Skip to main content
ހަމަލާދިނީ އިހަވަންދޫ ދެމީހުންނަށް !!!

ރަޝީދު
 ހއ. އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް ސިރާޖްގެ އިތުބާރު ނެތްކަމުގެ ވޯޓްނަގައި އޭނާ އެމަގާމުން ބޭރުކުރުމާއި ގުޅިގެން ދިއްދޫގައި ހިނގި ނުރުހުން ފާޅުކުރުމުގެ ހަރަކާތުގައި ހަމަލާދިނީ އަތޮޅު ކައުންސިލްގެ އިހަވަންދޫ ދާއިރާގެ މެންބަރު އަބުދުﷲ ހުސެއިންނަށާއި މުހައްމަދު ރަޝީދު އަށެވެ. ދެ ދެމީހުންނަކީވެސް އިހަވަންދޫ ދެމީހުންނެވެ.






އަބުދުﷲ
 

އަބުދުﷲ ހުސެއިން ބުނީ އޭނާގާގައި ޖެހީ ދެފަހަރު ކަމަށާއި ، މުހައްމަދު ރަޝީދު ގާގައި ޖެހި އަދަދު ވެސް ނޭނގޭ ކަމަށެވެ. މުހައްމަދު ރަސީދުވަނީ އެހަދިސާ ހިނގި ސީންގައި ހޭނެތި ފައެވެ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާވެސް ދީފައެވެ. ތުންތުންމަތިން އަޑު އިވޭގޮތުގައި މުހައްމަދު ރަޝީދުގެ ބޮލާއި މެޔާއި ގައިގެ އެތަން މިތަނުގައި ވަނީ ތަޅާ މާރާމާރީ ހިންގާފައެވެ.

 
އަތޮޅު ކައުންސިލަރުން ދިއްދޫގައި ދިރިއުޅެނީ އަތޮޅު ގޭގައެވެ. ދިއްދޫ ރަށުކައުންސިލަރުން އެތަނަށް ވަދެ، އަތޮޅުކައުންސިލަރުންނަށް އެތަނަށް ނުވަދޭގޮތަށް ބަންދުކޮށް، އަތޮޅުކައުންސިލަރުންވަނީ މަގުމަތިކޮށްފައެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ޔޫސުފް ސިރާޖް ހުންނެވި އިރު، އިއްޔެ އަތޮޅުގޭގެ ތެރޭގައި ހިނގައި ދިޔަ މައްސަލާގައި އޭނާ އަށް އެއްވެސްކަމެއް ނިންމިފައި ނުވާ ކަމަށެވެ. އަދި ކައުންސިލް ހިންގުމުގައި ވެސް ރައީސްގެ އިހުމާލް އޮތްކަމަށް ކައުންސިލް މެމްބަރުން ފާހަގަ ކުރައްވަފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.


ޔޫސުފު ސިރާޖްގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގިއިރު ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މުހައްމަދު ރަޝީދެވެ. ރަޝީދަކީ އަތޮޅު ކައުންސިލަގެ ނައިބްރައީސްވެސް މެއެވެ.

އަބުދުﷲ ހުސެއިން ބުނީ ދިއްދޫގައި ބަޔަކު އެމީހުންނަށް ހަމަލާދީ މާރާމާރީ ހިންގިއިރު އެމީހުން ނިސްބަތްވާ އެމްޑީޕީގެ އެއްވެސް ލީޑަރަކު އެމީހުންނަށް ގުޅާ ހާލުވެސް ބަލާފައި ނުވާކަމަށެވެ. އެހެންނަކުން ނޫނެވެ. ދާއިރާގެ މެމްބަރުގެ ހައިސިއްޔަތު އަހުމަދު އަބުދުﷲ ގުޅިއެވެ. އަބުދުﷲ ބުންޏެވެ. ޕާޓީ އަށް މެންބަރުން ހޯދަން ޖެހުނީމައާއި އިންތިހާބެއް އައުމުން 4 ގަޑިން 4 ގަޑިން އެމީހުން ގުޅާ ކަމަށެވެ.


އަބުދުﷲ އިތުރަށް ބުނީ ފުލުހުންގެ ވެސް ކަންކުރީ އެންމެ ރަގަޅަކަށް ނޫން ކަމަށެވެ.


އަތޮޅު ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓްނެގުމާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުން އަތޮޅުގޭގައި ދިރިއުޅުއްވަމުން ގެންދެވި އަތޮޅު ކައުންސިލްގެ މެންބަރުންގެ ބައެއް ސާމާނުތައް ބަޔަކު އަތޮޅުގެ އިން ނެރެ މަގުމައްޗަށް އުކާލާފައިވާ ކަމަށް މައުލޫމާތުވަނީ ލިބިފައެވެ.

ހއ. އަތޮޅު ކައުންސިލް އަކީ ވެރިކަން ކުރާޕާޓީ އެމް.ޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލް އެކެވެ.

މިވަގުތު އަތޮޅުކައުންސިލަރުން ތިބީ އެމީހެއްގެ ރަށުގައެވެ.

 



Comments