Skip to main content

ނަޝީދުގެ އުމްރާގެ އަޅުކަން ފުރިހަމަ ކުރައްވައިފި



Mohamed Nasheed


މޯލްޑިވިއަން ޑީމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު އުމްރާގެ މަތިވެރި އަޅުކަން ފުރިހަމަ ކުރައްވައިފިއެވެ. 

 ނަޝީދުގެ އުމްރާގެ މަތިވެރި އަޅުކަން ފުރިހަމަ ކުރެއްވިކަން އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.އިންޑިޔާގެ ބޮޑުވަޒީރާއި ބައްދަލުކުރެއްވުމަށްފަހު ނަޝީދު އުމްރާ ވުމަށް ސައުދީއަށް ވަޑައިގެން އުމްރާގެ އަޅުކަން ފުރިހަމަ ކުރައްވާފައިވަނީ މީޑީޔާއަށް ވަރަށް ބޮޑަށް ސިއްރުންނެވެ. 

 މީގެ ކުރިންވެސް ނަޝީދުގެ އުމްރާ ދަތުރާ ބެހޭގޮތުން މީޑީޔާއިން ސުވާލު ދެންނެވި ކޮންމެ ފަހަރަކު އެމަނިކުފާނު ވިދާޅުވެފައިވަނީ، އެކަމަކީ އެމަނިކުފާނުގެ އަމިއްލަ ފުޅު ކަމެއް ކަމަށާއި، އެ މައުލޫމާތު މީޑިޔާއަށް ހިއްސާ ކުރައްވަން ބޭނުންފުޅު ނުވާކަމަށެވެ.


Comments