Skip to main content

ކެންސަރުގެ ބިރަށް އެންޖެލީނާ ޖޯލީގެ އުރަމައްޗާއި ރަހިމް ނަގަނީ





ކެންސަރު ޖެހުމުގެ ބިރު ބޮޑުވުމާއި އެކު ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބަތަލާ ކަމަށްވާ އެންޖެލީނާ ޖޯލީގެ އުރަމަތި ނަގައި، އޭނާގެ ރަހުމު ނަގަން ތައްޔާރުވެއްޖެއެވެ.

ޑޮކްޓަރުން ބުނާގޮތުގައި ޖޯލީގެ އުރަމަތި ނެގުމަށް ކުރި އޮޕަރޭޝަން ވަނީ ތިން މަރުހަލާއަކަށް ބަހާލާފައެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެ އޮޕަރޭޝަން އެއްކޮށް ނިމާފައިވާ ކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ޑޮކްޓަރުން ވާހަކަ ދައްކާފައިވަނީ، މިދިޔަ ހަފްތާގައި ޖޯލީ ނިއުޔޯކު ޓައިމްސްގައި ލިޔުނު ލިޔުމެއްގައި އޭނާގެ އުރަމަތި ނެގުމަށް އޮޕަރޭޝަން ކޮށްފައިވާ ކަން ހާމަ ކުރުމާއި އެކުގައެވެ. ޖީލީ ބުނެފައިވަނީ އޭނާ އުރަމަތި ނެގުމަށް ކުރި އޮޕަރޭޝަނުގެ ފަހުން ކެންސަރު ޖެހުމުގެ ފުރުސަތު 87 އިންސައްތައިން ފަސް އިންސައްތައަށް ދަށްވެފައިވާ ކަމަށެވެ.

"އަހަރެންގެ އޮޕަރޭޝަން ސިއްރެއްގެ ގޮތުގައި ނުބޭއްވުމަށް ނިންމީ، ކެންސަރުގެ ބައްޔަށް މީހުން ހޭލުންތެރި ކުރުވުމަށް. އަހަރެންގެ އެދުމަކީ ހުރިހާ އެންމެންވެސް ޖީން ޓެސްޓް ކުރުން. އަދި ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުނަމަ ބައެއްކަހަލަ އުދަނގޫ ކަންތައްތައް ކުރަން ޖެހޭނެ،" ޖީލީގެ ލިޔުމުގައި ބުނެފައި ވެއެވެ.

ދުނިޔޭގެ އެންމެ ރީތި އަންހެނުންގެ ތެރޭގައިވެސް ހިމެނޭ ޖޯލީގެ އުރަމަތި ނެގުމަށް ފަހު، ޕްލާސްޓިކް ސާޖަރީ ހަދައި، އަލުން އުރަމަތި "ރީކޮންސްޓްރަކްޓް" ކުރުމުގެ މަރުހަލާ މިހާރު ވަނީ ފަށާފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޖޯލީގެ އުރަމަތީގެ ޕްލާސްޓިކް ސާޖަރީ ހަދަނީ، މަޝްހޫރު ޕްލާސްޓިކް ސާޖަން ޑރ. ޖޭ އޮތިންޖާ އެވެ.

ކެލެފޯނިޔާގެ ޕިންކް ލޮޓަސް ބްރެސްޓް ސެންޓަރުގައި ޖޯލީ އުރަމަތި ނަގަން އެންމެ ފުރަތަމަ އޮޕަރޭޝަން ކޮށްފައިވަނީ ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހުއެވެ. އަދި ދެވަނަ އޮޕަރޭޝަން ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.

އުމުރުން 37 އަހަރުގެ ޖޯލީ ރަހިމު ނަގަން ނިންމާފައިވަނީ، ރަހިމުގެ ކެންސަރު ޖެހުމުގެ ފުރުސަތު 50 އިންސައްތައަށް އެރުމާއި ގުޅިގެން ޑޮކްޓަރުންގެ ލަފާގެ މަތިން ނެވެ. ޖޯލީއަށް ކެންސަރު ޖެހުމުގެ ބިރު ބޮޑުވެފައިވަނީ އޭނާގެ އާއިލާއިން ވާރުތަ ކޮށްފައިވާ ޖީން އެއްގެ ސަބަބުންނެވެ. އުމުރުން 56 އަހަރުގައި ޖޯލީގެ މަންމަ އަދި މަޝްހޫރު ބަތަލާ މާޝެލިން ބާޓްރެންޑް 2007 ވަނަ އަހަރު މަރުވެފައިވަނީވެސް އޯވަރީގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

ފިލްމީ އިންޑަސްޓްރީގެ އެންމެ އަގުބޮޑު ބަތަލާއިންގެ ތެރޭގައިވެސް ހިމެނޭ އަދި ފިލްމު އިސްޑަސްޓްރީގެ އެންމެ ޝަރަފުވެރި އެވޯޓު، އޮސްކާ އާއި ގޯލްޑަން ގުލޯބްވެސް ކާމިޔާބު ކޮށްފައިވާ ޖޯލީ ރަހިމު ނަގަން ތައްޔާރުވަމުން ދާއިރު އޭނާގެ ތިން ދަރިން އެބަތިއްބެވެ. މަޝްހޫރު އެކްޓަރު ބްރެޑް ޕިޓާ އެންގޭޖުވުމަށް ފަހު އެ ދެމީހުން އަންނަނީ ކައިވެނި ކުރުމަށް ތައްޔާރުވަމުންނެވެ. އެ ދެމީހުންނަށް ތިން ކުދިން ލިބިފައިވާއިރު، އިތުރު ތިން ކުދިން އެޑޮޕްޓްވެސް ކޮށްފައި ވެއެވެ.

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.