Skip to main content
މިއަދަކީ އިހަވަންދޫ މަދަރުސާގެ 34 ވަނަ އަހަރީ ދުވަސް
މުހައްމަދު ޢަބުދުއްޞަމަދު

އިހަވަންދޫ މަދަރުސާގެ 2 ވަަނަ ހެޑްމާސްޓަރ ޔޫސުފް އަހުމަދު އިހަވަންދޫ މަދަރުސާގެ ސްޓާފް ރޫމްގައި މަސައްކަތް ކުރައްވަނީ: ފޮޓޯ އިހަވަންދޫ މަދަރުސާ
އިހަވަންދޫ މަދަރުސާގެ 2 ވަަނަ ހެޑްމާސްޓަރ ޔޫސުފް އަހުމަދު އިހަވަންދޫ މަދަރުސާގެ ސްޓާފް ރޫމްގައި މަސައްކަތް ކުރައްވަނީ: ފޮޓޯ އިހަވަންދޫ މަދަރުސާ


ިއަދަކީ އިހަވަންދޫ މަދަރުސާގެ 34 ވަނަ އަހަރީ ދުވަހެވެ. ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އިހަވަންދޫ މަދަރުސާގެ ލޮބުވެތި މުދައްރިސުންނާއި އަހުރަވެތި ދަރިވަރުންނަށާއި ލޯބިވެތި ބެލެނިވެރިންނަށް ފިނިފެން މަލުގެ ގުލްދަސްތާތަކުން ވެދުން ކުރަމެވެ.

މިދުވަސް ފާހަގަ ކުރުމަށް މއަދު ވަނީ އެސްކޫލްގައި ޙާއްޞަ އެސެންބްލީ އެއް ބާއްވާފައެވެ. ދުވަހާ ގުޅޭގޮތުން ވާހަކަ ފުޅު ދެއްކެވީ މަދަރުސާގެ ޑެޕިއުޓީ ޕްރިންސިޕަލް އެޑްމިނިސްޓްރޭޝަން އަބުދުލް ވާހިދު ދާއޫދު އެވެ. އަދި ދުވަހާ ގުޅޭ ޙާއްޞަ ދުޢާއެއްވެސް ކުރުން އޮތެވެ. މިދުޢާ އިސްވެ ކޮށްދެއްވީ  ކޮލިފައިޑް ލީޑިން ޓީޗަރ އަހުމަދު ރަޝީދު އެވެ.

ވަރަށް ކުރުގޮތަކަށް މިބަލާލަނީ އިހަވަންދޫ މަދަރުސާގެ ތައުލީމީ ފަސްމަންޒަރަށެވެ.


އިހަވަންދޫގެ ތަޢްލީމާ ބެހޭ ލިޔުންތައް ފެންނަން ހުރީ 1979 ވަނަ އަހަރުން ފެށިގެންނެވެ. މީގެ ކުރީގެ ލިޔެކިޔުންތައް ފެންނަން ނެތަސް އިހަވަންދޫގައި ދިރިއުޅޭ މީހުން ލިޔަންކިޔަން ދަސްކޮށްދިނުމުގެ ކަންތައްތައް ރަސްމީކޮށްނާއި ނުރަސްމީކޮށް ހިނގަމުން އައިސްފައިވާ ކަމަށް އިހަވަންދޫގެ ތާރީޚް ހެކިދެއެވެ.

ދިވެހި ދަރީން އިސްލާމް ދީން ލިބިގަތުމާއި ހަމައިން، ދީނީ ޢިލްމް އުނގެނުން ލާޒިމްވިކަން އެތަކެއް ޢިލްމުވެރީންނެއްގެ ލިޔުއްވުންތަކުން ހާމަވެއެވެ.

