Skip to main content

ކުރީގެ ރައީސް އިންޑިޔާ ހައިކޮމިޝަނުގައި ދިރުއުޅުއްވުން

ރައީސް ނަޝީދު އިންޑިޔާ ހައިކޮމިޝަނުގެ ހިމާޔަތުގައި
Maldives' ex-President Mohamed Nasheed remains in Indian Mission in Male for fourth day

ދިވެހިރާއްޖެއަށް މިހާރު ދިމާވެގެން މިއުޅެނީ މުޅިން އާ ކަމެކެވެ. މުޅީން އާ ސިޔާސީ ކަމެކެވެ. މީހެއްގެ ޚިލާޔަށް ވިސްނުމަށްވެސް ގެނެވިފައިނުވާ ކަމެވެ. ރައީސްކަން ކުރެއްވި ބޭފުޅަކު އަމިއްލަ ސަލާމަތަށް ކަމަށް ވިދާޅުވެ ހައި ކޮމިޝަނެއްގައި މިހާތަނަށް ދިރިއުޅުއްވަން ފައްޓަވާފައެއް ނެތެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑީޔާގެ ހައިކޮމިޝަންގައި ދިރިއުޅުއްވާތާ މިހާރު ހަފުތާއެއް ވަނީ އެވެ. ކަމުގެ ބޮޑުކަމުން މުޅި ދުނިޔޭގެ ނަޒަރުވަނީ ރާއްޖޭއާ ދިމާއަށް ހުއްޓިފައެވެ. 


ރައީސް ނަޝީދު އިންޑިޔާ އެއްބަސީއަށް ވަޑައިގެން އެތަނުގެ ހިމާޔަތް ހޯއްދެވީ ހުޅުމާލެ ކޯޓުން އެމަނިކުފާނާ ދެކޮޅަށް ކުރައްވާ ޝަރިޢަތަށް އެމަނިކުފާނުން ވަޑައިނުގަތުމުން ، ބަންދުގައި ބަހައްޓަައިގެން ޝަރީޢަތަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރު ނެރުމުންނެވެ. އެމަނިކުފާނުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި އަދި މުޅި އިންޑިޔާ ކަނޑުގެ ހަމަޖެހުމަށް ކަމަށް ވިދާޅު ވެއެވެ. އެހެންވެ ، އިންޑިޔާ ސަރުކާރުގެ ހިމާޔަތްދެއްވީ އެވެ. 

ކޮންމެގޮތެއް ވިޔަސް، ފެންނަ މަންޒަރާއި އިވޭއަޑުތަކަށް ވިސްނާލުމުން އިންޑިޔާ އާއި ރާއްޖޭގެ ޚާރިޖީގުޅުން ދަނީ ނުތަނަވަސް ވަމުންނެވެ. އިންޑިޔާއިން ދިވެހިންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުފޫޒުގެ ނަޒަރަކުން ބާރު ފޯރުވަމުން ދާކަމަށް ދިވެހި ސަރުކާރުގެ އޮފިޝަލުންގެ ވާހަކަތަކުން މޭރުން ކުރެވެއެވެ. 

ސިޔާސީ ތަޖުރިބާކާރުން ދެކޭގޮތުގައި، މިސަރުކާރުން ނަޝީދުގެ މައްޗަށް މިނިވަން މުސްތަގިއްލު ޕްރޮސެކިއުޓަރ ކުރައްވާ ދައުވާއަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެއެވެ. މިސަރުކާރަކީ ސީމެގުން ރާއްޖޭނެގި ސަރުކާރެވެ. ޖީއެމްއާރު އެގްރިމެންޓް އުވާލި ސަރުކާރެވެ. މިސަރުކާރަކީ ރާއްޖޭގެ ޑިމޮކްރަސީ ވެއްޓިފައިވަނިކޮށް ނެގެހެއްޓި ސަރުކާރެވެ.

އެހެންކަމުން ، ރިޔާސީ އިންތިޙާބުގެ ކުރިން ރައީސް ނަޝީދުގެ ޝަރިއަތް ނިންމައި ހުކުމް އިއްވާނެއެވެ. އިންޑިޔާއިން "އިންކުލޫސިވް" ނަޝީދުއަށް ބައިވެރިވެވޭ އިންތިޙާބެއް ބޭއްވުމަށް ކިތަންމެ، ޕްރެޝަރެއްކުރިއަަސް ވެސް މެއެވެ. 

ރައީސް ނަޝީދު އިންޑިޔާ ހައިކޮމިޝަންގައި ދިރިއުޅުއްވާނެ ކަމެއް ނެތެވެ. 

 

Comments