Skip to main content

Posts

Showing posts from December, 2009
ސަރުކާރުގެ ހަތްމަލުގެ ސިޔާސަތާ ޑީ.އާރު.ޕީ ބެހުން. މުހަންމަދު އަބްދުއްޞަމަދު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާއި ބެހޭ ބިލާމެދު ވެރިކަންކުރާ ޕާޓީއާއި އިދިކޮޅު ޕާޓީގެ މެމްބަރުންގެ ޚިޔާލު ތަފާތުވުމާއިގެން ރައްޔިތުންގެ މަޖިލީހުގެ ބުރެކި ޖެހި މަޖިލިސް ހުއްޓި މަޖިލިސް ދޮށަށާއި ރައީސް އޮފިސް ދޮށަށް މީހުން އެއްވެ ، މުޅި މަޖިލީހުގެ ނިޒާމުގެއްލި މިބިލް ސަރުކާރު ހުށަހެޅި ހުށަހެޅުމުގެ މަގްޞަދު ގެއްލިއްޖެ އެވެ. ރާއްޖޭގެ ވެރިކަން ހެޔޮގޮތުގައި ކުރެވޭނީ ރާއްޖޭގެ އަތޮޅުތަކަށް ހަޤީޤީ ވެރިކަމުގެބާރުދޫ ކޮށްގެންކަމުގައި އަބަދުވެސް ސަރުކާރުން އަންނަނީ ބުނަމުންނެވެ. އެމްޑީޕީއަކީ އެއްވެސް އިރެއްގައިެރިކަމުގެ ޝެހެންޝާހްގެ ދަހިވެތިކަމުގައި ވެރިކަންކުރަން ނުކުތް ބައެއް ނޫނެވެ. ނަމަވެސް ފާއިތުވި 30 އަހަރުގައި ވެރިކަންކޮށްފައިވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ހުރިހާ ބާރެއް ރައީސްގެ މުށުތެރޭގައި މާލޭގައި އޮންނަ ވެރިކަމެކެވެ. ކުރީގައި ރަށު ސްކޫލްގެ ފާރެއް ރާނަންވިޔަސް، މިސްކިތުގެ ބައްތިއަށް ތެޔޮއަޅަން ވިޔަސް ޖެހެނީ މާލޭއަށް ސިޓީއެއް ލިޔެ ހުއްދަ ހޯދާށެވެ. ހުއްދަނައިސްގެން އަދިރީގައި އެތައް
ކޯޕަންހޭގަން އެކޯޑް:- ތަރައްގީވަމުން އަންނަ ގައުމުތަކާއި ސިނާއީ ގައުމުތަކުގެ ޑީލެއް. ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އާއި ކަރަންޓާއި ތޮށިލެވޭނެ ފައިސާ ކަށަވަރުވެއްޖެ. މުހަންމަދު ޢަބްދުއްޞަމަދު ޑިސެމްބަރު 7 ން 18 އަށް ޑެންމާކްގެ ވެރިރަށް ކޯޕެންހޭގަންގައި ބޭއްވުނު ތިމާވެށީގެ ސަމިޓަކީ، ދުނިޔެ ހޫނުވުމާއި ބެހޭގޮތުން ، ދުނިޔޭގެ އެންމެ ގިނަ ވެރިން އެއްތަނަކަށް އެއްވެސް ވާހަކަދައްކައި ބަހުސްކުރި އެންމެ ބޮޑު މަހާސިންތާ އެވެ. އަދި މިއީ އ.ދ ން ބޭއްވި އެންމެ ބޮޑު އެންމެ ގިނަ ވެރިން ބައިވެރިވި ބައްދަލުވުމެވެ. މިއީ އދ ގެ 15 ވަނަ ތިމާވެއްޓާއި ބެހޭ ސަމިޓެވެ. ކޯޕް15 އެވެ. މި މަހާސިންތާގައި 193 ގައުމުން މަންދޫބުން ބައިވެރިވެ ވަޑައިގެންނެވި އެވެ. 1997 ވަނަ އަހަރު ކިޔޯޓޯގައި އ.ދ ން އެކުލަވައިލި މުއާހަދާ އުވޭއިރު، މޫސުމުގެ ސަބަބުން ކުރިމަތިވާ ހިތްދަތިކަން ކުޑަކުރުމަށް އާ އެއްބަސްވުމެއްގައި ސޮއި އެޅޭނެކަމަށް ދުނިޔޭގެ ރައްޔިތުން ދެކުނެވެ. ނަމަވެސް އެންމެ ފަހު ވަގުތާއި ޖެހުނު އިރުވެސް ގާނޫނީ ގޮތުން ބާރުލިބިދޭ އެއްބަސްވުމަކަށް ދުނިޔޭގެ ވެރިންނަނަށް އިޤްރާރެއް ނުވެވުނެއެވެ. އެހެން ނަމަވެސް ދެހަފްތާ ވ

