250 ފޫޓް ފުޅާމިނުގައި ހަދަމުން އައި ބަދަރު ރައްޔިތުން އިޖުތިހާދު ކުރުމުގެ ސަބަބުން ކުރިން ލާފައިވާ ބޭރު ތޮށި ނަގައި 300 ފޫޓަށް ބަދަރު ފުޅާކުރަނީ |
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމް.ޑީ.ޕީ ގެ އެތެރޭގެ އިންތިޚާބު މިއަދު ހެނދުނު 9:00 ން ފެށިގެން ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ދާއިރު، ރާއްޖޭގެ އުތުރުން އެމް.ޑީ.ޕީގެ ވަރުގަދަ ހަބެއްގެ ގޮތުން މަޝްހޫރުވެފައިވާ އިހަވަންދޫ ގައި މިއިންތިހާބު ވަނީ ބޮއިކޮޓްކޮށްފައެވެ.
1300 އަށް ވުރެން ގިނަ އެމްޑީޕީގެ މެމްބަރުން ދިރިއުޅޭ އިހަވަންދޫގައި އެމްޑީޕީގެ އެތެރޭގެ މިއިންތިޚާބު ނުބޭއްވުމުން ވަރަށް ގިނަ ބައެއްގެ ހިތުގައިވަނީ ސުވާލު އުފެދިފައެވެ.
ޕާޓީގެ ރައީސްކަމަށް ވާދަކުރައްވާ ބޭފުޅުންވަނީ އިހަވަންދޫއަށް ވަޑައިގެން ވަރުގަދަ ކެމްޕޭނެއް ކުރައްވާފައެވެ. އަދި ޕާޓީގެ އިދާރީ ދާއިރާތަކަށް ކުރިމަތިލާފައިވާ ބޭފުޅުންވެސް ކެމްޕޭން ކުރެއްވި އެވެ.
އިހަވަންދޫގެ އެމްޑީޕީގެ ހަރަކާތްތެރިވާ މެމްބަރުންގެ ޝުޢޫރުތައް ހުރީ އިންތިހާބު ބޮއިކޮޓްކުރަންޖެހުނީ ރައްޔިތުން ބޭނުންވާ މަގުޞަދުތައް ހާޞިލްވާގޮތަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ނުދާތީ އެވެ. މިއަދު ވެރިކަން ކުރަންމުންދަނީ އެމްޑީޕީގެ ސަރުކާރެކެވެ. 30 އަހަރުގެ ވެރިކަމުގެ ސަގާފަތް ، މިވެރިކަމުގައި ފެންނަމުން ދިއުމަކީ ހިތާމަކުރާކަމެއް ކަމުގައި ބައެއް މެމްބަރުން ބުނެއެވެ. އިހަވަންދޫ ރައްޔިތުން ކަރަންޓް ޚިދުމަތް ހޯދަން އުޅުނުހެން އިހަވަންދޫ ބަދަރު ހެދުމަށް މިއަދު އުޅެން ޖެހުމަކީ ރައްޔިތުން ވަރަށް ލަދުގަންނަ ކަމެކެވެ.
" އަޅުގަނޑުމެން ބޭނުމެއް ނޫން ބޮޑުމަންޒަރު ބަލާކަށް، މިރަށު ރައްޔިތުން ބޭނުންވަނީ ކަންތައްތަކުން ނަތީޖާ ނެރެން. ވެރިކަމަށް އެމްޑީޕީ ގެނައީ މަގުޞަދުތަކެއް ހާޞިލްކުރުމަށްޓަކައި. އެކަމަކު އެކަމެއް މިރަށު ރައްޔިތުންނަކަށް ފެނިފައެއް ނެތް" އިހަވަންދޫގެ އެމްޑީޕީގެ އިސްހަރަކާތްތެރިއެއްކަމަށްވާ އަހުމަދު އަލީ "ހަވީރަ"ށް ދިން އިންޓަވިޔުއެއްގައި ބުންޏެވެ.
މިއިންތިހާބު ބޮއިކޮޓް ކުރަންޖެހުނު ސަބަބަކީ ސަރުކާރުގެ އަމަލާ ބަހާދިމާނުވާތީ އެވެ. ރައްޔިތުނަށް ވެފައިވާ ވަޢުދުތައް ނުފުއްދޭތީ އެވެ. އިހަވަންދޫގައި މަސްވެރިކަމަށް ކިޔަވާދޭ ހައިސްކޫލެއް ހަދާނެކަމަށް ވިދާޅުވި އެވެ. ދަޅުގައި މަސްބަންދު ކުރާ ފެކްޓްރީއެއް ހަދާދެއްވާނެ ކަމަށް ބުންޏެވެ. ނަރުދަމާއާއި ސާފުބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް ވަޢުދުވިއެވެ. އަންހެނުންގެ ޙާއްޞަ ޑަކުޓަރަކު ޞިއްޙީ މަރުކަޒުގައި ބަހައްޓާދެއްވާނެ ކަމަށް ބުންޏެވެ. މިއިން އެއްވެސް ކަމެއް އަދި ނުވެއެވެ. އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ފުރުއްމާ ޝަރީފް ބުންޏެވެ. " އަޅުގަނޑުމެން މަދުރުސާއަށް 11، 12 ގެނައީ އިޖުތިހާދުކޮށްގެން، ރަށަށް ކަރަންޓް ގެނައީ އޮފީސް ހިޞޯރުކޮށްގެން ރައްޔިތުން އަޑު އުފުލައި މުޒާރާކޮށް އެއްވެގެން. މިހާރު މިމަރާމާތުކުރާ ބަދަރުވެސް ރައްޔިތުން ބޭނުންވަގޮތަށް ހަދަން މިޖެހުނީ އިޖުތިހާދުކޮށްގެން" ޝަރީފު އިތުރަށް ބުންޏެވެ. "މިހުރިހާކަމެއް މިހެންވާން މިޖެހުނީ ރައްޔިތުންގެ މަޖިލީހަށް އިހަވަންދޫ މީހަކު އިންތިހާބު ނުކުރެވުނީ މައެވެ.
މި އިންތިހާބު ބޮއިކޮޓްކުރާނެ ވާހަކަ ކުރިން ވާނީ އެމްޑީޕީއަށް އަންގާފައިކަމަށް އެމްޑީޕީގެ އިހަވަންދޫގެ ހަރަކާތެރިވާ މީހުން ބުނެއެވެ.
މިލިޔުމާގުޅުންހުރި:
މިލިޔުމާގުޅުންހުރި:
Comments