Skip to main content
ރަށުފެންވަރުގައި ބާއްވާ 3 ވަނަ ޤުރުއާން މުބާރާތް
ލިޔުނީ: ރަޙީމުﷲ

އިހަވަންދޫ ރަށުކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ރަށުފެންވަރުގައި ބާއްވާ 3 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތް ބާއްވާފިއެވެ. މި މުބާާރާތް ކުރިއަށް ދިޔައީ މާރޗް 15 ، 16 އަށް އިހަވަންދޫ މަދަރުސާގެ މަލްޓިޕާރޕަސް ހޯލް ގައެވެ. 


ޝަރަފްވެރި މެހުމާން ވާހަކަދައްކަވަނީ
މިމުބާރާތް ޝަރަފުވެރިކޮށްދެއްވީ އިހަވަންދޫ މަދަރުސާގެ ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލް އަބުދުލްވާޙިދު ދާއޫދު އެވެ. ދާއޫދުގެ ވާހަކަ ފުޅުގައި ރަށުގެ ވަރަށް ގިނަ ގުރުއާން މުބާރާތްތައް ބާއްވާއިރުވެސް ، އެމުބާރާތްތަކުގައި ދަރިވަރުން ކިޔަވަމުން ދާއިރު އެއްވެސް ކުރިއެރުމަށް ނުފެންނަކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެކަން އެހެން ދިމާއެވަނީ ދަރިވަރުންނަށް އެކަށީގެންވާ މިންވަރަށް ފަރިތަކުރެވިފައި ނުވާތީ އެވެ. 

މިމުބާރާތަކީ އަތޮޅުފެންވަރުގައި ބާއްވާ ޤުރުއާން މުބާރާތަށް ކުދިން ހޮވުމަށް ބާއްވާ މުބާރާތަކަށްވާތީވެ، އަތޮޅު މުބާރާތަށް ހޮވޭ ދަރިވަރުން އެކަށީގެންވާ ތަމްރީނު ދިނުމަށް ކައުންސިލް އިދާރާއަށް ޝަރަފުވެރި މެޙުމާން ގޮވާލައްވަމުން، އެބޭފުޅާގެ އޮފީހުން ވެދެވެންއޮތް އެހީތެރިކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. 

މުބާރާތުގެ ފަނޑިޔާރުން
މިމުބާރާތުގައި ބައިވެރިވެފައިވަނީ ތަދުރީސުލް ޤުރުއާން ކުލާހާއި(ރެޑް ސްޓާރ ކުލާސް) ހަދީޤަތުލް ޤުރުއާން ކުލާހާއި( އިރާމާގެ ށުކޫރާ ކުލާސް) އިހަވަންދޫ މަދަރުސާއިންނެވެ. މުބާރާތުގައި ބައިވެރިވެފައިވަނީ 45 ދަރިވަރުންނެވެ. މުބާރާތް ކުރިއަށް ދަނީ ޑިޖިޓަލްކޮށްނެވެ.

މިމުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ޢަބުދުﷲ ބައިވެރިވެފައި ވެއެވެ. އަހުމަދު ދާއިރާއަށް ވަޑައިގެން އުޅުއްވަނީ ދާއިރާގެ އެމްޑީޕީގެ ޒުވާނުން ސިޔާސީ ގޮތުން ހޭލުންތެރިކުރުވުމާއި ކެމްޕޭން ސްޓްރެޓެޖީތަކާއި ކެމްޕޭން އުކުޅުތައް ދަސްކޮށްދިނުމަށެވެ. މިދަތުގައި ކުރީގެ އެކިޔުކޭޝަން މިނިސްޓަރ ށިފާ މުހައްމަދާއި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދާއި ތޮއްޑޫ ދާއިރާގެ މެންބަރު އަލީވަހީދު ބައިވެރިވެއެވެ. 

ހޯރަފުއްޓާއި ތަކަން ، މާރަންދޫގެ މަންދޫބުން ހިމެނޭގޮތަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް އޮތީ އިހަވަންދޫ މަދަރުސާގެ އޯޑިއޯ ވިޝުއަލް ރޫމްގައެވެ.





Comments