އެހެންކަމުން އެހަވަންދޫގެ ރައްޔިތުން މީލާދީން 1700 ވަނަ އަހަރަށް ވުރެން ކުރީން، ދީނީ ގޮތުން ކޮންމެހެން އެނގެންޖެހޭ އެނގުންތައް ކޮންމެވެސް ސިފައެއްގައި ދަސްކުރަމުންދާނެކަން ޔަޤީނެވެ. އެއީ އިހަވަންދުގެ އާސާރީ މިސްކިތުގެ ޢިމާރާތް ކުރަން ފެށިފައިވަނީ 15 ރަޖަބް 1113 ހިޖުރީގައެވެ. މި މިސްކިތް ޢިމާރާތް ކުރެއްވީ އައްސުލްޠާން އިބްރާހީމް  މުޡުހިރުއްދީން ސިރީމުތައިރަންމަނިލޯކަ މަހާރަދުންނެވެ.   މިއީ ރާއްޖޭގެ ތަހުތުގައި 74 ވަނައަށް ރެދަލި ކުރެއްވި ރަސްގެފާނެވެ. މި ރަސްގެފާނު ރަސްކަންކުރެއްވީ ހިޖުރައިން 1113-1116 ށެވެ.

ސުމުއްވުލް އަމީރް މުޙައްމަދު އަމީން ދޮށިމޭނާ ކިލަގެފާނުގެ ދައުރުގައި، ރާއްޖޭގެ މީހުންއުޅޭ ކޮންމެ ރަށެއްގައި ފަށައިގަތުމުގެ ފެންވަރުގެ މަދަރުސާއެއް އުފެއްދެވިއެވެ. މިގޮތުން އިހަވަންދޫގައި އުފެއްދެވި މަދަރުސާ އުފައްދާފައި ވަނީ މިރަށު ކާޑުގޭގައި ކަމަށް ބެލެވެއެވެ. އަދި މިދުވަސްވަރު މިރަށުގެ ބައެއް ކުދީން މާލެ ގެންގޮސް ދާރުލްއަޤާމާ (ބޯޑިންގ ގެއެއް) ބައިތިއްބައިގެންނާއި،މާލޭގެ ބައެއް ގޭގޭގައި ބަހައްޓަވައިގެން ކިޔަވައި ދެއްވަމުން ގެންދެވިއެވެ.

1954 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ޖުމުހުރިއަޔަތު އަލުން ރަސްކަމަށް ބަދަލުވުމާއި ގުޅިގެން، އިލްޒާމީ ތަޢްލީމުގެ ނަމުގައި ޤާނޫނެއް ފާސްކުރެވި އެއަށް ޢަމަލި ކުރައްވަމުން ގެންދެވިއެވެ. މި ދުވަސްވަރުގައިވެސް އިހަވަންދޫގައި ރަސްމީ ސިފައެއްގައި އުނގަންނާދެމުން ދިޔައެވެ.

1960 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ތަޢްލީމަށް އެއްގޮތަކުން ވަރަށް ބޮޑު ތަރައްޤީއެއް ލިބުނެވެ. މާލޭގެ ސްކޫލްތައް މިޒަމާނުގެ އުޞޫލުން ހިނގަން ފެށިއެވެ. އެހެންނަމަވެސް ރާއްޖެތެރޭގެ ތަޢްލީމަށް އެއްވެސް އަޙްމިއްޔަތެއް ނުދެއެވެ. ނަތީޖާއެއްގެ ގޮތުން 1965 ވަނަ އަހަރު ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުއިރު ތަޢްލީމް ފެތުރުމުގެ އުޞޫލް މުޅިން ވަނީ ނެތި ގޮހެވެ. އެހެންކަމުން އިލްޖާމީ ތަޢްލީމުގެ ޤާނޫން އުވާލަން ޖެހުނެވެ. އަޅުގަނޑު ދެކޭގޮތުގައި އިހަވަންދޫގައި ތަޢްލީމް ވަޅުޖެހެންފެށީ މިހިސާބުންނެވެ.

ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޛް މައުމޫނު ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާގެ މަޤާމާ ހަވާލުވެ ވަޑައިގަތުމާ ގުޅިގެން އިހަވަންދޫގައި ވަޅުޖެހިފައިވާ އުނގެނުމާއި އުނގަންނައި ދިނުމަށް ދިރުން އައެވެ. އިޖްތިމާޢީ ޚިދުމްތްތަކުގެ ތެރެއިން،އެމަނިކުފާނު އެންމެ ޚާއްޞަ ސަމާލުކަމެއް ދެއްވީ ރާއްޖޭގެ ދަރީންނަށް ތަޢްލީމް ދިނުމުގެ މައްޗަށެވެ.

