Skip to main content

ސީމެގް ބަޔާނުގެ ދިވެހި ތަރުޖަމާ




14. ދިވެހިރާއްޖޭގައި ކަންތައްތައް ވަމުންދާގޮތާއި އެކަމުގައި ކޮމަންވެލްތުގެ ދައުރާބެހޭ ފަހުގެ މަޢުލޫމާތުތައް (ކޮމަންވެލްތުގެ) ސެކްރެޓަރީ ޖެނެރަލް އާއި އޭނާގެ ޚާއްޞަ މަންދޫބު، އޮނަރަބަލް ސަރ ޑޮނަލްޑް މެކިނޮން، ސީމެގް އަށް ފޯރުކޮށްދެއްވާފައިވެއެވެ. މިގޮތުން ސަރ ޑޮނަލްޑް މެކިނޮން ދިވެހިރާއްޖެ އާއެކު ކުރައްވަމުންގެންދަވާ މަސައްކަތަށް ސީމެގުން ތާޢީދު ކުރައްވާކަން ފާހަގަކުރެއްވިއެވެ.

15.
ދިވެހިރާއްޖޭގެ ބަންޑާރަ ނައިބު، އޮނަރަބަލް ޢާއިޝަތު އާޒިމާ ޝުކޫރާއި، ކުރީގެ ރައީސް ނަޝީދުގެ މަންދޫބު ޑރ.ފަރަޙަނާޒް ފައިޞަލްގެ ބަޔާންވެސް ސީމެގުން ވަނީ އަޑުއަހާފައެވެ.

16.
ސީމެގް އެންމެ ފަހުން ޓެލެކޮންފަރަންސް މެދުވެރިކޮށް 15 މާރޗުގައި ބައްދަލުކުރިފަހުން، ދިވެހިރާއްޖޭގެ ސިޔާސީ މަސްލަހަތައް މާބޮޑު ކުރިއެރުމެއް ލިބިފައިނުވާކަން ސީމެގް އިން ނުހަނު ހިތާމައާއި އެކު ފާހަގަ ކުރަމެވެ.


17.
ސީމެގް އިން ގޮވާލަނީ މެދުކެނޑުމެއްނެތި ސިޔާސީ ޕާރޓީތަކުގެ އިސް މަންދޫބުން ބައިވެރިވެގެން ޕާރޓީތަކުގެ މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށެވެ. އަދި މި ވާހަކަތަކުގައި ޕާޓީތަކުގެ މެދުގައި ޚިލާފު ތަފާތުވެފައިވާ ހުރިހާ މައްސަލަތަކެއް މިމަޝްވަރާތަކުގައި ހިމެނުމަށް ސީމެގުން ބާރުއަޅަމެވެ.

 2012. 18
ނިމުމުގެ ކުރިން އަވަސް އިންތިޚާބެއް ބާއްވަން ޖެހޭނޭކަމަށް ސީމެގް އިން ގަބޫލުކުރާތީ، ސީމެގް އިން މިކަން ފާހަގަކޮށް، އަވަސް އިންތިޚާބަކަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރަމެވެ.

19.
މި ގްރޫޕު ދެކޭ ގޮތުގައި، 7 ފެބްރުއަރީ 2012 ގައި ވެރިކަން ބަދަލުވިގޮތް ދިރާސާކުރުމަށް އެކުލަވާލެވުނު، ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީއަކީ މުސްތަޤިއްލު އަދި މިނިވަން ކޮމިޝަނެއް ނޫނެވެ. އަދި މިކޮމިޝަނަށް ދިވެހިރާއްޖޭގައި އެކަށީގެންވާ ތާއީދެއްލިބިފައި ނެތްކަންވެސް ފާހަގަ ކުރަމެވެ. މި ކޮމިޝަނަކީ މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ކުރެވޭ ކޮމިޝަނަކަށް ހެދުމަށްޓަކައި ސީމެގްގެ މިނިސްޓަރުން ބާރުއަޅަނީ މި ކޮމިޝަންގެ މެމްބަރުންނަށް ބަދަލުގެނައުމަށާއި، މިކޮމިޝަންގެމަސްއޫލިއްޔަތު މިހާރުން މިހާރަށް އަލުން ދިރާސާ ކުރުމަށެވެ. މިކަމުގައި ކޮމަންވެލްތުން އެހީތެރިކަން ފޯރުކޮށްދޭން އޮތްކަން ސީމެގްއިން ތަކުރާރު ކުރަމެވެ.

20.
ކުރިއަށް އޮތް 4 ހަފްތާގެ މުހުލަތުގައި އެކޮމިޝަން އެކުލަވާލެވިފައިވާގޮތް ބަދަލުކޮށް، އެކޮމިޝަނުގެ މަސްޢޫލިއްޔަތާއި އިޙްތިސާސް އާންމުކޮށް ބަލައިގަނެ ޤަބޫލުކުރެވޭނޭ މިންގަނޑަކަށް އިސްލާހު ނުކުރެވިއްޖެނަމަ، މިހާރު ދިވެހިރާއްޖެ އާމެދު އެޅިފައިވާ ފިޔަވަޅު ތަކުގެ މައްޗަށް އިތުރު، ހަރުކަށި، ފިޔަވަޅުތައް އެޅުމަށް ސީމެގަށް މަޖުބޫރުވާނޭ ކަމަށް، ސީމެގުން ބުނަމެވެ.

21. ދިވެހިރާއްޖޭގައި ޑިމޮކްރަސީ ގެނައުމަށްކުރުމަށް ކުރެވޭ މަސައްކަތް ތަކަށާއި، ޑިމޮކްރަޓިކް މުއައްސަސާތަކަށާއި، ޑިމޮކްރަސީގެ ސަޤާފަތާއި އާދަކާދަ ހަރުދަނާކުރުމަށް ކޮމަންވެލްތުގެ އެހީތެރިކަން ފޯރުކޮށްދޭނޭކަން ސީމެގުން އަނެއްކާވެސްބުނަމެވެ. މިގޮތުން، ދިވެހި ދައުލަތުގެ ބާރުތަކާއި އެއްބަސްވެވިފައިވާ ގޮތަށް، މުސްތަޤްބަލުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުގެ ހަރުދަނާކޮށް ބިނާކުރުމަށްޓަކައި، ކޮމަންވެލްތު ސެކްރެޓޭރިއެޓުގެ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނޭ ކަން ފާހަގަ ކުރަމެވެ. އަދި، އިންތިޙާބުތަކުގައި އެހީތެރިކަން ދެއްވުމަށް ސެކްރެޓަރީ ޖެނެރަލް ހުށަހަޅާފައިވަތީ އެކަމަށް މަރުޙަބާވެސް ކިޔަމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޤާބިލުކަން އިތުރު ކުރުމަށްވެސް މި ގްރޫޕުން ގޮވާލަމެވެ. ޔުނައިޓެޑް ނޭޝަންސް އާއި އިންޓަރ ޕާލިއަމެންޓަރީ ޔޫނިއަން އާއި އެހެނިހެން ބައިނަލްއަޤްވާމީ ފަރާތްތަކާއި ކޮމަންވެލްތު ގުޅިގެން ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަމަށް މި ގްރޫޕުންމަރުޙަބާ ކިޔަމެވެ.

Comments