ޕާސްވޯޑަކީ އަހަރެމެން
ކޮންމެދުވަހުކަހަލަ ގޮތަކަށް ބޭނުންކުރާ އެއްޗެކެވެ. ފޭސްބުކްއާއި އީމެއިލް އަދި އޮންލައިން ބޭންކިންގް ، އީބޭ ފަދަ ސައިޓްތަކަކީ އެ ސައިޓްތަކަށް
ލޮގިންވުމަށް (ވަނުމަށް) ޕާސްވޯޑް ކިޔާ
ތަޅުދަނޑިއެއް
ބޭނުންވާ ސައިޓްތަކެކެވެ. އެންމެ ބަރާބަރު ޕާސްވޯޑްތަކަކީ އެ ޕާސްވޯޑް ތިމާ ނޫން އެހެން އިންސާނަކަށް
ނޭނގޭ އަދި ދިމާކުރަންވެސް ނޭނގޭ
ގޮތުގެމަތިން
ހަދާފައިވާ ހަނދާންނުނެތޭ ވަރުގަދަ ޕާސްވޯޑްތަކެވެ.
އެންމެ އާންމު 500 ޕާސްވޯޑް
މަތީގައިވާ ޓެގްކްލައުޑް (ބަސްވިލާގަނޑުން) އެންމެ ކުލަގަދަކޮށް ސައިޒް ބޮޑުކޮށް އެފެންނަނީ އެންމެ އާއްމު ދެ ޕާސްވޯޑް ކަމުގައިވާ password އާއި 123456 އެވެ. ޕާސްވޯޑް ހޯދުމަށް މަސައްކަތް ކުރާމީހުން އެންމެ ފުރަތަމަ ބަލާނީ މި އާއްމު ޕާސްވޯޑްތައް ބޭނުންކޮށްގެން ޕާސްވޯޑް (ތަޅު) ހުޅުވޭތޯއެވެ. ޕާސްވޯޑް ދިމާކޮށްގެން
ތިޔަބޭފުޅާ މިހާރުގެންގުޅުއްވާ ޕާސްވޯޑްތަކުގެ ވަރުގަދަކަން ބައްލަވާނެގޮތް
ޕާސްވޯޑްގެ ވަރުގަދަކަން ބެއްލެވުމަށް މިސައިޓަށް (http://howsecureismypassword.net/) ޒިޔާރަތް ކޮށްލައްވާށެވެ. އެއަށްފަހު ސައިޓުގައިވާ ހުސްގޮޅީގައި ތިޔަބޭފުޅާގެ ޕާސްވޯޑް ޖައްސަވާށެވެ. މިސައިޓު މަސައްކަތް ކުރަނީ ޖާވާ ސްކްރިޕްޓް ބޭނުންކޮށްނެވެ. އަދި ތިޔަބޭފުޅާގެ ޖައްސަވާ އެއްވެސް މައުލޫމާތެއް މިސައިޓު ހިންގާ ފަރާތްތަކަކަށް ނޭނގޭނެއެވެ. އެއީ ޕާސްވޯޑުގެ ވަރުގަދަކަން ބެލުމުގެ މަސައްކަތް ކުރަނީ ސައިޓުގައިވާ ޖާވާ ސްކްރިޕްޓުންކަމަށްވާތީއެވެ. ޖާވާ ސްކްރިޕްޓްގެ މަސައްކަތް ކުރަނީ ތިޔަބޭފުޅާގެ ކޮމްޕިޔުޓަރެވެ. މިހެންކަމުން މިސައިޓަކީ އިތުބާރުކުރެވޭ އަދި އިތުބާރުކަމަށް ވަރަށްގިނަ ޓެކްނޮލޮޖޫ ބްލޮގްތަކުން ޔަޤީންކޮށްދީފައިވާ ސައިޓެކެވެ. މީގެތެރޭގައި ލައިފްހެކަރ (http://lifehacker.com) ހިމެނެއެވެ.
މަތީގައި ޓައިޕްކޮށްފައިއެވަނީ
އަޅުގަނޑުގެ ޖީމެއިލް ޕާސްވޯޑެވެ. މި
ޕާސްވޯޑުގެ
ވަރުގަދަކަން ބަޔާންކުރުމަށްޓަކައި މިސައިޓްގައިވާ ޖަނަރޭޓަރުން ބުނާގޮތުން 25 ބިލިއަން އަހަރުން ނޫނީ
މިޕާސްވޯޑް ފުނޑުފުނޑެއް
ނުކޮށްލެވޭނެއެވެ.
މިހެންކަމުން މިއީ ވަރަށް ވަރުގަދަ ޕާސްވޯޑެކެވެ. ވަރުދެރަ ޕާސްވޯޑްތައް އާދައިގެ ކޮމްޕިޔުޓަރަކުން ހެކްކުރުމަށް ނަގާވަގުތާއި ވަރުގަދަ ޕާސްވޯޑްތައް
ހެކްކުރުމަށް ނަގާވަގުތު ވަރަށް
ތަފާތެވެ.
