Skip to main content

އިރުޝާދުގެ އަޑެއް
މުހައްމަދު ރަފީޢު
ދިމާއަށް ދޮގުބަހުން ތާރީފްކުރިމީ މަދުކަމެއް ނޫނޭ،
ތިމާއަށް ހެޔޮއެދޭ މީހުންނަކީ މާގިނަބައެއް ނޫނޭ. 

އަސަރުގައި ހެޔޮއެދޭގޮތް ދައްކަމުން ބަސްފޮނި ކުރާއިރުގައި،
ޙަސަދަވެރިކަމުގައި އަލިފާނުން އަނދާ ހިތްތައް މަދެއް ނޫނޭ. 

ވަފާތެރި އެންމެ ތެދުވެރިވީގޮތަށް ބޭރުން ވިޔަސް ފެނިފައި،
ތަފާތުވެފައި އެތެރެފުށް ހުރުމަކީވެސް އައުކަމެއް ނޫނޭ. 


ފެއަށް ހަމަޖެހިނުލައި ލޯބީގެ ބަސްތައް އިއްވަ އިއްވާފައި،
ލެއަށްއެދި ފެންބޮވައިގެން ދެކޮޅުވުމަކީ ދުރުކަމެއް ނޫނޭ. 

ކިތައްމެ ތިމާގެ ބާރެއް ގަދަކަމެއް ލިބުނަސް މިދުނިޔެއަކީ،
ހިތަށްއެރިހައި ގޮތެއްގައި ކަނކުރާކަށް އޮތްތަނެއް ނޫނޭ.

މަގެއްގައި ސާފުސީދާ އެންމެ ތެދުވެރިގޮތްމަތިން ގުޅިގެން،
ހިތަށްއެރިހައި ގޮތެއްގައި ކަންކުރާކަށް އޮތްތަނެއް ނޫނޭ.

ތެދުން ހިނގުމާ އަތާ އަތްގުޅުވުމާ އިޚްވަތުގެ މަސްރަޙުގައި،
އެދުންވެރި ހިތުގެވެރި ބައަކަށް މިއީ ވާނޭކަމެއް ނޫނޭ. 

އިތުރުއެއްވެސް ތަޢާރަފަކަށް ނުވާބޭނުން ވަފާތެރިވީ،
މިތުރުކަށް ދާދިއަވަހަސް ގެއްލިދިއުމީ ދުރުކަމެއް ނޫނޭ.

ޔަގީނޭ ދުނިޔެ ދަސްކޮށްދޭ ފިލާވަޅު ވިސްނަނީވިއްޔާ،
ހަގީގަތުގައި ބުނަންޖެހެނީ މިއީ ތިޔަވަރު ތަނެއް ނޫނޭ.

ޒަމާނުގެ އެންމެގިނަ ފިތުނައިގެ ފަނިތައް ފެންނަ ތަންތަނުގައި،
އަމާނާ ސުލްހަ އައުކުރުމީ ނުކޮށް ވާނޭ ކަމެއް ނޫނޭ.

Comments