މިއަހަރުގެ ދުނިޔޭގެ ރާނީ

މިއަހަރުގެ ދުނިޔޭގެ މިސްވޯލްޑްގެ މަގާމު ހޯދި، އުމުރުން 22 އަހަރުގެ ޖިބްރޯލްޓާގެ ރީތީގެ ރާހީ ކަޔާނާ އަލްޑޮރީނޯ، އާބާދީގައި 30،000 މީހުން ދިރިއުޅޭ ޖިބްރޯލްޓާގެ ރީތީގެ ރާނީ މިމަގާމު ގެންގޮސްފައިވަނީ އިތުރު 111 ރީތީގެ ރާނީންނާއި ވާދަކޮށްގެން.
ޕާސްވޯޑް ހަދުމަނެތިއްޖެ ނަމަ... ޢަބްދުލްމުޢީދު ޙަސަން ވިންޑޯސް އެކްސްޕީގެ ޔޫސަރ އެކައުންޓަށް ޕާސްވޯޑެއް ލައްވާފައިވާނަމަ، ކޮމްޕިއުޓަރ ހުޅުވާލެއްވޭނީ، އެ ޕާސްވޯޑް ޖައްސަވައިގެންނެވެ. މިއީ، ޢާއްމު ޙާލަތުގައި މިކަން އޮތްގޮތެވެ. ނަމަވެސް، ޕާސްވޯޑް ހަނދުމަފުޅު ނެތިއްޖެނަމަ، ޕާސްވޯޑް ނުޖައްސަވާ، ކޮމްޕިއުޓަރ ހުޅުވާލެއްވިދާނެ ގޮތެއް އެބައޮތެވެ. އެގޮތް، ތިރީގައިވާ ފިޔަވަޅުތަކުގައި މިވަނީއެވެ. 1. ޕާސްވޯޑް ޖައްސަވަން ޖެހޭ ހިސާބަށް ދިއުމުން، Alt ފިތަށާއި Ctrl ފިތަށް އެއްފަހަރާ ފިއްތަވާލައްވާށެވެ. 2. ދެން އެ ދެ ފިތުން އިނގިލި ދޫކޮށް ނުލައްވާ، ވިދިވިދިގެން ދެ ފަހަރު Delete ފިތަށް ފިއްތަވާލައްވާށެވެ. 3. މިހެން ހެއްދެވުމުން، User name އާއި Password ގެ ވިންޑޯއެއް ހުޅުވޭނެއެވެ. 4. ދެން އެވިންޑޯގައި User name އަކަށް Administrator ޖައްސަވާލައްވާށެވެ. 5. ދެން Enter ފިތަށް ފިއްތަވާލައްވާށެވެ. މިހެން ހެއްދެވުމުން، ޕާސްވޯޑް ޖެއްސެވުމަކާ ނުލައި ވިންޑޯސް ހުޅުވޭނެއެވެ. މިގޮތަށް، އެހެން މީހަކު ތިޔަ ބޭފުޅާގެ ކޮމްޕިއުޓަރ ހުޅުވާލާނެ ކަމުގެ ބިރު ހީފުޅުވާނަމަ، މިގޮތް މަސައްކަތް ނުކުރާނެހެން ހެއްދެވިދާނެއެވެ. އިރާދަކު