އިހަވަންދޫގައި ވަޅުޖެހިފައިވާ ތަޢުލީމީ ޙަޔާތް ރަސްމީ ސިފައެއްގައި އައުދިރުމެއް އައީ ރައީސް މައުމޫނު ރާއްޖޭގައި ތައުލީމް އާއްމުކުރެއްވުމަށް ކުރެއްވި މަސައްކަތް ޕުޅުންނެވެ.

1977 ވަނަ އަހަރު މެއި 14 ވަނަ ދުވަހުގެ ހެނދުނު 8:30 ގައި އިހަވަންދޫ  މަދަރުސާ ހުޅުވުމުގެ ރަސްމިއްޔާތު އޮތެވެ. މަދަރުސާ ހުޅުވައި ދެއްވީ ނޮދަރން ރީޖަނަލް އޮފީހުގެ ވަކީލް އަލްފާޟިލް އިބްރާހީމް ރަޝާދެވެ. މި ރަސްމިއްޔާތަށްފަހު މަދަރުސާ ދުނިޔިގެ އަލިކަމަށް އައެވެ. މިރަސްމިއްޔާތުގައި ހއ.އަތޮޅުގެ ވެރިޔާ އަލްފާޟިލް އާދަމް އަބްދުއްރަފީޤް/ ވަށަފަރު، އަލްމަރުހޫމް އާދަމް ސަލީމް/ހޯރަފުށި ބައިވެރިވެ ލެއްވިއެވެ.

މަދަރުސާ ހިންގަމުން ދިޔައީ އަލްފާޟިލް އައްބާސް އިބްރާހީމް މ.އެންދެރިމާގެ ދެއްވައި -/200 ރގެ ދީލަތި އެހީންނާއި، ރައްޔިތުންގެ އެކިއެކި ފަރާތުން ވެދޭ އެހީންނެވެ.

މި މަދަރުސާ ހުޅުވުނުއިރު އެންމެ އިސްކޮށް ހުނެވީ މިރަށު ވައިޖެހޭގޭ އަލްމަރުހޫމް ޢަބްދުއްޞަމަދު ޙުސައިން (އެއިރުގެ ކަތީބު) އާއި ޙާޝިމީމަންޒިލް އަލްފާޟިލް ޢަބްދުލްޣަނީ ޙުސައިން (އެއިރުގެ މުދިމް) އެވެ. މުދައްރިސުންގެ ގޮތުގައި ތިއްބެވީ އަލްފާޟިލް މޫސާ ޙުސައިން ދަނބުގެއާއި ގުލްބަކާގޭ އަލްފާޟިލް ޙަސަން މުޙައްމަދެވެ. ގުލްފާމުގެ އަލްފާޟިލް ޢަބްދުﷲ މޫސާ ވަނީ ރަށު އޮފީހުން ވީއްލާފައެވެ. މަދަރުސާ ހިންގަމުން ދިޔައީ މިރަށު ކާޑުގޭގައެވެ.

މިމަދަރުސާ ހިނގަމުން ދިޔައިރު، މަދަރުސާއެއް ޢިމާރާތް ކުރުމާމެދު ޚިޔާލުތައް އައީ ކުރެވެމުންނެވެ. ނަމަވެސް ކުރިމަތިވެފައިވާ ފައިސާގެ މައްސަލަ ވަނީ ނުވިސްނިފައެވެ. އެހެންނަމަވެސް ވަރަށް ބުރަ މަސައްކަތުން 3 އޯގަސްޓް 1980 ގައި މި މަދަރުސާ ޢިމާރާތްކުރުމަށް ގޯތި (މިހާރު އިހަވަންދޫ މަދަރުސާ ހިނގަމުންދާ ގޯތި) ސާފުކުރުމުގެ މަސައްކަތް އިހަވަންދޫ ރައްޔިތުން ފެށިއެވެ.

