އިހަވަންދޫ ޕޮލިސް ސްޓޭޝަން ހިންގުމާ ހަވާލުވެ ހުރި ބޭފުޅާ ބަދަލުކުރުމުގެ މަސައްކަތްތަކެއް ކުރިއަށް .......
މައްސަލަ: ހަލީޤުއްރަހުމާނު ބަންދުން ދޫކޮށްލުމުން އިސްތިޢުނާފުކޮށް 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހައި ، އޭނާ ހައްޔަރުކުރުން
ބަދުއަޚްލާޤީ
ކުށެއްގެ ތުހުމަތުގައި މިދިޔަ މަހު އިހަވަންދޫން ހައްޔަރުކުރި، ހއ. އިހަވަންދޫ ވަފާ ޤުރުއާން ކްލާހުގެ (
ކުލަބު ޕޯލް ސްޓަރ އިން ހިންގާ ) މުދައްރިސް، ޕާކިސްތާނުގެ އަލްޙާފިޒް ހަލީޤުއްރަހުމާން ގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ފުލުހުން
ހުށަހެޅުމުން، ތަޙްޤީޤު ނިމިފައިވާ ކަމަށް ބުނެ،
އެ ކޯޓުން އޭނާ ދޫކޮށްލާފައިވާތީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ މެދު ވަކިގޮތެއް ޝަރީޢަތުން ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ޖެހޭކަމަށް ބުނެ،
ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން
ޕްރޮސިކުއަޓާ ޖެނެރަލް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށް، 15 ދުވަހުގެ ބަންދުގެ މުއްދަތުޖަހައި އޭނާ
ހައްޔަރުކުރުމާގުޅިގެން، ސަރުކާރުގެ ނުފޫޒީފެންޖެހި ، ބާރުފޯރުވޭ ބައެއް
ފަރާތްތަކުން ހިތްހަމަނުޖެހިގެން، އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖަކަށް
ހުންނެވި ބޭފުޅާ ، އިންޗާޖުކަމުން ވަކިކޮށް ރަށުންވެސް ފޮނުވާލުމުގެ
ހަރަކާތްތަކެއް ، ސިޔާސީ އެތެރެގެ ތަކުގައި މަޝްވަރާކުރާކުރެވެމުން ދާކަމަށް
ރަށްގޮވާއަޑަށް އަޑު އިވިއްޖެއެވެ.
ހަލީޤުއްރަޙުމާން
ދޫކޮށްލުމަށް ދިއްދޫ ކޯޓުން ނިންމުމާއި ގުޅިގެން ، އެމައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅުމާއެކު ބައެއް
ފަރާތްތަކުން ފުލުހުންނާ ދިމާކުރަމުން ދިޔަކަމަށް އިހަވަންދޫ ޕޮލިސް ސްޓޭޝަނުގައި
އުޅޭ ޕޮލިސް ކުއްޖަކު ބުންޏެވެ. އަދި ހަރުސިޔާސީ މީހަކު މިނީޓީގައި ފުލުހަކަށް
ދިމާކުރަނިކޮށް ރަށްގޮވާއަޑަށް އަޑު އިވުނެވެ.
އެމްޑީޕީ
ސަރުކާރުގައިވެސް ސިޔާސީ މީހުންހިންގާ ރާއްވާ ހަރަކާތްތަކަށް ފުލުހުންގެ ސަޕޯޓްސް
ނުލިބިގެން އެއިރު އިހަވަންދޫ ޕޮލިސް ސްޓޭޝަން އިންޗާޖަށް ހުރި ބޭފުޅާވެސް ވަނީ
ވަކިކޮށް އެހެން ރަށަކަށް ބަދަލުކޮށްފައެވެ.
Comments