ބަރަކާތްތެރި މައްސަރުގެ ހެޔޮއެދުމާއި ތަހުނިޔާ ބުލޮގްގެ މެހުމާނުންނަށް ދަންނަވަމެވެ. މިބަރަކާތްތެރި މައްސަރުގެ ހެޔޮދަރުމައާއި ޘަވާބު މިންވަރުކުރެއްވުމާއި އަޅުކަމުގައި ހީވާގި ވުމުގެ ތައުފީޤް ތިޔަ ފަރާތްތަކަށް ދެއްވުމަށް މާތްﷲގެ ޙަޟްރަތުން އެދި ދުޢާ ކުރަމެވެ.
މި ދުވަސްވަރު ރަށުތެރޭގައި ގިނަ ބައެއްގެ ތުންތުންމަތިން ދެކެވޭ ވާހަކައަކީ ނަސްރު މިސްކިތަށް ތަރާވީސް ކުރުމަށް އިމާމަކު ގެނައިވާހަކައެވެ. މިއީ އިހަވަންދޫ މަސްވެރިންގެ ގުޅުމުން ނެގައި އިމާމެކެވެ. އޭނާގެ ކިޔެވުން ރީތި ވާހަކަ އެވެ. ކިޔަވާލެއް ފަރިތަ ވާހަކަ އެވެ. މިއީ އިންޑިޔާ މީހެކެވެ. ގުރުއާން ހިތުދަސް ހާފިޠެކެވެ. ނަމަކީ މުހައްމަދު ރަހީމުއްﷲ އެވެ.
ރަހީމުﷲވަނީ ރަށުކައުންސިލަށް ހާޒިރުކޮށްފައެވެ. ދީދީ އެއްބައިވަންތަކަން ގެއްލޭކަމުގެ ތުހުމަތުގައެވެ. ރަހީމުﷲ އާ ބައްދަލުކުރީ 5 ކައުންސިލަރުންގެ އިތުރުން ޒިންމާދާރު އިސްވެރިޔާއާއި ޢަބުދުލްހާލިގް މޫސާއެވެ. ރަހީމުﷲ އަށް ދިވެއްސެއް އަދި އިނގިރޭސިއެއްވެސް ނޭނގޭތީވެ ތަރުޖަމާނެއްގެ ގޮތުން ތަޢާވުނު މިސްކިތުގައި އިމާމުވެ ތަރާވީސް ކުރާ ހަލީގުރަހުމާން ބައިވެރިވިއެވެ.
ހަލީގުއްރަހުމާނަކީ ޕޯލް ސްޓަރ އިން ގެނައި ގާރީ އެވެ. ހާފިޠެކެވެ. މިހާފިޠް ތަރާވީސް ކުރާއިރު މުސްހަފު ބަލައިގެން ކިޔަވާވާހަކަވެސް މިއީ މިހާރު ތުންތުން މަތިން ދެކެވޭ ވާހަކައެކެވެ. ތިން އަހަރު ތަޢާވުނު މިސްކިތުގައި ތަރާވީސް ގުރުއާން ހިފުޒުކޮށް ކުރާ އިމާމު މުސްހަފު ބަލައިގެން ކިޔަވާ ޚަބަރު މިއަހަރު ތުންތުން މަތިން މިދެކެވެނީ ތައާވުނު މިސްކިތުގައި ކުރާ ތާރީވިސް ކޭބަލް ޓީވީ ލައިވް ކުރާތީވެ ގިނަބަޔަކަށް ފެންނާތީއެވެ.
ރަހީމުﷲ ކައުންސިލް އިދާރާއަށް ހާޒިރުކުރުމުގައި މިދެންނެވި ފަރާތްތަކުގެ އިތުރުން އިމަގު ޖަމްއިއްޔާގެ ރައީސާއި ، އަހުމަދު ޝާހިދު ބައިވެރިކުރި އެވެ. މީގެ އިތުރުން ނަސްރުމިސްކިތުގެ މުދިމު އިބްރާހިމެވެ.
ރަހީމުﷲ ކައުންސިލަށް ހާޒިރުކޮށް ސުވާލުކުރީ ރުކޫން ތެދުވާއިރު އަތް ނުއުފުލާތީ އާއި ، ފާތިހާ ސޫރަތްކިޔަވާއިރު ބިސްމި ނުކިޔާތީ އާއި، ނަމާދުގެ ހަރާތްތަކަށް ވުރެން ތަކުބީރު ލސްވާތީ އެވެ. ރައްޔިތުންގެ ނަމާދު ގެއްލޭތީ ޔޯ ލައެވެ.
ތުންތުންމަތިން ދެކެވޭގޮތުގައި މިމައްސަލަ ބޮޑުކޮށް ރަހީމުﷲ ކައުންސިލަށް ހާޒިރުކުރީ ކައުންސިލް އިދާރާ އާ ވަރަށް ގާތުގައި ދިރިއުޅުއްވާ އިއްޒަތްތެރިއަކު ތަކުރާރުކޮށް ކައުންސިލްގެ ރައީސަށާއި ނައިބަށް ޝަކުވާ ހުށަހަޅާފައިވާތީ އެވެ.
ނަމަވެސް ވަރަށް ގިނައަދަދެއްގެ މީހުން ރަހީމުﷲގެ ފަހަތުގައި ތަރާވީސް ނަމާދުކުރެއެވެ. އަދި ރޭގަނޑު ކުރާ ނަމާދުތަކުގައި ބައިވެރި ވެއެވެ.
Comments