ގިނަދުވަސްތަކެއްނުވެ މިހާރު އިހަވަންދޫ މަދަރުސާ މިހިނގާ ޢިމާރާތުގެ ބިންގާ 1980 ވަނައަހަރު ނޮވެމްބަރ 15 ވަނަ ދުވަހު 1:30 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަލްއުސްތާޛް މުޙައްމަދު  ޙުސައިން އަޅުއްވައި ދެއްވިއެވެ. މިމަދަރުސާ އިހަވންދޫ ރައްޔިތުންގެ ޚަރަދުގައި އަޅަމުން ދަނިކޮށް ސަރުކާރުގެ ދީލަތި އެހީ ލިބުނެވެ.

މަދަރުސާގެ ޢިމާރާތްކުރުމުގެ މަސައްކަތް މުޅިންނިމި މަދަރުސާ ހުޅުވުނީ 16 ފެބްރުއަރީ 1985 ގައެވެ. މަދަރުސާ ހުޅުވައި ދެއްވީ މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭށަން އަލްއުސްތާޛް ޢަބްދުﷲ ހަމީދެވެ. އިހަވަންދު މަދަރުސާ ކާޑުގެއިން މިހާރު މިހިނގާ ޢިމާރާތައް ބަދަލުވީ އެތާރީޚުން ފެށިގެންނެވެ.

 1993 ން ފެށިގެން 1997 ށް މަދަރުސާ ހިންގުމުގެ މަސްޢިލިއްޔަތު އަދާކުރެއްވީ މަދަރުސާގެ ނާޒިރު އިހަވަންދޫ ކަތީބު އަލްފާޟިލް ޢަދްނާން ޢަބްދުﷲގެ އިރުޝާދުގެ ދަށުން އ.ހެޑްމާސްޓަރ މިހާރު ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލް ޢަބްދުލްވާޙިދު ދާއޫދެވެ.

1998 ވަނަ އހަރު ސްކޫލް ހިންގެވުަމަށް ސަރުކާރުން ހެޑް މިސްޓްރެސް އެއް ފޮނުއްވި އެވެ. އެއީ ނ. ހޮޅުދޫ ނިސްބަތްވާ ބޭކަނބަލެކެވެ. ނާހިދާ އެވެ. އެކަމަނާގެ ހިންގުންތެރިކަމުގައި ސްކޫލަށް އައު އިމާރާތެއް ހޯއްދެވި އެވެ.  ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 6 މަސްތެރޭގައި އެކަމަނާ ހއ. އަތޮޅު މަދަރުސާއަށް ސަރުކާރުން ބަދަލުކުރެއްވި އެވެ.

އެއަށްފަހު ސްކޫލް ހިންގެވުމާއި ޙަވާލުވީ ޔޫސުފް އަހުމަދު ކިޔާ ބ. އަތޮޅު ހިތާދޫއަށް ނިސްބަތްވާ ބޭފުޅެކެވެ. ޔޫސުފްގެ މޭސްތިރިކަމުގެ ދަށުން 2000 ވަނަ އަހަ ރު އިހަވަންދޫ މަދަރުސާގައި ގްރޭޑް  8 އުފެދިގެން ދިޔައެވެ.

2002 ވަނަ އަހަރު މިސްކޫލްގެ ދަރިވަރުން ފުރަތަމަ ފަހަރަށް ލަންޑަން ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގައި ބައިވެރިވެ، ކުލަގަދަ ކާމިޔާބުތަކެއް ހާޞިލް ކުރިއެވެ. އެއިރު ސްކޫލްގެ ހިންގުމާ ޙަވާލުވެ ހުންނެވީ ހެޑްމާސްޓަރ މުހައްމަދު އަޠީޤް އެވެ.

