ރާއްޖޭގެ މޫނުމަތި ރީތިކުރުމަށް ޙަވާލުކުރެވުނު އެމެރިކާގެ 'ރުޑަރ ފިން' އަގުރު އަންދާ ޓިނުގަނޑެއްގެ ދަށުވެފައި: ލަންޑަންގެ ދަ ބިއުރޯ އޮފް އިންވެސްޓިގޭޓިވް ޖާނަލިޒަމް
ޑރ.ސައުދު
ރާއްޖޭގެ މޫނުމަތި ރީތި ކުރުމަށްޓަކައި ޙަވާލުކުރެވުނު، ޔަހޫދީ ޕީއާރު ކުންފުނި، ރުޑަރ އެންޑް ފިންގެ ސީއީއޯ، ޑޭވިޑް ފިން އޭޖޭސީ ނުވަތަ ގްލޯބަލް ޖުވިޝް އެޑްވޮކަސީ ވެބްސައިޓްގައި ޖަޒުބާތާއިއެކު ލިޔުއްވާފައިވެއެވެ. "ޔަހޫދީ އާއިލާއެއް ކަމަށް ވުމުން އަހަރެންގެ އާޢިލާއިން ގަދައަޅަނީ އުގެނުމަށާއި ސުލޫކީ އަޚުލާގުގައި ހިފެހެއްޓުމަށެވެ. ކުޑައިރު އަހަރެން ކަން ބޮޑުވިއެވެ. އެއީ ބައްޕަ އަހަރެމެންގެ އާޢިލީ ނަން ބަދަލުކުރުމަށް ނިންމުމުން މި އަގުހުރި ޔަހޫދީ ތަރިކަ ގެއްލިދާނެކަމަށެވެ. އަހަރެންގެ ބައްޕަޔަކީ ލިޔުންތެރިއެކެވެ. އެހެންވެ ބައްޕަގެ ގަލަމުގެ ނަމެއްކަމުގައި 'ޖޮނަތަން ފިން' ޚިޔާރުކުރުމާއިއެކު އަހަރެމެންގެ އާޢިލީ ނަންވެސް ފިންކެލްސްޓެއިން އިން ފިން އަށް ބަދަލުކޮށްލިއެވެ." އަދިވެސް ލިޔުއްވާފައި ވެއެވެ.
"...އަހަރެންގެ ގޮތަކީ ޙަޔާތުގައި އިސްކަން ދޭންވީ ކަންތައްތައް ދަނެގަތުމުގައި ވަކީން ގަދަޔަށް ޔަހޫދީ ދީނުގެ އުޞޫލުތަކުގައި ހިފުމެވެ. އަހަރެންގެ ބޮޑުބޭބެ، ލުއިސް ފިންކެލްސްޓެއިން، ޔަހޫދީ ދީނީ މަދަރުސާ (ޖުވިޝް ތިއޮލޮޖިކަލް ސެމިނަރީ) ގެ ކުރީގެ ޗާންސެލަރގެ ކިބައިން އަހަރެން ލިބިގަތް ޔަހޫދީ އާދަކާދައާއި ސުލޫކީ މިންގަނޑުތަކާ އަޅާ ބަލާލުމުން މިބަހުގެ ތެދުކަން އެގޭނެއެވެ. މިސާލަކަށް ވިޔަފާރީގެ ނިންމުންތައް ސުލޫކީ ބުރަދަނުން ކިރާލުމުން ނުކުންނާނެ ނަތީޖާ ދެނެގަތުމަށްޓަކައި އަހަރެމެންގެ ޕަބްލިކް ރިލޭޝަންސް ފާމްގެ ސުލޫކީ ކޮމިޓީއިން އަހަރެމެންގެ ވިސްނުމަށް މަގު ދެއްކުމަށްޓަކައި ޢިލްމީ އިރުޝާދު ހޯދައެވެ." ނިންމާލަމުން އޭނާ ލިޔުއްވާފައިވެއެވެ. "އަހަރެން އަހަރެންގެ އަންހެނުންނާއި ކައިވެނިކޮށްގެން އުޅޭތާ 48 އަހަރު ވެއްޖެއެވެ. އަހަރެންގެ ކާފަދަރީންނަށް އެގުމަށް އަހަރެން ބޭނުންވަނީ، އަހަރެމެން ދެމަފިރިންގެ ކައިވެނީގެ ޙަޔާތް މިހާ ފުރިހަމަ މިވީ އަހަރެމެންނަކީ ޔަހޫދީ އުއްމަތުގެ އެއްބައި ކަމުގައި ދެމިތިބުމަށް ވިސްނީތީކަމެވެ. ޢަޒުމާއެކު އަހަރެމެންގެ އުއްމީދަކީ އަހަރެމެން ފަހަތުން ހިނގާ މީހުންނަށް – އެއީ އުފެދުމުގެ ގޮތުންވިޔަސް އަދި އިޚުތިޔާރުކުރި ގޮތުންކަމުގައި ވިޔަސް - މިބުނި "ޔަހޫދީ ބިންވަޅު ނެގުމަކުން ބިންވަޅު ނެގިގެންވުމުގެ ފޮނިކަން" އެމީހުންގެ ދަރީންނާއި ޙިއްޞާކުރަން ލިބޭނެކަމެވެ."
