Skip to main content

Long-Term Use of Certain Contraception Injections Associated With Increased Fracture Risk

ދިގު މުއްދަތަކަށް ދޭތެރެ ދުރުކުރުމަށް އިންޖެކްޝަން ޖެހުމުން ކަށީގެ ބާރު ދެރަވޭ
ތާސީރު
ކަށީގެ ބަލީތަކާ ބެހޭގޮތުން މެއި 6 ވަނަ ދުވަހު އިޓަލީގައި ބޭއްވުނު ވޯލްޑް ކޮންގްރެސްގައި އާ ހޯދުމެއް ހުށަހަޅައިފި އެވެ. އެއީ ދިގު މުއްދަތަކަށް DMPA (ދޭތެރެ ދުރުކުރުމަށް ބޭނުންކުރާ އިންޖެކްޝަން )ބޭނުން ކުރުމުގެ ސަބަބުން ކަށީގެ ބަލިތަކާއި ކަށީގައި ރެދުއެޅުމާއި ބިންދައިގެން ދިއުމާއި ގުޅުން ހުންނަ ކަމަށް ހޯދުންތަކުން ދެއްކި ހުށަހެޅުމެކެވެ.

DMPA - Depot medroxyprogesterone acetate އަކީ ދޭތެރެ ދުރުކުރުމަށް ކޮންމެ 3 މަހަކު ޖަހާ އިންޖެކްޝަނެކެވެ. މި އިންޖެކްޝަން 9 މިލިއަނަށް ވުރެން ގިނަ އަންހެނުން ދުނިޔޭގައި ބޭނުން ކުރެއެވެ. މި އިންޖެކްޝަން ގިނައިން ބޭނުން ކުރަނީ ޒުވާން އުމުރުގެ އަންހެނުންނެވެ. ފުރާއުމުރާއި ޒުވާން ދުވަސް ވަރު މި އިންޖެކްޝަން ބޭނުން ކުރުމުގެ ސަބަބުން އުމުރުގެ ފަހު ކޮޅު ކަށީގެ ބާރު ނެތުގެ ބަލި ކުރިމަތި ވެއެވެ.

މި ދިރާސާ ކުރީ މިދަންނަ ވާ ޔުނިވަރ ސިޓީ ގައެވެ. University Hospital Basel, Switzerland and the Boston University Medical Center, Lexington, USA,

މި ޔުނިވަރސީޓީ ތަކުގައި ހެދުނު ދިރާސާގައި DMPA ދިގުމުއްތަކަށް ބޭނުން ކުރުމުގެ ސަބަބުން އަންހެނުންގެ އަންހެން ހޯމޯންސް estrogen ގުޅުން ހުންނަ މިންވަރާއި ކަށީ މައްސަލަތައް ކުރިމަތިވާ މިންވަރު ތަހުލީލު ކުރެވުނެވެ. ނަތީޖާ އިން ދެއްކި ގޮތުގައި 50 އަހަރުން ދަށުގެ އަންހެނުން DMPA ދިގުމުއްތަކަށް ، 2 އަހަރު ނުވަތަ 3 އަހަރު ބޭނުން ކުރުމުގެ ސަބަބުން ކަށީގެ ބަލިތައް ކުރިމަތިވާ ކަމަށް 50 % ދެއްކި އެވެ. އެއީ ކަށީގެ ރެދުލުމާއި ކުއްލިއަކަށް ބިންދައިގެ ދިއުމާއި ކަށީގެ ވަރު ނެތުމުގެ މައްސަލައެވެ.

Comments