2003 ވަނަ އަހަރު ސްކޫލް ހިންގެވުމަށް އައު ބޭފުޅަކު މިނިސްޓްރީ އޮފް އެޑީޔުކޭޝަނުން ސްކޫލަށް ފޮނުއްވިއެވެ. ރ. މަޑުއްވަރީ މުހައްމަދު ޝުކުރީ އެވެ. ހެޑްމާސްޓަރ ޝުކުރީ އެވެ. އުނގަންނާ ދިނުމަށާއި ސްކޫލް ސްޕަވިޝަންއަށް ހެޔޮ ބަދަލުތަކެއް  ޝުކުރީ ގެންނެވިއެވެ. ޒަމާނީ ތަޢުލީ ހާޞިލްކޮށްގެން ތިބި ޒުވާން މުދައްރިސުންނަށް ސްކޫލްގެ އެސް.އެމް.ޓީގައި މަސައްކަތް ކުރުމުގެ ފުރުޞަތު ދެއްވި އެވެ. ސްކޫލްގެ އިންފްރާ ސްޓްރަކްޗަ ޒީނަތްތެރިކޮށް ސްކޫލްގެ ގޯތިތެރެއާއި އިމާރާތްތައް ކުދިން ކިޔެވުމަށް ޝައުޤުވެރި ތަނަކަށް ހެއްދެވިއެވެ. ކުދިން ކުޅޭނެ ބިމެއް ހޯދާ ، އެބިން ސާފުކޮށް، ހަވީރުގަޑީގައި ކަސްރަތުކޮށް ކުދިންނަށް ކުޅެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވި އެވެ. ރަށުގެ ސިޔާސީ ފިއްތުންތަކުގެ ސަބަބުން ޝުކުރީ ހެޑްމާސްޓަރ އަމިއްލަ ފުޅަށް އެހެން ރަށަކަށް ބަދަލުވީ އެވެ.

އެއަށްފަހު އަބުދުއް ރައްޒާގް ކިޔާ ބޭފުޅަކު ސްކޫލް ހިންގެވުމާއި ހަވާލުވެ ލެއްވިއެވެ.

2004 ވަނަ އަހަރުން 2005 ވަނަ އަހަރުގެ ނިޔަލަށް ސްކޫލް ހިންގެވުމާއި ހަވާލުވެހުންނެވީ މިރަށު ވައިޖެހޭގޭ އަލްފާޟިލް މުހައްމަދު ޝަފީޢު އެވެ. ޝަފީޢުގެ ހިންގުންތެރިކަމުގެ ދަށުގައި މި ސްކޫލްގައި މަތީ ޘާނަވީ އަަށް ކިޔަވައިދެއްވަން ފެށުނެވެ.

މިދިގުތާރީޚްގައި އިހަވަންދޫ މަދަރުސާ ހިންގަމުން ގެންދެވީ އިހަވަންދޫ ރައްޔިތުންނެވެ. 2005 ވަނަ އަހަރުގެ އޮކްޓޯބަރ މަހާ ހަމައިން ދިވެހި ދައުލަތުން ރައްޔިތުންގެ ސްކޫލްތައް ސަރުކާރަށް ނެގި އެވެ.

މިހާރު އިހަވަންދޫ މަދަރުސާއަކީ ގްރޭޑް 1 ން 12 ކިޔަވައިދޭ ރާއްޖޭގެ ނިސްބަތުން ރަގަޅު ސްކޫލެކެވެ. މިސްކޫލްގައި ހާއްޞައެހީއަށް ބޭނުންވާ ކުދިންނަށްވެސް 2009 ވަނަ އަހަރުން ފެށިގެން ކިޔަވައިދެމުން ގެންދެއެވެ.

އިހަވަންދޫ މަދަރުސާއަކީ ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ ދޭސީ ގްރެޖްއޭޓް ޓީޗަރުން މަސައްކަތްކުރައްވާ އެއް ސްކޫލެވެ.

މިއަދު އިހަވަންދޫ މަދަރުސާ އަކީ ރާއްޖޭގެ ނިސްބަތުން 1 ވަނަ ދަރަޖާގައި ހިމެނޭ އެއް މަދަރުސާއެވެ. އިހަވަންދޫ މަދަރުސާއަށް އަދަށްވުރެން ފެހި މާ އުފާވެރި ރޯޝަނީ މުސްތަގްބަލެކެވެ. މިސްކޫލްގައިކިޔަވާ ދަރިވަރުންނަށް ކާމިޔާބީ އެވެ.

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.