Skip to main content
އަންނާރުން ހިތުގެ ބަލިތަކާއި ޖިންސީ އުފާވެރިކަން އިތުރުކޮށްދޭ


އަންނާރު ކެއުމުން ހިތުގެ ބަލިތަކާއި ، ހާސްވެ ކަންބޮޑުވުމާ ދުރުކޮށްދީ އަދި ޖިންސާބާރު ގަދަކޮށްދޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ. 2 މިލިއަން ޕައުންޑް ޚަރަދުވި މިދިރާސާއިން ފާހަގަ ކުރެވުނު ގޮތުގައި ދުވާލަކު އެއްތަށި އަންނާރު ޖޫސް ބުއިމުން އިންސާނާގެ  ޒުވާންކަން އިތުރުކޮށްދޭ ކަމަށްވެއެވެ.


މިދިރާސާ ކުރެވުނީ އަންނާރުގެ ހުރިހާ ބައިތަކެއް އުކުލެވޭ ކެޕްސޫލެއް މިދިރާސާގައި ބައިވެރިވި 60 މީހުންނަށް އެއް މަސްދުވަސް ވަންދެން ދީގެންނެވެ. ދިރާސާއިން މޮނިޓަރކޮށް ބަލަމުންދިޔައީ ދިރާގައި ބައިވެރިވި މީހުންގެ ހަށިގަނޑުގެ ކެމިކަލް ހަރަކާތްތަކެވެ.
ދިރާސާއިން ފެނުނީ ހަށިގަނޑުގެ ސެލްތައް ހަކާލުވާލެއްލަސްކަމެވެ. ހާއްޞަކޮށް ސިކުނޑިއާއި މެޔާއި  ކިނޑުނީއާއި އަދި ހަމުގެ ޒުވާންކަން އިތުރުކޮށް ދޭކަމަށެވެ. އަދި ވަރަށް ބޮޑުތަން ސެލްތައް ހަލާކުވާލެއް ލަސްކަމަށް މިދިރާސާއިން ފެނުނެވެ. 

Comments