Skip to main content

Posts

ރައްޔިތުން މަޖިލިސް އިހަވަންދޫ ދާއިރާގެ ނަތީޖާ

ތަފްޞީލްތިރީގައި

ދިގުމުއްދަތައް ދޭތެރެދުރުކުރާ ބޭސްކާމީހުންނަށް ނުރައްކާތެރި ލޮލުގެ ބަލިތަކަށް މަގުފަހިވޭ : ދިރާސާ

ލިޔުނީ: މުހައްމަދު ޢަބުދުއްޞަމަދު  އެމެރިކަން އެކަޑަމީ އޮފް އޯފަމޮލޮޖީ (އޭ،އޭ. އޯ ) ކުރި ދިރާސާއަކުން ދައްކާގޮތުން، 2 އަހަރު ނުވަތަ އެއަށްވުރެން ދިގުމުއްދަތައް ދޭތެރެދުރުކުރާ ބޭސްކާމީހުންނަށް، ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ ގުލަކޯމާ(glaucoma)  ޖެހުން ދެގުނަ ބޮޑެވެ. މިބައްޔަކީ ލޮލުގެ ފެނުން ގެއްލޭބައްޔެކެވެ. ދުނިޔޭގެ 60 މިލިއަން މީހުން މިބަލީގެ އަސަރުވަނީ ކޮށްފައެވެ.  މިމައުލޫމާތު އިތުރަށް ވިދާޅުވުމަށް ކުލިކްކޮށްލައްވާ

އިހަވަންދޫ ކައުންސިލް އިދާރާގެ މަސައްކަތްތަކަށް ކައުންސިލަރުން ހަމަޖެއްސެވި ގޮތް

އިހަވަންދޫ ކައުންސިލް އިދާރާއަށް ، ލާމަރުކަޒީ ގާނޫނުގެ ދަށުން ދެވަނަ ބުރަށް އިންތިޙާބުކުރި ކައުންސިލަރުން ، އެއޮފީހުގެ މަސައްކަތްތަކާއި ހަވާލުވެފައިވާ ގޮތް ދިރީގައި އެވަނީއެވެ. މުނިސިޕަލް ކަންތައް ބެލެހެއްޓުން: މުހައްމަދު ރަޝީދު އާއި އަލީ ރަމީޒް ފައިސާއާ ބެހޭ ސެކްޝަން: އަޒުހާރާ އާއި އަލީ ޝަހީމް އެޑްމިންސް ސެކްޝަން: މޫސާ އަބުދުލް ލަޠީފް

އަނބު ކާންވީ 11 ސަބަބު

އަނބަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މީރު މޭވާ އެކެވެ. އަނބުގެ ތަފާތު ވައްތަރުތައް ހުރެއެވެ. މިއީ ދޮންވުމުން ރީނދޫ އަދި މެރޫން ކުލައަށް ހުންނަ މޭވާ އެކެވެ. އަނބުގައި ވެސް ތަފާތު މަޢުދަންތަކާއި، ވިޓަމިންތައް، އަދި ވެސް ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކެއް ހުރެއެވެ. އަނބަކީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން، އަސާރަ ހަދައިގެންނާއި، ފަނި ގިރައިންނާއި، ޖޫސް ޕެކެޓްގައި ބަންދުކޮށްގެންނާއި، އަދި ކާތަކެތީގެ ތެރޭގައި ހިމަނައިގެން ބޭނުންކޮށް އުޅޭ އެއްޗެކެވެ. އަނބު ކާންވީ ވަރަށް ގިނަ ސަބަބުތަކަށްޓަކައެވެ.

