Skip to main content

ރިޔާސީ އިންތިޚާބު 2013 އަށް ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓް ކޮށްފި ، އިހަވަންދޫގައި ވޯޓްލުމުމުގެ ހައްގު ލިބިފައިވަނީ 1913 މީހުންނަށް




ރިޔާސީ އިންތިޚާބު 2013 ގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު 30 މެއި 2013 ވީ ބުރާސްފަތި ދުވަހު ގެޒެޓްކޮށްފިއެވެ. އެގޮތުން މި ލިސްޓު ގެޒެޓްކުރެވުނު އިރު ލިސްޓުގައި ހިމެނިފައިވަނީ 239,971 (ދެލައްކަ ތިރީސް ނުވަ ހާސް ނުވަ ސަތޭކަ ހަތްދިހަ އެކެއް) މީހުންނެވެ 
.
އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދުގައި ބުނެފައިވާ ގޮތުން ކޮންމެ އިންތިހާބެއްގައި ވެސް ވޯޓް ލާ މީހުންގެ ރަޖިސްޓްރީ، އެ އިންތިހާބެއްގެ 45 ދުވަސް ކުރިން ގެޒެޓްކުރަން ޖެހެ އެވެ.


ރިޔާސީ އިންތިހާބުގެ ގަވާއިދުގެ ބުނެފައިވާ ގޮތުން ވޯޓް ރަޖިސްޓްރީގައި ހިމެނިފައިވާ ނުވަތަ ހިމެނިފައިނުވާ މައުލޫމާތަކާ ގުޅޭ ގޮތުން ނުވަތަ އެ ރަޖިސްޓްރީ ސައްހަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކާ ނުވަތަ އުނިއިތުރާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އިލެކްޝަންސް ފޯކަލް ޕޮއިންޓުތަކަށް ނުވަތަ އިލެކްޝަންސް ކޮމިޝަނަނަށް 10 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ އެވެ. ޝަކުވާ ހުށަހަޅަންޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމުގަ އެވެ

ވޯޓް ރަޖިސްޓްރީ އަށް މީހަކު އިތުރުކުރެވޭނީ ލިސްޓުގައި ނަން ނެތިގެން ހުށަހަޅާފައިވާ ޝަކުވާއާއެކު އެ މީހަކީ ވޯޓު ލާ ދުވަހަށް 18 އަހަރު ފުރިފައިވާ މީހެއްކަން ސާބިތުކޮށްދޭނެ ލިޔުމެއްގެ އަސްލު ނުވަތަ ކޮޕީ ހުށަހެޅުމުންނެވެ. އަދި ލިސްޓުން މީހަކު އުނިކުރެވޭނީ ލިސްޓުގައި ހިމެނިފައިވާ ފަރާތެއް އުނިކުރުމަށް ހުށަހަޅާފައިވާ ޝަކުވާއާ އެކު އެ މީހަކީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުން އުނިކުރަން ޖެހޭ މީހެއްކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ އަސްލު ނުވަތަ ކޮމިޓީ ހުށަހެޅުމުންނެވެ

ނިޔާވެފައިވާ މީހެއްގެ ނަން ވޯޓް ރަޖިސްޓްރީން އުނިކުރުމުގައި ސައްހަ ލިޔުމެއްގެ ގޮތުގައި ބަލާނީ މަރުފޯމު، ރަށްވެހިންގެ ރަޖިސްޓްރީ އުނިކުރަން އެދިފައިވާ މީހަކީ މަރުވެފައިވާ މީހެއްކަމަށް ސަރުކާރުގެ މުއައްސަސާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުން ފަދަ ލިޔުންކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ

މިއަހަރުގެ ރިޔާސީ އިންތިހާބުގައި 240،000 މީހުންނަށް ވޯޓްލާނެ އެވެ. އެންމެ ފަހުން 2008 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބުނު މީހުންގެ އަދަދަކީ 209،294 އެވެ.
.

Comments