ކަނބޯރަނިން ނާއި ކޮހޮރަތު ކަމަނާގެ ހަނދާނުގައި
ބަގާވާތަކުން
ވައްޓާލި ކަމަށްބުނާ މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިހަވަންދޫގެ ބަދަރު އޮތީ ބަދަރު
މައްޗެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައެވެ. ބަނދަރުމައްޗެއްގެ
ކޮންސެޕްޓްއަކީ ކޮންގޮތަކަށް ފަރުމާވެފައިވާ އެއްޗެއްކަމެއް ގިނަ ރައްޔިތުންނަކަށް
ނޭނގެއެވެ. އިހަވަންދޫ އަކީ މަސްވެރި ރަށެކެވެ. ދިރިއުޅުން ބަރޯސާވެފައިވަނީ
މަސްވެރިކަމުގެ މައްޗަށެވެ. ކުރިން ރައްޔިތުން ބަންނަމުން އައި ބޮޑެތި އޮޑި ދޯނި ފަހަރު
ދުނިޔޭގެ ސުންނަތާއެއްގޮތަށް މިހާރު ކުޑަ އެބަވެއެވެ. އުސް ބޮޑެތި ދޯނި ފަހަރު
މަދުވަނީ އެވެ. އެއްގަމު ތޮށި އުސްވީއެވެ. ބަނދަރު ބޭނުން ކުރަން ދަތިވީއެވ.ެ
އަރާފައިބަން އުނދަގޫވީ އެވެ. މިއީ ރަށުގެ ރައްޔިތުންގެ ވަރަށްބޮޑު ޝަކުވާއެކެވެ.
މި ޝަކުވާ
ރަށުގެ މާލަންތަކުގައި ކުރެވެމުންދާތީ، ރަށުގެ ކަމުވޮށިގެން މޮށިއުޅޭ ބޭފުޅުންނާ ފޮށިގަތީ
މެވެ. ބަސްދީގަނެވުނު ގިނަ އިއްޒަތްތެރިންނާއި ކަމުވޮށިގެންވާ މީހުންންނާއި ،
ކަންތައްތައްތަކުގައި ގޮތްނިންމަވާ ބޭފުޅުންނާއި ބޭކަނބަލުން ވިދާޅުވީ ފަޅުގެ
އެއްގަމު ތޮށި އާދަޔާ ޚިލާފަށް އުސްކުރީ، ވާރޭ ވެހޭ މޫސުމުގައި ރަށަށް ވެހޭ ވާރެ،
ސާލު ހެދިގެންގޮސް މުދަށް އެޅޭތީ އެވެ. އެހެންވެ، ބަނދަރުގެ އެއްކަމު ދޮށި އުސްކުރީ
އެވެ. އަދި މީގެ އިތުރުން ސުނާމީގައި ރާޅު ބޮޑުވާއިރު ރަށް ރައްކާތެރިކުރުމަކީ
ވެސް ވާޓަރު އުސްކުރުމުގެ ސަބަބެއް ކަމަށް އެވެރިން ބުންޏެވެ.
ބަނދަރުމަތި
ތަރައްގީ ކުރުމުގެ ޕްރޮގްރާމުގެ މައިގަނޑު މަގުޟަދަކީ ބަނދަރު ދެމެހެއްޓެނިވި ގޮތުގައި ބޭނުން
ކުރެވޭނެ ނިޒާމެއް ގާއިމްކުރުމެވެ. ބަނދަރު މައްޗަށް ބަރޯސާވާ އިގުތިޟާދީ ނިޒާމެއް
ރަށު އަދި ސަރަހައްދީ ފެންވަރުގައި ގާއިމްކުރުމެވެ. ރަށު އަދި ސަރަހައްދީ
ފެންވަރުގައި ކުދި ، މެދުފަންތީގެ އަދި ވަރުހެސަ ވިޔަފާރި ތަރައްގީކޮށް
ބަދަހިކުރުން ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން މެދުފަންތީގެ އާގުބޯޓް ފަހަރުވެސް
ސަރަހައްދީގެ ބަނދަރުތަކުގެ އިޒުނަ ލިބިގެން އިހަވަންދޫ ބަދަރަށްވެސް
ވަންނާނެއެވެ. ރަށުގެ އެއްގަމު ތޮށި އުސްވީ މިސަބަބަށްޓަކާ ކަމަށްވުމީވެސް
ދުރުކަމެއް ނޫނެވެ. ދެން ކުރެވޭނެ ކަމެއް ނެތެވެ. އެޚިޔާލީ ހުވަފެންތައް
ބިލާހަކަށްވެއްޖެއެވެ.
ދާދި މިދާކަށް
ދުވަހު 7 ފެބްރުއަރީގައި އުފެދުނު ސަރުކާރުގެ މަސްވެރިކަމާއި ދަނޑުވެރިކަމާއި ބެހޭ
ވަޒީރު މިރަށަށް ވަޑައިގެންނެވިއެވެ. 29 ޖޫން 2012 ގައެވެ. ރަށު މަދަރުސާގެ ދަޢުވަތަކަށެވެ.
