Skip to main content

POETRY


umclif ELuk iawb iawb un ulwYwb

ކުރި އިސްތިހާރުގެ މޮޅުކަމުން ފިލްމެއް ބަލައިލަން ވަދެވުނީ
ހުރިހާތަފާތާ މޮޅުކަމާ ދެކިލާހިތުންނޭ އިނދެވުނީ

ބިސްމިއަށްފަހު ފިލްމުގައި ތަމްސީލުވާނޭ ނަންތަކޭ
އިސްކިރީނުން އެންމެ ފުރަތަމަ ފާޅުވާހެން ލިޔެވުނީ

އެޑިޓަރާ، ޑައިރެކްޓަރާ، ޕްރޮޑިއުސަރާ އަދި ބަޠޮލަކީ
"އޮޑިމަތީ ހަސަނުގެ ދެފައި" އޮތްހެން އެކަކުކަމުގައި ވަނީ

ޑައިލޮގާ، ޅެންވެރިކަމާ، ކެމެރާކުރާމީހާއަކީ
ގައިމުވީމާ އެކަކުކަން އެކަމާ ވަރަށް ހައިރާންވަނީ

ފިލްމު ފެށިގެން މަޑުމަޑުން ކުރިއަށްދަމުންދާ ގޮތްވުމުން
ފިލްމުގައިވަކި މޮޅުކަމެއް ނެތްކަން ތެދޭ ފާހަގަވަނީ

ރޯލު އޮޅެމުން، ވަގުތު ކެނޑެމުން ފިލްމު ކުރިއަށްދާވަރުން
ހޯލުގައި ގުގުރީގެ އަޑު އެކިރާގުރާގަށް ގަދަވަނީ

ޚަރަދުކޮށްގެންވަދެތިބީތީ ނުނިދިފާތިބި މަދުބަޔެއް
ދެރަވެލާފާ ހުންނަ އުނިކަން ވައިއަޑުންނޭ ދައްކަނީ

ބައިލިބޭހެން ފިލްމުގައި ބައިވެރިވެފައިތިބި ބައިވެރިން
ހައިނުކޮށް މޮޅު ފިލްމެކޭ ކިޔަމުން އެތާސާބަސްދެނީ

މަންޒިލެއްނެތި ދިގުލަމުން ދާތީ ބަލާ ވިސްނާލުމުން
އެންމެނަށްވެސް ދޭހަވީ ބަޠަލޭނުބައިބައި އެކުޅެނީ

މިބެލެނީ ފަސްފިލްމުހާ ދިގުފިލްމެކޭ ނުނިމޭމިތާ
ތިބިގެނެއް ކަމުދާކަށެއް ވާކަންނެތޭ ބުނެ ތެދުވަނީ

ނިދިފިލައިގެން ހޭލެވޭ ހަމަ ކޮންމެމީހަކު ހޯލުގައި
އެދިގޮވީ ނިންމާލުމަށް، މޮޅުފިލްމެކޭ ބޭނުންވަނީ

Comments