަތްދަބަހުގައި އޮތުންވެސް މުހިއްމެވެ. 

8- އަސޭމިރުސް ސްޕްރޭ 
Mace or pepper spray


މުޖުތަމަޢުގެ އަމާންކަމާއި ރައްކާތެރިކަން ދުވަހުން ދުވަހަށް ނެތެމުންދާއިރު ، ދިމާގެ ރައްކާތެރިކަމަށްޓަކައި ނޮން ލީތަލް ވެޕަންއެއް އޮތުމަކީ މުހިއްމުކަމެކެވެ. މީހަކު ތިމާއަށް ދިމާކޮށް ދިމާގެ މުދަލާއި ލާރިކޮޅު ފޭރިގަންނަން އުޅޭއިރު އަދި ގަދަކަމުން ދިމާގެ އާ ބެހެން އުޅޭ ނަމަ އެފަދަ މީހުންގެ ކިބައިން ސަލާމަތްވުމަށް އަސޭމިރުސް ސްޕްރޭ ފުޅިއެއް އޮތުން ވަރަށް މުހިއްމެވެ. 

9- ބެކްޓީރިއާ އަދި ޖަރާސިމްތަކުން ސަލާމަތްވުމަށް އަތުގައި އުގުޅާ " ހޭންޑް ސެނިޓައިޒަރ"
 Hand sanitizer

ބޭރުގައި އުޅޭ އިރު، ވަރަށްގިނަމީހުންނާ ބައްދަލުވެ ސަލާމް ކުރެވެއެވެ. ތަންތަނުގައި އަތްލެވެއެވެ. ފައިސާގައި އަތްހޭކެއެވެ. މިގޮތުން ވަރަށް ގިނަ ބެކްޓޭރިއާ އަތަށް އަރައެވެ. މިއީ ސިއްޙީގޮތުން ނުރައްކާތެރި ކަމެކެވެ. ބަލިތައް ޖެހުމަށް މަގުފަހިވާ ކަމެކެވެ. މިކަމުން ސަލާމަތްވެ އަތް ސާފުކޮށްލުމަށްޓަކައި އަތް ދަބަހުގައި "hand sanitizer"  އޮންނަން ވާނެއެވެ. 

10- ލައިޓަރެއް 
Lighter or matches 

ތިމާ ދުންފަތުގެ އިސްތިޢުމާލުކުރިއަސް ނުކުރިއަސް ޕާހުގައި ލައިޓަރެއް އޮންނަންވާނެއެވެ. އެއީ އުއްބައްތި ނުވަތަ އެހެވެސް އެއްޗެއް ރޯކޮށްލަން ބޭރުގައި އުޅޭިއރު ޖެހިދާނެއެވެ. 

މައުލޫމާތު: http://en.amerikanki.com/things-every-woman-should-have-in-her-purse/10/

Comments