އެމަނިކުފާނުން ވަޑައިގެންނެވުމުގެ ކުރިން ރަށުގެ މަސްވެރިންނާއި
ބައްދަލުކޮށްލަންބޭފުޅުވާ ކަމާއި އެކަން އިންތިޒާމްކޮށްދިނުމަށް ރަށު ކައުންސިލްގެ
ރައީސް މުހައްމަދު އަރިހުގައި ސީދާ އެމަނިކުފާނުން އެދުނެވެ. ނަމަވެސް އެމަނިކުފާނަށް
އެކަމެއް ރަށުކައުންސިލުން އިންތިޒާމްކޮށެއް ނުދެއްވިއެވެ. ކައުންސިލްގެ 4
މެންބަރުންނަކީ އެމްޑީޕީގެ ޓިކެޓްގައި ހޮވިފައިވާ މެންބަރުންނެވެ. ޑީއާރުޕީގެ އެއް
މެންބަރެވެ. ހިތާމަޔާއެކު ރަށުގެ ރައްޔިތުންނާއި ކިޔަވާކުދިން ފާހަގަ ކުރަނީ ،
ކިޔަވާކުދިންނަށް އަހަރެއްގައި އަންނަ އެންމެ އުފާވެރި އީދުގައި އެމްޑީޕީއަށް
ނިސްބަތްވާ 4 ކައުންސިލަރުން ބައިވެރިވެ ވަޑައިނުގެންނެވީ ކީއްވެތޯ އެވެ؟ މި
ސުވާލެވެ! މިސުވާލުގެ ޖަވާބުގައި އެބޭފުޅުންގެ ރައީސްގެ ވިދާޅުވީ ، އެބޭފުޅާ
ޖަލްސާއަށް ވަޑައިނުގެންެނެވީ އެބޭފުޅާއަށް މަދަރުސާއިން އެރުވި ދައުވަތުގައި ، "މުހައްމަދު
އަބުދުއްޟަމަދު / ކޮމާކޯޅި" މިހެން އޮތީމައެވެ. "އިހަވަންދޫ
ކައުންސިލްގެ ރައީސް އަލްފާޞިލް މުހައްމަދު އަބުދުއްޟަމަދު / ކޮމާކޯޅި"
މިހެންނެތީމައެވެ. އާއްމު ރައްޔިތެއްގެ ހައިޟިއްޔަތުން ދައުވަތު ދެއްވީމާ
ވަޑައިގެންނެވެން ނެތީ އެވެ.
ޙަގީގަތަކީ
އެއީ އެއް ނޫނެވެ. އެބޭފުޅުންގެ މަގާމު ގެއްލިދާނެތީ ވަޑައިނުގެންނެވީ އެވެ. މިސަރުކާރުގެ
އެއްވެސް މިނިސްޓަރެއް ބައިވެރިވެ ވަޑައިގަންނަވާ އެއްވެސް ޖަލްސާއެއްގައި
ބައިވެރިވެ ، އެއްބާރުލުންދީ ހާޒިރީ
ވުމަކީ އެބޭފުޅުންގެ ޞަމީރު ގަބޫލުކުރާކަމެއް ނޫނޯލައެވެ. މިއޮތް ސަރުކާރު
ގަބޫލުނުކޮށް ސަރުކާރަށާއި ދައުލަތަށް އެއްބާރުލުން ނުދީ، ދައުލަތުގެ މުސާރަ
ބޭނުން ކުރައްވަން ޞަމީރާއި ޒަމީރު ގަބޫލުވީއެވެ.
މައުލޫއަކީ
މިއެއްނޫނެވެ. ދެންވެސް އެއްގަމުތޮށިން މެކޭރަޙުމެއްގެ ތަބީޢަތެއް އުފެއްދޭނީ ތިބި
އިސްބަޔަކާ ގުޅި މޮށިގެންނެވެ. ބަނދަރުމައްޗާއި މަސްކަޑަޔާއި ފާލަމާއި ދުވާރު އަދި
ކުދި މެދު ފަންތީގެ ވިޔަފާރި ބަނދަރެއްގެ ކުލަޖެއްސޭނީ އޭރުންނެވެ.
ކައުންސިލަރުންނަކީ ޕާޓީގެ ޕްރޮމޯޓްކުރާ ބަޔަކަށްވެގެންނުވާނެއެވެ.
ކައުންސިލަރުންގެ ވާޖިބަޔަކަށް ވާންވާނީ ރައްޔިތުންނާއި ގާތުން ރައްޔިތުންނަށް
ޚިދުމަތްތައް ފޯރުކޮށްދީ ރަށްތަރައްގީ ކުރުމެވެ. ރައްޔިތުންނަށް ދިމާވެފައިވާ
ދަތިތައް ފަސޭހަކޮށްދިނުމެވެ. ރައްޔިތުންގެ ޝިކާޔަތުގެ އަޑު ސަރުކާރަށް
ފޯރުކޮށްދިނުމެވެ. ރައްޔިތުންގެ މިޝިކާޔަތަށް ޝިފާއެއް ލިބޭނީ
ސަރުކާރާގުޅިގެންނެވެ. ސަރުކާރުގެ އިސްވެރިންނާއި ވާހަކަދައްކައިގެންނެވެ. އެތައް
ރައްޔިތުންގެ މަސްލަހަތަށްވުރެން ޕާޓީ ކުރިއަށް ނެރެގެން ރަށެއް ތަރައްގީއެއް
ނުކުރެވޭނެއެވެ.
އެއްގަމު
ތޮށިން މިހާރު ހަދަމުންދާ ބައިވެސް ކޮންމެވެސް ވަރަކަށް ތިރިކުރެވޭތޯ
މަސައްކަތްތަކެއް ކުރަންޖެހެއެވެ. މިކަންކުރެވޭނީ ހައުސިން މިނިސްޓަރ ނުވަތަ
ފިޝަރީޒް މިނިސްޓަރާ ވާހަކަފުޅުދައްކަވައިގެންނެވެ. އެހެންނޫނީ އިހަވަންދޫގެ
ބަނދަރު ބޭނުންކުރުމަށް އެސްއެސް ހަރުގަނޑުތަކެއް
ބޭނުން ކުރަންޖެހިދާނެއެވެ.
Comments