Skip to main content

ޖާބިރުގެ ކުރިމަތި ފަރާތަށް އަނިޔާވެއްޖެ

 

ފަޅު ރަށެއް ކަމަށްވާ ހދ. ހޮނޑައިދޫގައި ބަނގުރާ ބުއިމުގެ ތުހުމަތުގައި ހުކުރު ވިލޭރޭ ފަތިހު (16ނޮވެމްބަރ12)ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައްޔަރުކުރުމުގެ ތެރޭގައި އޭނާގެ ކުރިމަތިފަރާތަށް އަނިވެފައިވާ ކަމަށް ޖާބިރު އަނބިކަނބަލުން އަދި ހިއުމަން ރައިޓްސް މިނިސްޓަރު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ އިއްޔެ ވެސްޓް ޕާރކްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެކަމަނާ ވަނީ ޖާބިރަށް ކުރި ކަމަށް ބުނާ އަނިޔާތައް ވަރަށް އަސަރާ އެކު ސިފަކޮށްދެއްވާފަ އެވެ.  

ދިޔާނާ ވިދާޅުވީ ކޮން ބައެއްކަން ނޭނގޭ ބަޔަކު ފަހަތުން އައިސް ޖާބިރު ބަނޑުވަތަށް ބިންމައްޗަށް ވައްޓާލައި ފުރަގަހުން ބިޑިއަޅުވާފައިވާ ކަމަށެވެ. އަދި އެ އޮތްގޮތަށް ބާއްވައި، ދަމާފައި ރަށުގެ މެދަށް ގެންގޮސްފައިވާ ކަމަށާއި މެންދުރު ވާންދެން އެގޮތަށް ބަންޑުން ބާއްވާފައި އޮތް އިރު، ބޫޓުން އަނގަޔަށް ވެލި އަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެގޮތަށް ދަމާފައި ގެންދިޔުމުގެ ސަބަބުން ގައިގެ އެކިތަންތަނަށް ގެއްލުން ލިބުނު އިރު ޖާބިރުގެ ކުރިމަތި ފަރާތަށް ވެސް އަނިޔާވެފައިވާ ކަމަށް ދިޔާނާ ވިދާޅުވި އެވެ.

"ޖާބިރުގެ ކުރިމަތިފަރާތުން ލޭއަންނާތީ ޑޮކްޓަރަށް ދެއްކުމުން ބުނީ ކޮށްފައިވާ އަނިޔާތަކެއްގެ ސަބަބުން ލިބިފައިވާ ގެއްލުމެއް ކަމަށް...އަދި ޖާބިރު ނިދަން އޮންނަ އިރު، ތިމަންނަ މަރަނީއޭ ގޮވައި ހަޅޭއްލަވާ ހަދައި،" ލިބިފައިވާ ގެއްލުންތަކާ ބެހޭގޮތުން ޑޮކްޓަރު ދީފައިވާ ރިޕޯޓު ދުރުން ނޫސްވެރިންނަށް ދައްކަވާލައްވަމުން، ފެންކަޅިވެފައި ހުންނަވައިގެން ދިޔާނާ ވިދާޅުވި އެވެ.

Comments