Skip to main content
އަވަހަށް ތަލަވާ ޒުވާނުންނަށް ފޯކުގެ ކެންސަރު ޖެހުން ގާތް


 އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުން މިހާރުވަނީ ތަލަވާން ފަށާފައެވެ. ތަލަވުމަކީ ވަރަށް ގިނަ ޒުވާނުން ކަންބޮޑުވާކަމެކެވެ. ދެރަވާކަމެކެވެ. ތަލަވާތީވެ ބަލީގެ ކުރީކޮޅު ބައެއް މީހުން ބޮޑު ޚަރަދުކޮށްގެން އިސްތަށި އިންދައިގެން އުޅެއެވެ. ތަލަވުމުގެ ނުތަވަސްކަމުގެ މައްޗަށް އިތުރު ހާސްކަމެއް ކުރިމަތިވީ އެވެ.

އުމުރުން 40 އަހަރަށް ދާއިރު ތަލަވާ  ޒުވާން ފިރިހެނުންނަށް އުރަވަޅީ ސެންސަރު (prostate cancer ) ޖެހުން ވަރަށް ގާތްކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.


ތަލަވަމުންދާ 10000 ޒުވާނުންގެ މެދުގައި ސައިންސްވެރިން، ތަލަވުމާއި ބެހޭގޮތުން ކުރި ދިރާސާގައި ފާހަގަކުރެވުނީ ތަލަވާ ޒުވާނުން އުމުރުގެ  މުސްކުޅި އުމުރަށް އެޅުމުން ޓިއުމަރުގެ ނުރައްކަލާ ކުރިމަތިލާން ޖެހިދާނެކަމަށެވެ.

މިނުރައްކަލާއެކު ތަލަވާވާ ޒުވާނުންނަށް އުރަވަޅީގެ ކެންސަރުވެސް ޖެހުންގާތްކަމަށް ، ރިސާރޗްގައި ބައިވެރިވި އޮސްޓްރޭލިޔާގައި ހަރަކާތްތެރިވި ޓީމްގެ މެންބަރުންނަށްވަނީ ފާހަގަކުރެވިފައެވެ.

މިކަމުގެސަބަބު އަދި އެހާ ސާފެއް ނޫނެވެ.  އެކަމަކު ކުރީގެ ދިރާސާއިން ދެއްކިގޮތުގައި ޓިއުމަރުގެ ނުރައްކާ ކުރިމަތިވަނީ ގިނައަދަދެއްގެ ޓެސްޓްރޯން ( ފިރިހެންވަންތަ ސިފަގެނެސްދޭ ހޯމޯންސް ) ސަބަބުން ކަމަށެވެ. ގިނަ އަދަދެއްގެ ޓެސްޓްރޯންގެ ސަބަބުން އިސްތަށިގޭ ބުޑަށް ނޭދެވޭ އަސަރުކުރެއެވެ. ނަތީޖާއެއްގެ ގޮތުން އިސްތަށިގަނޑު ދިގުވުން ލަސްވެއެވެ.

އިގިރޭސި ވިލާތުގައި ގާތްގަނޑަކަށް އަހަރަކު 32000 ޒުވާނުންނަށް އުރަވަޅީގެ ކެންސަރު ޖެހިފައިވެއެވެ. މިބަލީގައި އަހަރަކު 10000 ޒުވާނުން އެގައުމުގައި މަރުވެއެވެ.

އޮސްޓްރޭލިޔާގެ ވިކްޓޯރިޔާގެ ކެންސަރ ކައުންސިލްގެ ފަންނުވެރިން ، އުމުރުން 40 އަހަރާއި 60 އަހަރުގެ 9448  ޒުވާނުންނާއެކު ގިނަ ދުވަސްތަކެއް ވަންދެން ކުރި ޞިއްޙީ ދިރާސާގައި ބަލާފައިވަނީ ފުރާއުމުރުގައި ބޮލުން އިސްތަށި ފައިބާފައިވަނީ ކިހާވަރެއްތޯ އާއި 20 އަހަރާއި 40 އަހަރާއި ދެމެދު ތަލަވެފައިވާ މިންވަރެވެ. އަދި މިމީހުންގެ ތެރެއިން އުރަވަޅިގެ ކެންސަރ އުމުރުގެ 40 ގެ ފަހުން ޖެހިފައިވަނީ ކިތައް މީހުންނަށްތޯ އެވެ.

ނަތީޖާއިން ފެންނަނީ އުމުރުން 40 ހުގެ ކުރީކޮޅު ތަލަވެފައިވާ މީހުންނަށް އުރަވަޅީގެ ކެންސަރުގ ފުރަތަމަ ފިޔަވަހީގެ ތުރާތަކާއި ކުރިމަތިލާންޖެހި އުމުރުގެ ފަހުކޮޅު ބަލި ބޮޑުވެފައިވާކަމެވެ. އަދި އުރަވަޅީ ތަފާތު ބަލިތަކއި ކުރިމަތިލާން ޖެހިފައިވާކަމެވެ.






 

Comments