ޓޮމާޓޯ ހިމެނޭ ޕިއްޒާއާއި ސްޕެގެޓީ އަކީ އަވިން ހަންގަނޑު ފިހުމާއި ހަންގަނޑަށް ރޫޖެހުންމުން ދުރުކޮށްދޭ ޒުވާންކަންމަތީ ދަމަހައްޓާދޭ އާ ހަތިޔާރެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
މިރާސާގައި ބައިވެރިކުރި 10 މީހުންގެ ކޮންމެ ދުވަހެއްގެކެއުމަށް 5 ސަމުސާ ޓޮމާޓޯޕޭސްޓް އެއްކުރުމުން ، އިރުގެ ނުރައްކާތެރި އަލްޓްރާވައިލެޓް ދޯދިން އެމީހުންގެ ގައިގެހަން ސަލާމަތްކޮށް ރައްކާތެރިކުރުމުގެ ބާރު ހަމަށް ލިބޭކަމަށް މިދިރާސާކުރި ޓީމަށް ފެނުނެވެ.
ޔޫވީ ދޯދިން ހަމަށްލިބޭގެއްލުމުން ކެންސަރުޖެހުމާއި މުސްކުޅިވުމަށް މަގުފަހި ވެއެވެ.
މިދިރާސާކުރި ބްރިޑިޝް ސޮސައިޓީ ފޯ އިންވެސްޓިގޭޓިވް ޑާމަޓޮލޮޖީން ހާމަކުރި ގޮތުގައި ޓޮމާޓޯއިން ލިބޭ ފައިދާގެ ފަހަތުގައި ވަނީ އެންޓިއޮކްސިޑަންޓް ލިކޮޕީން އެވެ. (ވިޓަމިން ސީ އާއި އީ ހިމެނޭ ، ނުރައްކާތެރި މާއްދާތައް ނައްތާ މޮލެކިއުލްސް )
ޓޮމާޓޯގައި ހިމެނޭ މިމާއްދާ ، ޓޮމާޓޯކެއްކުމުން ވަރަށްބޮޑަށް އިތުރުވެއެވެ. އަދި ޕްރޮސްޓޭޓްކެންސަރި ޖެހުމުގެ ނުރައްކަލާ ދުރުކޮށް ދިނުމާ ގުޅުން ހުރެއެވެ. (ޕްރޮސްޓޭޓް ގްލޭންޑް- ފިރިހެނުންގެ ބްލަޑަރ ކައިރީގައި އިންނަ މަނި އުފުލުމުގެ ދިޔަ އުފައްދާ އޯގަން އެއް. )
އިރުގެ ނުރައްކާތެރި ދޯދިން ހަމަލަށް ލިބޭ ގެއްލުންމުން ރައްކާތެރިކޮށްދިނުމަށް ޓޮމާޓޯ އެހިތެރިވެދޭކަމަށް މެންޗެސްޓަރ ޔުނިވަރސިޓީ އާއި ނިއުކާސްޓަލްގެ ޔުނިވަރސިޓީގެ ރިސާރޗްކުރާ ބޭފުޅުން މިހާރު ގަބޫލުކުރެއެވެ.
މިރިސާރޗްގައި ބައިވެރިވި 10 މީހުންނަށް ކައްކާފައިވާ ރަގަޅު މޮޅުފެންވަރު ރަގަޅު 55 ގްރާމް ޓޮމާޓޯ ޕޭސްޓާއި 10 ޒައިތޫނި ތެޔޮ ކޮންމެ ދުވަހެއްގެ ކެއުމުގައި ދީފައިވެއެވެ. އެނެއް 10 މީހުންނަށް ދީފައިވަނީ ހަމައެކަނި ޒައިތޫނި ތެލެވެ.
ތިންމަސްފަހުން ޓޮމާޓޯ ގްރޫޕްގެ ހަމުގެ ސާމްޕަލްތަކުން ، އިރުގެ ހޫނުން ހަންގަނޑު ފިހުންމުން ރައްކާކުރުމުގެ 33 % އިތުރުވެފައިވާ ކަމަށް ދައްކައެވެ.
ބްރިޓިސް އެސޯސިއޭޝަން އޮފް ޑާމިޓޮލޮޖީގެ ޑރ. ކުލިންހޯލްޓެލް ބުނާގޮތުގައި ގިނައިން އެންޓިއޮކްސިޑަންޓް ޓޮމާޓޯ ކެއުމުން ކެންސަރު ޖެހުމާއި އިރުން ހަންގަޑަށް ލިބޭގެއްލުމުން ރައްކާތެރި ވުމަށް އިތުރު ބާރަކަށް ވެއެވެ.

Comments