Skip to main content
އިހަވަންދޫ ގޯތި ދޫކުރުން


ގޯތިގެދޮރުގެ ދަތިކަމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އިޖުތިމާޢީ އަސާސީ އުފާތަކުން އިންސާނާ މަހުރޫމްކުރުވާ ކަމެކެވެ. އިޖުތިމާޢީ ، އާއިލީ މައްސަލަތައް ޖެހި، ދިރިއުޅުން ނުތަނަވަސް ކުރުވާކަމެވެ. މިމައްސަލަ ވަނީ އިހަވަންދޫގެ ބޯމަތީގައެވެ. ގޯތި ދޫކުރުމުގެ އިންތިޒާރުގައި ތިބި ޒުވާން އެތަކެއް ދެފިރިންނެއް އެބަތިއްބެވެ. ރަށުން ގޯތި ދޫނުކުރާތާ ވަރަށް ދުވަސް ވެއްޖެއެވެ. އެންެމެ ފަހުން ދޫކުރީ 40 ފޫޓް 40 ފޫޓްގެ ކުދިން ގޯތިތަކެކެވެ. އެގޭފަހުން އަދި ގޯޗެއް ދުލެއް ނުކުރެއެވެ. 


ގޯތި ދޫކުރަންފެނޭތޯ ނުފެނޭތޯ ބެލުމަށް ބައެއް ޒުވާނުންނާއި ކުލަބު ޖަމާއަތްތަކުގެ ބާރުވެރިން މިދިޔަ އަހަރު ކައުންސިލް އިދާރާއަށް ގެންގޮސް ، ސައުވޭއެއް ވަނީ ކައުންސިލުންކޮށްފައެވެ.

ގޯޗަށް އެދި ބައެއް ފަރާތްތަކުންވަނީ ކައުންސިލަށް ސިޓީ ބިޓީވެސް ބަދަލުކޮށްފައެވެ. ޖަވާބަކީ ގޯއްޗަށް އިޢުލާންކުރީމާ ސިޓީލާށެވެ. ތިޔަ ސިޓީ ލިބިއްޖެއެވެ.

މިތިބީ ތިޔަ ކުރާ އިޢުލާނުގެ އިންތިޒާރުގައެވެ. ދެންއަވަހަށް އިޢުލާންކުރާށެވެ. އިޢުލާންކުރާނީ ކޮންއިރަކުންތޯ އެވެ.

Comments