ޔަހޫދީންގެ މަޞްލަޙަތު ދުނިޔޭގައި ދިފާޢުކޮށް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވާ ޑޭވިޑް ފިންގެ އާޢިލީ ވިޔާފާރިއެއްކަމުގައިވާ ރުޑަރ އެންޑް ފިން ޕީއާރު ފާމްއާއި ދިވެހިރާއްޖޭގެ ސިޔާސީ މޫނުމަތި ރީތިކުރުމަށް ޙަވާލުކުރެވުނުތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. ޔަހޫދީ ޢަޤީދާގެ މަތީގައި ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަކީ ތިމަންނާގެ ގޮތް ކަމުގައި ވިދާޅުވި ޑޭވިޑް ފިން އާއި އޭނާގެ ޕީއާރު ފާމް މިހާރުވަނީ އަނގުރު އަންދާ ޓިނުގަނޑެއް ބޮލަށް ލައިގެން އުޅެން ޖެހިފައެވެ. ދަ ބިއުރޯ އޮފް އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ ފަރާތުން ވަނީ ރާއްޖޭގެ ވެރިކަން ބަދަލުވިގޮތާއި ބެހޭ ޙަގީގަތް، އަދި ރުޑަރ އެންޑް ފިން ރާއްޖޭގެ މޫނުމަތި ރީތިކުރުމުގެ ކޮންޓްރެކްޓް ނަގާފައިވަނީ ސުލޫކީ މިންގަނޑުތަކާއި ޚިލާފަށްކަމުގައި ދުނިޔެއަށް ހާމަކުރުމުގެ މަސައްކަތް ވަރުގަދައަށް ފައްޓާފައެވެ.
ދަ ބިއުރޯ އޮފް އިންވެސްޓިގޭޓިވް ޖާނަލިޒަމް ހުންނަނީ އިގިރޭސި ވިލާތު ލަންޑަންގެ ސިޓީ ޔުނިވާސިޓީގައެވެ. ދަ ޑޭވިޑް އެންޑް އެލެއިން ޕޮޓަރ ފައުންޑޭޝަނުން ހަދިޔާކުރި 2 މިލިއަން ޕައުންޑްގެ ހިލޭ އެހީއާއިއެކު މި ބިއުރޯ ގާއިމުކުރެވުނީ 2010 ވަނަ އަހަރުއެވެ. މިބިއުރޯގެ މަޤްޞަދަކީ ރަގަޅު ފެންވަރުގެ ތަޙުޤީޤީ ނޫސްވެރިކަން ކުރިއަރުވާ ދުނިޔޭގެ ރައްޔިތުން ހޭލުންތެރިކުރުވުމެވެ. ލަންޑަންގައި މި ބިއުރޯގެ އޮފީސް ހުންނަތަން ކޮމަންވެލްތް އޮފީސް ހުންނަ ހިސާބާއި މާކަ ދުރެއް ނުވާނެއެވެ. މި ބިއުރޯގެ ވެބްސައިޓްގައި އިއްޔެ ޝާއިޢުކުރި ޚަބަރެއްގައި ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވި ގޮތް ތަޙުޤީޤް ކުރުމުގެ މައްސަލައިގެ ވާހަކަ ގެނެސްފައިވެއެވެ. ސީމެގުން ނެރުނު ބަޔާނުގައި މިމައްސަލަ ތަޙުޤީޤްކުރުމަށް ރައީސް ޑރ. ވަޙީދު އެކުލަވާ ލެއްވި އިންކްއަރީ ކަމިޝަން މިނިވަން ނޫންކަމަށާއި، 4 ހަފްތާ ތެރޭގައި ކަމިޝަން އަލުން އެކުލަވާލަން ގޮވާލާފައިވާ ގޮވާލުމުގެ ވާހަކަވެސް ގެނެސްފައިވެއެވެ.