ވަރުގަދަ ޕާސްވޯޑެއް ހަދާނެގޮތް
ވަރުގަދަ ޕާސްވޯޑެއްގައި:
- އެންމެ މަދުވެގެން 8 ކެރެކްޓަރސް / އަކުރު ހިމެނެންވާނެއެވެ.
- ޔޫޒަރނޭމް ، އަމިއްލަނަން، ކުންފުނީގެނަން، ފޯންނަންބރު ފަދަ އާއްމު މައުލޫމާތެއް ނުހިމެނޭނެއެވެ.
- ފުރިހަމަ އެއް ބަސް އިންގޮތަށް ނުހިމެނޭނެއެވެ.
- ކުރިން ގެންގުޅެފައިވާ ޕާސްވޯޑްތަކާއި އެއްވެސް ގުޅުމެއް ނުހުންނާނެއެވެ.
- ތިރީގައިވާ ކެޓެގަރީތަކުގައިވާ ތަކެތި ހިމެނެން ވާނެއެވެ :
ޓައިޕްކުރާ
ކެރެކްޓަރ ކެޓަގަރީ
|
މިސާލުތައް
|
Uppercase letters (އިނގިރޭސި
ބޮޑު އަކުރު)
|
A, B, C
|
Lowercase letters (އިނގިރޭސި
ކުދި އަކުރު)
|
a, b, c
|
Numbers (ނަންބަރު)
|
0, 1, 2, 3, 4, 5, 6, 7, 8, 9
|
Symbols found on the keyboard (ކީބޯޑުން
ޓައިޕްކުރެވޭ ސިމްބޮލްސް ނުވަތަ ކުރެހުންތައް)
|
~ ! @ # $ % ^ & * ( ) _ - + = { } [ ] \ | : ; " '
< > , . ? /
|
މަތީގައިވާ ކެރެކްޓަރތައް ހިމެނުނުނަމަވެސް ޕާސްވޯޑަކީ ވަރުދެރަ ޕާސްވޯޑަކަށް ވެދާނެއެވެ. މިސާލަކަށް Hello2U! މި ޕާސްވޯޑް ދެރަ ޕާސްވޯޑަކަށް ވަނީ އިނގިރޭސި ބަހެއް އޮތީމައެވެ. ނަމަވެސް މި ޕާސްވޯޑް ވަރުގަދަކުރުމަށް H3ll0 2 U! އަށް ބަދަލުކޮށްލެވިދާނެއެވެ. އެއީ އިނގިރޭސިބަހުގެ ބައެއް އަކުރުތައް ނަންބަރުތަކަށް ބަދަލުކޮށްލާ ހުސްޖާގަ ހިމަނައިފައިވާތީއެވެ. ހުސްޖާގައަކީ (ސްޕޭސް) އަކީ ހެކަރުންނަށް ޕާސްވޯޑް މުގުރާލުމުގައި ވަރަށް އުނދަގޫކުރުވާ އެއްޗެއްކަމަށް ހެކަރުން ބުނާކަމަށް ވަރަށްގިނަ ސެކިއުރިޓީ ސައިޓްތަކުގައިވެއެވެ.
ވަރުގަދަ ޕާސްވޯޑެއް ހަނދާން ބެހެއްޓިދާނެގޮތްގޮތް:
- ހަނދާންކުރަން ފަސޭހަ ބަހެއްނުވަތަ ޖުމްލައެއްގައި ހިމެނޭ ބައެއް އަކުރުތައް ހިސާބުނަންބަރުތަކަށާއި ސިމްބަލްތަކަށް ބަދަލުކޮށްލުން! މިސާލު My Son's Birthday is 12 December 2004 ބަދަލުކޮށްލާނީ Msbi12/Dec,4 އަށެވެ.
- ޕާސްވޯޑް ހަނދާންނުނެތޭވަރަށް ހިތުދަސްކުރުން (ޕާސްވޮޑް ގިނައިން ޓައިޕްކުރާވަރަކަށް ޕާސްވޯޑް ހަނދާނުގައި ބެހެއްޓޭނެއެވެ.)
- ޕާސްވޯޑް އެއްޗެއްގައި ލިޔަންބޭނުންނަމަ އޭގައި އެލިޔެފައިވާ އެއްޗަކީ ޕާސްވޯޑްކަމުގައި ނުލިޔުން
ވަރުގަދަ
ޕާސްވޯޑްގެ މިސާލުތަކެއް:
- I34tcarr0ts:
- #adamS@ndler
- BL7$40$23+4/*~!
