މުހައްމަދު ޢަބުދުއްޞަމަދު ޤާސިމް
އިހަވަންދޫ އަށް ރައީސް ވަހީދު 2009 ވަނަ އަހަރު ވަޑައިގެން އެމަނކިފާނަށް މަރުހަބާ ދެންނެވި ފަރާތްތައްކާ ސަލާމްކުރައްވަ ރަށްގޮވާ އަޑު ފައިލް ފޮޓޯ | ރ |
ރައީސް ޑރ.
މުޙަންމަދު ވަޙީދު ހއ.ގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް
މިއަދު މެންދުރުފަހު ފަށްޓަވައިފިއެވެ.
ރައީސް ވަހީދުގެ
މިދަތުރުފުޅުގައި އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެކަމަށާއި
އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ
ހޯރަފުއްޓަށްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މިއީ ވެރިކަމަށް ވަޑައިގެންނެވިފަހުން ރައީސް ވަހީދު ހއ. އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ރަށްގޮވާއަޑަށް އަށް ވަރަށް އިތުބާރުހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ވަހީދު ހއ. އަށް ކުރައްވާ މިދަތުރުފުޅުގައި ހުންނަވާނީ ހދ. ހަނިމާދޫ ސިފައިންގެ މަރުކަޒުގައެވެ. އަދި ހއ.ގެ ރަށްތަކަށް އެމަނިކުފާނު ވަޑައިގަންނަވާނީ ސީދާ ހަނިމާދޫއިންނެވެ.

ރައީސް ޑރ. މުހައްމަދު ވަޙިދު އިހަވަންދޫ އަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ، ހުކުރު ދުވަހުގެ މެންދުރު ފަހު 2:30 އެހާއިރު އެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންނާއި މުޚާތަބުކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ. ރައްޔިތުންނާއި ބައްދަލުކުރެއްވުން އޮތީ އިހަވަންދޫ މަދަރުސާގައެވެ. ރަށުތެރެ ޒީނަތްތެރިކުރުމަށް ރަށުކައުން ސިލުން އެއްވެސް އެއްބާރުލުމެއް ނުދޭވާހަކަ ވެސް މިހާރު ރަށުތެރޭގައި އެބަދެކެވެއެވެ. ކައުންސިލް އިދާރާގައި ހުރި ދިދަތައްވެސް ދުނުކުރި ވާހަކަ ދެކެވެއެވެ.
ރައީސް. ޑރ. ވަހީދު އެންމެ ފަހުން އިހަވަންދޫ އަށް ވަޑައިގެންފައިވަނީ އެމަނކިފާނުން ރައިބު ރައީސް ކަމުގައި ހުންނެވިއިރު 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. މިދަތުރުގައި އެމަނކިފާނަށް ރަށުކައުންސިލުން ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. އަދި ރަށުގެ ކުޑަކުދިންގެ ޕާކް ތަރައްގީ ކުރުމަށް އެހީވާނެކަމަށްވެސް އެދަތުރުފުޅުގައި އެމަނިކުފާނު ވިދާޅުވިއެވެ.
.
Comments