ލަފާކުރެވޭ ގޮތުން މިއީ ރައީސް މައުމޫނު ކޮމަންވެލްތާއި ބެހޭގޮތުން ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކާއި، އަދި ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ގޮވާލާ ރައްޔިތުންގެ މަޖުލީހަށް ހުށަހެޅުނު މައްސަލައަށް ކޮމަންވެލްތުންދޭ ރައްދެކެވެ. މިހާރު ފެންނަގޮތުންނަމަ މުޅި ޔޫރަޕިއަން ޔޫނިއަނުންވެސް މިކެމްޕޭނަށް ފުޅާ ދާއިރާއެއްގައި، ނަމަވެސް ނުސީދާ ގޮތުން ވާގިވެރިވެދޭނެއެވެ. ދަ ބިއުރޯ އޮފް އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ މަޤްޞަދަކީ މިނިވަން އިންކްއަރީ ކަމިޝަނަކުން ރާއްޖޭގެ ވެރިކަން ބަދަލުވީގޮތް ތަޙުޤީޤް ކުރުމަކާއި ނުލާ ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް، ވެރިކަމުގެ ބާރުތަކަށް އަރާތިއްބެވި ވިޔަފާރިވެރިން ފަށާފައިވާ ކެމްޕޭނަށް ހުރަސް އެޅުންކަމުގައި ފެނެއެވެ.
މިބިއުރޯގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ރުޑަރ އެންޑް ފިން ޕީއާރު ކުންފުނިން ރާއްޖޭގެ މޫނުމަތި ރީތިކޮށްދިނުމަށް ހަދާފައިވާ ކޮންޓްރެކްޓް ދޫކޮށްލުމަށް ބާރު އެޅުމެވެ. އެފަދަ ގޮތަކުން ރުޑަރ އެންޑް ފިން ގެ ފަރާތުން މި ކޮންޓްރެކްޓް ދޫކޮށްލައިފި ނަމަ ދުނިޔޭގެ ޚަބަރުތަކުގެ ފަލަ ސުރުޚީއަށް އެވާހަކަ އަރުވާނެއެވެ. ދުވަހަކުވެސް ރާއްޖެއަށް ނުލިބޭފަދަ ގެއްލުން ލިބޭނެއެވެ. ރިސޯޓްތަކުގެ އެނދު ވިއްކުމަށްޓަކައި، އަގުތައް 60 ޕަސަންޓާއި ހަމައަށްވެސް ތިރިކުރަން ޖެހިދާނެއެވެ. ރައީސް ޑރ. ވަޙީދު ވިސްނުންތެރި ކަމާއިއެކު ފިޔަވަޅު އަޅުއްވާނެ ކަމުގައި ފެނެއެވެ. ސީމެގާއި ގުޅިގެން މަސައްކަތްކުރުން މުހިއްމެވެ. ވަކިން ޚާއްޞަގޮތެއްގައި އިންކްއަރީ ކަމިޝަން އަލުން އެކުލަވާލުން ބުއްދިވެރިއެވެ. ރާއްޖެ ބައިވެރިވާ އެއްވެސް ބައިނަލް އަޤްވާމީ ޖަމާޢަތެއްގެ މެމްބަރުކަމުން ވަކިވުމުގެ ވިސްނުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކޮށްފައިވާ ފަލްސަފާއާއި ޚިލާފް ވިސްނުމެކެވެ.

Comments