ޕާސްވޯޑް ގެންގުޅުމުގައި ސަމާލުވާންވީ ކަންތައްތައް:
1. ކޮންމެ 6 މަހަކުން ޕާސްވޯޑް
ބަދަލުކުރުން
2. އެއްވެސް ތަނެއްގައި ޕާސްވޯޑް ނުލިޔުން
3. ޕާސްވޯޑް އެއްވެސް މީހެއްގާތު ނުބުނުން
މީގެތެރޭގައި
އާއިލާއާއި ރައްޓެހިންވެސް ހިމެނެއެވެ. ޕާސްވޯޑަކީ
ޖަންގިޔަލެއްކަހަލައެއްޗެކެވެ. އެހެންމީހަކު ތިމާގެ ޖަންގިޔާލާން ނުދޭށޭ ބުނާ އަޑުއަހަމުތޯއެވެ؟
4. ހުރިހާ އޮންލައިން އެކައުންޓްތަކަށް
އެއް ޕާސްވޯޑެއް ބޭނުން ނުކުރާށެވެ.
ހުރިހާ
ސައިޓްތަކަށް އެއްޕާސްވޯޑެއް ބޫނުންކުރުމަކީ ހުރިހާ ތަޅުތަކެއް ހުޅުވުމަށް އެއް ތަޅުދަނޑިއެއް ބޭނުންކުރުންފަދަކަމެކެވެ. އެއް ޕާސްވޯޑްއެނގޭއިރަށް އެހެން ހުރިހާ އެއްޗެއްގެ ޕާސްވޯޑް އެނގިގެން
ހިނގާދާނެތީއެވެ.
5. ކައިރީގައި މީހަކު ޕާސްވޯޑް ޓައިޕްކުރާތަން ބަލަންހުއްޓާ ޕާސްވޯޑް ނުޖަހާށެވެ.
ޕާސްވޯޑް
ޓައިޕްކުރަނީ ވަރަށް ލަސްލަހުން ފަހަރަކު
އަކުރެއް
ހޯދަމުން ކަމަށްވާނަމަ ކައިރީގައިހުންނަމީހާއަށް ޕާސްވޯޑް ހޯދައިގަތުމަކީ ވަރަށް ފަސޭހަކަމަކަށް ވާނެއެވެ.
6. ޕާސްވޯޑް އީމެއިލްގެ ޒަރިއްޔާއިން
ނުފޮނުވާށެވެ.
ބައެއް
ހެކަރުން ޕާސްވޯޑްހޯދުމަށް ސްޕޭމް
މެސެޖްފޮނުވާ
ހަދައެވެ. އަދި ތިމާއަށް ބޮޑު ލާރިގަނޑެއްފަދަ އެއްޗެއް ލިބުނުކަމަށް ބުނެ ލާރިގަނޑު ހޯދުމަށް ނަމާއި އެޑްރެހާއި ޕާސްވޯޑްފަދަ ތަކެތި ޖަހާ މެސެޖް ފޮނުވުމަށް
ބުނެފާނެއެވެ. މިފަދަ މެސެޖްތަކަށް
އަޅާނުލާށެވެ.
7. ޕާސްވޯޑް ހެކްކޮށްފިހެން ހީވާނަމަ
ވަގުތުން ޕާސްވޯޑް އެންމެ ވަގުތުކޮޅެއްވެސް ބޭކާރުކޮށްނުލާ ބަދަލުކުރާށެވެ.
8. ވެބް ބްރައުޒާތަކުގައިވާ ޕާސްވޯޑް
ހަނދާންކޮށް ޕްރޮގްރާމްގައި
ބަހައްޓަން އަހައިފިނަމަ ކެންސަލްކޮށްލާށެވެ. ނުވަތަ މާސްޓަރ ޕާސްވޯޑެއް ސެޓްކޮށް މިކަންކުރައްވާށެވެ.
9. އެހެންމީހެއްގެ ކޮމްޕިޔުޓަރުގައި ޕާސްވޯޑްނުޖަހާށެވެ. މިސާލަކަށް :
އޮންލައިން ބޭންކިންގ ކުރައްވާނަމަ
އެހެންމީހަކު
ޕާސްވޯޑް ކޮޅާލައި ލާރިކޮޅު ފޭރިގެންފާނެއެވެ.
10. ފޭސްބުކް ، ޖީމެއިލްފަދަ އެސްއެމްއެސް ބޭނުންކުރާ ޚިދުމަތްތަކުގައިވާ
ލޮގިންކުރެއްވުމަށް އެސްއެމްއެސްގައިވާ
ކޯޑުޖަހައިގެން
ވަދެވޭ ފަދަ ހިދުމަތްތައް ބޭނުންކުރައްވާށެވެ.
މިގޮތަށް ކަންތައްކުރެއްވުމުން ކޮންމެ ކޮމްޕިޔުޓަރަކުން
ވަނަސް އަދި އެހެންމީހަކަށް ޕާސްވޯޑް އެނގުނަސް ތިމާގެ ފޯނަށް ފޭސްބުން ނުވަތަ
ޖީމެއިލުން ފޮނުވާފައިވާ އެސްއެމްއެސްގައިވާ ކޯޑު ޖެހުމުން ނޫނީ ލޮގިން
ނުކުރެވޭނެއެވެ.
Comments