އެނދި މަރިޔަބު ނުވަތަ މަރިޔަމް ކަނބާފާނު

އެނދި މަރިޔަބު ނުވަތަ މަރިޔަމް ކަނބާފާނަކީ ދިވެހި ސިންގާ ސަނާގައި އުތީމު ދަރިކޮޅުން ރެދަލި ކުރެއްވި މަޝްހޫރު ރަދުން އައްސުލްޠާން އިބްރާހީމް އިސްކަންދަރު އެއްވަނައިގެ ޖާރިޔާއެކެވެ.ފަހުން އަނބިކަނބަލެއްގެ މަޤާމަށް ގެންނެވި ބޭކަނބަލެކެވެ.މި ކަނބާފާނަކީ ހިންދުސްތާނުގެ މާލިމީ އެއް ކަމުގއިވާ މާލިމީ ޙަސަނޭ ކިޔުނު ބޭފުޅެއްގެ އަންހެން ދަރިކަނބަލެކެވެ.އަދި މީގެ އިތުރުން މިކަމަނާއަކީ އިސްކަންދަރު ރަދުންނަށް ލިބިވަޑައިގަތް ހަމައެކަނި ފިރިހެން ބޭފުޅާކަމުގައިވާ ކުޑަ މުޙައްމަދު ( ފަހުން ކުޑަ މުޙައްމަދު މަހާރަދުން) ގެ މަންމާފުޅުވެސް މެއެވެ. އާދޭހެވެ. ދިވެހި ތާރީޚުގައި ކިޔާ ރަންމަނި ލޯކަ މަހާރަދުންގެ މަންމާފުޅެވެ.މިކަމަނާގ ެވާހަކަޔަކީ ޒަމާނުންސުރެ ދިވެހިން ދޫދޫ މަތިނ ްކިޔަމުން އަންނަ ވާހަކަޔެކެވެ. މިކަމަނާއަކީ ބާރާއި ނުފޫޒުން ވެރިކަން މިލްކުކުރައްވަވާ ދިވެހި ތާރީޚު ނުދެކޭ ފަދަ ހުތުރު ނުބައި ވެރިކަމެއް ކުރި ބޭކަނަބަލެކެވެ. ބޭރުގެ ސައްޔާޙުން މިކަމަނާ ސިފަ ކުރައްވަނީ ރޫސީ ވިލާތުގެ ރާނީ ކެތެރިން ދެވަނަ ފަދަ ބޭކަނބަލެއްގެ ގޮތުގައެވެ

އެނަރޖީ ޑްރިންކްސް' ނަފުސާނީ ބަލިތަކުގެ ނުރައްކާ އިތުރުކޮށް، މަސްތުވާތަކެއްޗާއި ބަގުރަލަށް މަގުފަހިކޮށްދޭ!'

މުހައްމަދު އަބުދުއްޞަމަދު ޒުވާނުން "އެނަރޖީ ޑްރިންކްސް" ބޭނުންކުރުމުގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަންގެއްލި، ސިކުނޑީގެ ބަލިތަކާއި، މަސްތުވާތަކެތި ބޭނުންކުރުމަށް މަގުފަހިވެގެން ދާކަމަށް ދިރާސާއަކުން އިންޒާރު ދީފިއެވެ.  ޖާރނަލް ޕްރެވެންޓިވް މެޑިސިން ޝާއިޢުކޮށްފައިވާ ފަހުގެ ދިރާސާއަކުން ދައްކާގޮތުން، ޑިޕްރެޝަންބައްޔަށް ހުށަހެޅޭ ގިނަޒުވާނުންނަކީ މަރިޖުއާނާ އާއި ކެނަބިހުގެ މުޢާމަލާތްކޮށް ބަނގުރާބޮއެ އުޅޭމީހުންނެވެ. އަދި އެމީހުން ގިނައިން އެނަރޖީ ޑްރިންކު ބޮއިއުޅެއެވެ. 

ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ބައިގްރޮފީ

އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވައި ކުރައްވައި، މަޤާމާ ޙަވާލުވެވަޑައިގަތީ 2013 ނޮވެންބަރު 17 ވީ އާދީއްތަ ދުވަހުއެވެ. ސިޔާސީ ދާއިރާއަށް އެމަނިކުފާނު ވެދެވަޑައިގެންނެވީ 1993 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވާފައި ވެއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މިލަދުންމަޑުލު ދެކުނުބުރީގެ މެންބަރުކަން ވިދިވިދިގެން 4 ދައުރުގައި ކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވިއިރު އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މުލަކަތޮޅު މުލަކު ދާއިރާގެ މެންބަރެއްގެ ގޮތުގައެވެ.